ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑްގައި ހިމެނޭ އެމްއެންޑީއެފްގެ އިލެކްޓްރޯނިކް ސަވައިލެންސް ވެހިކަލެއް، ސިނަމާލެ ބުރިޖުމަތިން އެކްސިޑެންޓުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެހިކަލް އެކްސިޑެންޓުވީ، މަގުގެ މެދުގައި ޖަހާފައި ހުރި ދަގަނޑު ފެންސުގައި ޖެހިގެންނެވެ.

އެމްއެންޑީއެފް އިން ވެސް ވަނީ، ރައީސްގެ މޮޓޯކޭޑްގައި ހިމެނޭ ވެހިކަލެއް ބްރިޖް މަތިން އެކްސިޑެންޓު ވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާގައި އެމްއެންޑީއެފްގެ ވެހިކަލް އާއި މަގުގެ ފެންސަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އެޖެންޑާ19

  ވަރަށް އުފާވެރި ޚަބަރެއް

  27
  30
 2. ާައަސްލަމް

  އާމީން

  22
  10
 3. ިޮފަލިނަރަ

  އެއަށް ކިޔަނީ ބަރާޖް ޖޭމަރް ވަގުތޫ..

  21
  2
 4. ބޯހަލާކު

  މިކަން ދިމާވީ ޑުރައިވަރައް ނިދިގެން ކަމައްވަރައް ހީވޭ..

  30
  1
 5. ހުސްލާ

  މިވެހިކަލް ދުއްވީ ޔާމިންގެ ސިފައިން..އިބޫގެ މީހުން ނުލެވިގެން އުޅެނިކޮއް މިކަން މިވީ

  25
  3
 6. ހަހާ

  ކަމެއް ވެދާނެ މިދެން ބޮޑުވަރު..

  23
  7
  • ޙައްގުބަސް

   ހޭބަލިވެގެން ތިބެ ދުއްވަންޏާ ވާނީ މިހެން! މިމީހުން މިދުއްވާނީ ނަންނުހެތި ދާގޮތަށް ދެފަރާތަށް ހޫރެ ން ހޫރެމުން! ކިހާދެރަލަމެއް! މަގުގެ ފެންސު ފުނޑާލައިފި! ދެން ހަލާކުވާތަނެއް ހަދާ ސަރުކާރެއްނޫން މިއީ! އެމަގުގެ އެތައްތަނެއް އެކިއެކި އެކްސިޑެންޓުތަކުގައި ހަލާލުވެއްޖެ މިހާތަނަށް! އެއިން އެއްވެސް ތަނެއް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހެދީކީ ނޫން! އހ

   19
   3
 7. ބޯހަލާކު

  މިވެހިކަލް އަކީ ރައްޔިތުން ނައް ބިރުދައްކަން ދުއްވާ ވެހިކަލް އެއްވެސް ކަމެއް ވާ އެއްޗެއްނޫން..މީގެ ބޭރުގަ ޖަހާފަ ހުންނާނީ އެތެރެހުސް އެސްލޯން ހޮޅި ކަޅު ސްޕުރޭ ކޮެއްފަ..މީ ޔާމިން ވެރިކަމުގެ ސިފައިން ގެ ސްޓަންޓު އެއް

  7
  26
 8. ހެހެ

  ވަރައް ފުއްޕާފަ ދުއްވާ ވެހިކަލް އެއް ކައިރިން މީދަލެއް ދިޔައަސް ފަހާލާނެ

  33
  3
 9. ސަމީ

  މާލަސްވެސް ވެއްޖެ ތިޔަ އެތި މަގުމތީ ދުއްވަމުން ދަނީ ހރުފައެއް ހެން މި

  15
  2
 10. ME AVA

  ????????????????????

  2
  7