އިއްޔެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ފިލްމީ ތަރި، މަލީހާ ވަހީދު (މަލް) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަސްތުވާތަކެއްޗާއެކު މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ.

މި މައްސަލާގައި މަލް އާއި އެކު އިތުރު 23 އަހަރުގެ ދިވެހި އަންހެނަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ 17:00 އެހާކަންހާއިރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މާމިގިލީ ބަންދަރު ސަރަހައްދުން މި ދެއަންހެނުންހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޯލިޝަން

    މަލް ގެ ނަން ބުނެދީފަ ދެން ހުރި އަންހެނާގެ ނަން ކޮބާތަ؟؟

    37
  2. ކަލާލް.

    އެބުނަހެން. ކޮބާ އެނަން. މިނަންކިޔަފަ އެނަން ވެސް ކިޔަ.

    21
  3. ޒާތީ

    ބޮޑުގުޅަ އެއްޗެތީގެ ނަން އެނގޭނެ ދޯ އެންމެނަށްވެސް އެހެންވެ އޭނަގެ ނަން އެލިޔަނީ ފަލަ ސިރުހީގަ

    8
    2
  4. ?

    ކޮން މަލް އެއް. އަދިވެސް ކޮށްގެން އެއުޅޭ ކަންތައް ރީތި ކޮށްލަންތަ؟

    13
    1
  5. ރިފޫ

    ރިފްގާ ކިޔަނީ އެމަންޖެއަށް