ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރަނިކޮށް ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބަންޑުން ޖަހާލި ލޯންޗްގައި އެއް އާއިލާއެއްގައި ފަސް މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ސަލާމަތްވެފައި ވަނީ އެންމެ މީހެކެވެ. އޭނާއަކީ ބަންޑުން ޖަހާލި ލޯންޗްގެ ކެޕްޓަންއެވެ.

ލޯންޗް ބަންޑުން ޖަހާލުމުން އޭނާ ވަަނީ ފަތާފައި ގޮސް ހަނިމާދޫއަށް އަރާފައެވެ.

ލޯންޗު ބަންޑުން ޖަހާލައިގެން ނިޔާވި އެއް އާއިލާއެއްގެ ނަތަރު މީހުންގެ ތެރޭގައި ހިމެނެނީ ހުސެއިން އަބްދުﷲ، އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅެވެ.

މިއަދު މެންދުރު 12:00 ހާއިރު މި ހާދިސާގައި ހިނގިއިރު، ބަންޑުންޖަހާލާފައި ވަނީ ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. މި ލޯންޗު ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކަންމަތިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ާައަސްލަމް

  ކެޕްޓަން ތީ ވަރަށް ގޯސްމީހެއް އެއެންމެން ދޫކޮށް ފަތާފަ ރަށަށް އަރާކަށްނުވާނެއެއްނު ރަނގަޅުވިސްތާ އެމީހުންނަށް ލައިފް ޖެކެޓް އަޅުވަދިންނަމަ

  27
  7
  • ޒވނއ

   އެއީ ކާރިޘާ އަކަށް ވީމަ އަޅަން ހުންނަ އެއްޗެއް ނޫން!

   އެންމެންވެސް ބޭރުގައުމަކަށް ދާއިރު ދޯންޏެއްގައި ކޯރަކަށް ، ޕޫލް އަކަށް ނުކުތަސް އުޅޭނެ ދައްކަން ޖެކެޓް އަޅައިގެން! ރާއްޖެ އައީ އެކަމެއް ހަނދާނެއް ނުހުންނާނެ.

   22
  • ޢައިޝާ

   ޖަޖުކުރުން ހުއްޓާލަމާތޯ!
   ކެޕްޓަން ކުއްވެރިކުރުމުގެ ބަދަލުގައި، ކަން ހިނގި ހާލަތާމެދު ވިސްނާލަމާތޯ؟ ޏިޔާވެ އެދިޔައީ އެ ކެޕްޓަންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮއިން! އިހުމާލުތަކެއްވެސް އެބަވޭ!
   * އެހާ ކަނޑު ގަދަ އިރު ދަތުރު ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން! ނަމަވެސް މިފަދަ ކަނޑުގަދަ ދުވަސް ދުވަހު މިފަދަ 10 މިނެޓުންގެ ދަތުރު ކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދިވެހިން ކޮށްއުޅޭ ކަމެއް!
   ތިގޮތައް ކެޕްޓަނަކީ ގޯސް މީހެކޭ ބުނުން ބަލައެއް ނުގަނެވޭ!

   44
   2
 2. އެޑަމް

  ދަތުރުކުރާއިރު ކަނޑު މަޑަސް ގަދަޔަސް ލައިފް ޖެކެޓް އަޅަން މަޖުބޫރުކުރުވަން ފެނޭ، ނޫނީ ރައްޔިތުން ފޮށިތައްމަތި ގެއިން ހިފައިގެން ދާއިރު އަމިއްލަ ޖެކެޓެއް ގެންދަން ފެނޭ. އެއިރުން މިފަދަ ހިތާމަވެރި ހާދިސާތަކުން ސަލާމަތްވުން ގާތް.

  34
 3. ނަފީސާ

  إنا لله وإنا إليه راجعون.
  ނިޔާވި މީހުނަށް ފާފަފުއްސަވާ ރަޙުމަތް ލައްވަވައި ޝަހީދުންގެ ދަރަޖަ މިންވަރުކުރައްވާށި. އާއިލާތަކަށް ކެެއްތެރިކަން މިންވަރުކުރައްވާށި.އާމީން.

  38
 4. ޒީ

  އެކަކުވެސް ކުއްވެރިކޮއްފަ މިވަގުތު ނުލިޔުން އެދެން!
  އެމީހުންގެ ހިތަށް ކޮއްފަވާ އަސަރު އިހުސާސް ކުރައްވާ!
  ތިފަދަ ހާދިސާ ހިގުމުގެ ކުރިން ވިސްނަވާ ކަންކަމުން ރައްކާތެރިވެލައްވާނެ ގޮތްތައް އަބަދުވެސް އެކަން ރަގަޅުކުރެވޭތޯ މަސައްކަތް ކުރުން ރަގަޅު ވާނީ!
  އާއިލާ ތަކަށްކެއްތެރިކަން މިންވަރުކޮއް ދެވުން އެދި ދުއާކުރަން. އާމީން.

  17
 5. ބުއްދި

  ކޮންމެ ކަމެއްވެސް ވީމަ މިކިޔަނީ ލައިފް ޖެކެޓޭ ލޯންޗު ކުޑައީއޭ. ދިވެހިން ވެއްޖެ ލައިފް ޖެކެޓް އަޅައިގެން ދަތުރުކުރަން އާދަކުރަން، މިހާރު މީހުން އެއްޗިސް ކިޔާފައި ސަރުކާރުން އެލްމެޓް އަޅަން މަޖުބޫރު ކުރީމަ އެލްމެޓް އަޅިގޮތަށް، ކަނޑު ދަތުރުކުރާ އުޅަދުފަހަރު ދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަން މަޖުބޫރު ކުރަންވީ. ކަމެއްވީމަ މީހުންގެ ހިތުގައި ހުރި އެއްޗިސް ކިޔުމަކުން ހުރިހާކަމެއް ވީކީ އެއްނޫން، ވަރަށް ވެސް ހިތާމަވެރި ކަމެއް މިއަދު މިދިމާވީ، އަހަރުމެންގެ ހިތަށް އަންދާޒާވެސް ކުރަން ނޭންގޭ ވަރަށް މި ޢާއިލާ އަތުކުގެ މީހުންނާއި ގާތްމީހުން އަވަށްޓެރިން ހިތާމަ ކުރާނެ..

 6. ހަނދާންވަނީ

  ދުވަހަކުވެސް މިއިންޒަމާނަކު އަޑުއެހިއްތަ ކޯސްޓްގާޑު ބަންޑުންޖަހައިލައިގެން އެތައްބައެއްމަރުވިޙަބަރު، ރާއްޖެއިން! ނީވޭނެ، އެވެރިންނުކުންނާނީ ފުރާނައަތައްލައިގެންވެސް ހުސިޔާރުކަމާއެކު އެހެންމީހުންގެ ސަލާމަތައް!