ރާއްޖެ ސްވިޒަލެންޑަކަށް ބަދަލުކޮށް ނުލެވެންވީ ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ރާއްޖެ ސިންގަޕޫރު ނުވަތަ ޓޯކިޔޯ ނުވަތަ އެހެން ގައުމަކަށް ބަދަލު ކުރާ ވާހަކަ ދައްކަނީ އެ ގައުމެއް އިންގޮތަށް ގެނެސް ރާއްޖޭގައި ބަހައްޓާ ވާހަކަ ދެއްކުމަށް ނޫން ކަމަށެވެ. އަދި އޭގެ މާނައަކީ އެ ގައުމުތަކުން މިސާލު ނަގައިގެން ރާއްޖެ ތަރައްގީ ކުރާ ވާހަކަ ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެ ސުވިޒަލަންޑަށް ވެސް ނުވާންވީ ސަބަބެއް ނެތް ކަމަށާއި އެ ގައުމުގެ ތަރައްގީ ރާއްޖޭގައި ވެސް ގާއިމް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
""ސުވިޒަލެންޑަށް ނުވާންވީ އެއްގޮތެއް ވެސް ނެތޭ ބުނާ މާނައަކީ ރާއްޖޭގައި ޓޮބްލެރޯން ވެސް ހަދާފައި ސެވަން ސިސްޓާސް މައުންޓަން ހުންނަ ގޮތަށް އެ މައުންޓަން ވެސް ގެނެސް މިކަން ކުރާ ވާހަކައެއް ނޫން" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ރާއްޖެ ސްވިޒަލެންޑަށް ނުވާންވީ ސަބަބެއް ނެތް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާއިރު ރާއްޖެ ސިންގަޕޫރު ގޮތަށް ތަރައްގީ ކުރާ ވާހަކައާއި މާލޭ ސިޓީ ޓޯކިޔޯ ގޮތަށް ތަރައްގީ ކުރާ ވާހަކަ ސަރުކާރުގެ އިސް ބައެއް ބޭފުޅުން މީގެކުރިން ވަނީ ދައްކަވާފައެވެ.
ބަލަ ހަމަޖެހޭ ވާހަކަ ދައްކަބަލަ. ސްވިޒަލޭންޑް އެއީ ކޮރަޕްޝަން ވެސް ނެތް ގައުމެއް. ނިކަން އެކަން ކޮށްބަލަ މޮޅިއްޔާ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ވެރިންނާއި ރައްޔިތުން އަދަބުވެރިވެގެން ނޫންގޮތަކަށް ތިކަހަލަ ކަންކަމެއްނުވާނެ.. ކިތަންމެ ވަރަކަށް ރީތި އިމާރާތްތައް ބިނާކުރިޔަސް، ވެރިންނާއި ރައްޔިތުންގެ ކިބައިގައި ރިވެތި އަޚުލާގެއް ނެތްހާހިނދަކު ތަރައްޤީ ދެމިއެއް ނޯންނާނެ.. ހަމަ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށްވާނީ.. ތިމާގެ އިހުސާސްތަކަށް ވުރެ ބޮޑަށް އަނެކާގެ އިހުސާސްތަކަށް ވިސްނައިގެން އުޅުނީމަ ތަން ތަރައްޤީވެ ކުރި އަރާލެއް އަވަސްވާނެ.. އަވާމެންދުރެއް ދައްކައިގެން ރައްޔިތުން ހައްލާލީމަ ފަހުން ހިތާމަކުރަން ޖެހިދާނެ..
މަސައްކަތުގެ އަގު މަޖޫރީން ބޮޑުކުރާނަމަ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ، މައްސަލަ ހައްލު ކުރާނަން ކަމަށް މަމެންގެ ޓައިޓޭނިއަމް ޕްލޭޓެޑް އިކޮން މިނިސްޓަރު ސައިއްޓޭ ވިދާޅުވުމުން ތަމެން ދެން ސީލަބަލަ އިނގޭތޭ ސީލަބަލަ ދެން. ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.
ސްވިޒަލޭންޑަކީީ ކޮރަޕްޝަންނެތް ގައުމެއްކަމަށް ބުނަނީީ އަޑީގަ ހިގާކަންކަމުގެ ހަގީގަތް ނޭގޭމީހުން. ނަންމައްސޫރު ސްވިސްބޭން ކަކީީ ކޮންބަޔެއްގެ އެއްޗެއްކަން އިނގޭމީހުންނަށް އިނގޭނެ ދުނިޔޭގަ ހިނގާ ހުރިހާޖަރީމާތަކެއް ހިނގަނީީ ކޮންބަޔެއްކަމާ އެކަމުގެ ބޭނުންވެސް. ދެން މިބުނި މީހުންނާ އެމީހުންގެ އަޙް މަކަރާހީލަތާ ރިބާއިން މުއްސަދި ވެފަ ތިބި މީހުން އަރާމާ އުފަލުގަ އުޅެން މުޅި ސްވިޒްލޭންޑް ދައުލަތް އެމީހުން ބޭނުންގޮތައް ކޮންޓްރޯލް ކުރަމުންދަނީީ.
އެއްވަޒީރަކު ސުވިޒްލޭންދައް އަނެތްމީހަކު ޓޯކިޔޯއައް އެންމެފަހުން ރުވާންޑާއައް
ސަބަބަކީ ހިޔާނާތްތެރިން ގިނަވުން