ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗް ބަންޑުން ޖަހާލީ ކޮޅިގަަނޑެއްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، 10 މީހުންނާއެކު ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލީ ލޯންޗެއް ކަމަށާއި، އެ ލޯންޗް ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ކަމަށެވެ.

ސަލީމް ވިދާޅުވީ، އެއީ 23 ވަރަކަށް ފޫޓުގެ ލޯންޗެއް ކަމަށެވެ. މިލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫގެ ދެެކުނު ފަރާތު ފަރުމައްޗަށް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިން ފުރުވާލެވުނު މީގެ ތެރެއިން ހަތް މީހަކު ވަނީ އަޅުގަނޑުމެންގެ ލޯންޗްތަކަށް ފެނިފައި. އޭގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާއި އޭގެ އިތުރުން އާއްމު ފަރާތްތައްވެސް މި އޮޕަރޭޝަން ކާމިޔާބު ކުރުމަށްޓަކައި ހަރަކާތްތެެރިވި، އޭގެ ތެރެއިން އެކަކު ވަނީ އާއްމުންގެ ލޯންޗަކަށް ފެނިފައި" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ކޮޅިގަނޑަކާއި ގުޅިގެން ކަމަށެވެ. ސަލީމް ވިދާޅުވީ، މި ހާދިސާގައި ކަނޑުމަތިން ނެގުނު އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައި ނެތް ކަމަށެވެ.

"މި ހާދިސާ ހިނގާފައި ވަނީ މިއަދު މި ދިމާވި ކޮޅިގަނޑާއި ގުޅިގެން، އަދި މިއީ މޫސުމާއި ގުޅޭގޮތުން ނޮދަން އޭރިއާށް އެލާޓް ނެރެވިފައި އޮތް ވަގުތެއްގައި މި ދަތުރުކުރެވިފައިވާކަން މި ވަގުތު ފާހަގަކުރަން" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެ ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން ކަމަށެވެ.

މި ހާދިސާގައި ތިން އަންހެނުންނާއި ކުޑަ ކުއްޖެއްގެ އިތުރުން ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙިޔާލު

    ފަތާފައި ތިދިޔައިީ ހާދަހާ ހިތްވަރުގަދަ ފަހުލަވާނެކޭ! ޔާﷲ މިފަދަ ދަރިން އަޅަމެންތެރޭ އިތުރު ކުރައްވާންދޭވެ. ?

    24
  2. ޝަހު

    ޢިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން

    21
  3. ހެޔޮއެދޭ

    ރާވެރިބޭގެ ހަނދާނުގައި ދޭ އައްޑަނަ މިހިތްވަރުގަދަަ ބޭކަލަށް ދިނުމަށް މިއަދުގެ ސަރުކާރަށް ގޮވާލަން

  4. ހަނދާންވަނީ

    ދުވަހަކުވެސް ކޮށިގަނަޑެއްގައި ކޯސްޓްގާޑުގެ އުޅަނދެއް ބަންޑުންޖަހާލި ހަންދުމައެބަހުރިބާ!