ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ މީހުންގެ ތެރޭގައި ގައުމީ ޓީމްގެ ފޯވާޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ އާއިލާ ހިމެނޭ ކަމަށް ގައުމީ ޓީމުން ބުނެފިއެވެ.
މި ހާދިސާގައި އިއްބެގެ އާއިލާގެ ހަތަރު މީހުން ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގިއިރު، އިއްބެ ހުރީ ސްރީލަންކާގައެވެ. އޭނާ މިވަގުތު ސްރީ ލަންކާގައި އޮތް ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ރާއްޖެ އައުމަށް ވަނީ ދަތުރު ފަށާފައެވެ. އަދި އޭނާ މިހާރު ހުރީ އެއާޕޯޓުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، 10 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް އެ ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ދެކުނު ފަރާތު ފަރުމައްޗަށެވެ. އަދި ޑީންގީ ބަންޑުން ޖަހާލީ ކޮޅިގަަނޑެއްގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ތިން އަންހެނުންނާއި ކުޑަ ކުއްޖެއްގެ އިތުރުން ފިރިހެނަކު ނިޔާވެފައެވެ.
إنا لله وإنا إليه راجعون
إنا لله وإنا إليه راجعون
ކުރީ ސަރުކާރުގެ ބޮލަށް މިކަން ކަނޑާލާ
ކީކުރަން
މަ ގޭ
މަތީ
އަލުވަނީ؟
މަގޭ
މަތީ
އަލުވާނެ
ކަމެއް
ނެތް
މި ހިތާމަވެސް ސިޔާސީ ނުކުރޭ! ތީ ބޮޑު ވަރު!
ޑިންގީޔާ ލޯންޗާ އޮޅިއްޖެ. ބަންޑުންޖެހީ ލޯންޗެއް
ގައުޓީމް ވޯލްޑްކަޕުކޮލިފައިންގަ ކުޅޭ ދެމެޗުގަ ކަޅުބޭންޑް އަޅައިގެން ކުޅުމަށް އެދެމެ
إنا لله وإنا إليه راجعون
* إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
* اَللَّهُمَّ اغْفِرْ لَه وَارْحَمْهُ
* اَللَّهُمَّ ثَبِّتْهُ عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
* آمين