މިދިޔަ އަންގާރަ ދުވަހު ސައިކަލެއްގައި ދިޔަ މީހެއްގެ ސައިކަލު ޕޯކެޓުގައި އޮތް ޕާހެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށް، އެ ޕާހުގައި އޮތް ފޯނު ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ސީސީޓީވީ ފޫޓޭޖް ބަލާ އެ މީހާ ހޯދާފައިވާކަމަށެވެ. އަދި އެއީ 32 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެ މީހާ ފޭޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އެ ޕާހުގައި އޮތް ފޯނު ހޯދާފައި ވަނީ ބުދަ ދުވަހު ކަމަށެވެ. އަދި މިހާރު އެ ފޯނު، ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށެވެ.

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.