ހދ.ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ވިދާޅުވީ އެ ހާދިސާގައި ފަސް މީހަކު ނިޔާވި ހަބަރު އެއްސެވީ ފުންހިތާމައާއެކު ކަމަށެވެ.

"އެބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑުގެ ހިތުގެއަޑިން ތަޢުޒިޔާ ދަންނަވަން. މާތްﷲ މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި" ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސްގެ އިތުރުން، ސަރުކާރުގެ ވެރިންނާއި، މަޖިލީސް މެންބަރުންވެސް ދަނީ އެ އާއިލާތަކަށް ތައުޒިޔާ ކިޔަމުންނެވެ.

10 މީހުންނާއެކު ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗް ބަންޑުން ޖަހާލި ހަދިސާގައި ފަސް މީހަކު ނިޔާވިއިރު، މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއެއްގެ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެމީހުން ދަތުރުކުރި އެ ލޯންޗް ބަންޑުން ޖަހާލާފައިވަނީ ހަނިމާދޫ ކައިރީ އޮތް ފަރަކަށް ކަމަށެވެ. މި ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ އެންމެން މިހާރު ވަނީ ފެނިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވަތަނީ

  ކަނޑުވެގެން ނިޔާމީހުންގެ އޢިލާތަކަށް ތައުޒިޔާކިޔުމަކުން
  ނުފުދެއެވެ ކަނޑުމަތީގެ ހާދިސާތަކުގައި މަރުވާން މެދުވެރި
  ވާ ސަބަބުހޯދައި އެކަންކަން ހައްލުކުރުމަށް ޚާއްސަ އިސް
  ކަމެއް ސރުކާރުން ދޭންއެބަޖެހެއެވެ އެއް އާއިލާ އަކުން
  5 މީހުން އެއްފަހަރާ ނިޔާވުމަކީ ވަރަށްފުން ހިތާމައެކެވެ.
  ނިޔާވި މީހުންނަށް ﷲގެ ހިޔޮ ރަހުމަތް މިންވަރުކުރައްވާށި.

  13
 2. ހިލްމީ ހދ ނޮޅިވަރަމް

  ތައުޒިޔާ ފޮނުވީމޯ ގައިމު 40 މޭލައް ހަނިމާދޫއައް އަރިބިތައް ވައިޖެހެމުން ދިޔައިރު އެތާ ގާތުގަ ކުޅުދުއްފުށި އެއާޕޯޓުއޮތް ރަނގަޅު ޕޮޒިޝަނުން ވައިޖެހިޖެހި ދެމޫސުމުގަވެސް 40 ގަ ވައިހުރިނަމަވެސް އެއްވެސް ހާސްކަމެއް ނެތި އެއެއާޕޯޓައް ފުލައިޓު ޖެއްސޭނެ ނަމަވެސް 4 ގަޑިއިރު ވައިގެތެރޭގަ ޅަދަރިންނާ މުސްކުޅިބަލިމީހުންނާއެކު ޓުރެވިންޑުރަމުން އައިފުލައިޓުވެސް ޖައްސަން ކުޅުދުއްފުށި އެއާޕޯޓު އޮޕަރޭޝަނައް ނުގެނެވުނު ބައެއްތީ

  4
  2
 3. ާަޕޮގުބާ

  ސަރުކާރު ބަދަލު ކުރަން ވެއްޖެ މުޅިގައުމު ހަލާކުވެ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިއްޖެ

  8
  3
  • ޒައިން

   ކުފުރު ނުވެބަލަ.. މަރަކީ އަދި ޤުދުރަތީ ހާދިސާތަކަކީ ވަކި މީހަކު ވެރިކަމުގަ ހުރެގެން ނޫނީ ބަކި ސަރުކާރެއް އޮވެގެން ވާކަންކަމެއް ނޫން.. ތި އެމްޑީޕީގަ އުޅޭ މަގުމަތީ އެކްޓިވިސްޓުންގެ ވިސްނުން ހުންނަ ލެވަލް އެންމެން އެހެން އުޅުނީމަ ކަމަކު ނުދާނެ ހަމަޖެހޭ ބަޔަކުވެސް އުޅެން އެބަޖެހޭ މިރާއްޖޭގަ

 4. ޤައުމީހިތާމަ

  ކޮބާ ޤައުމީ ހިތާމަ؟؟ މިހާ ގިނަބަޔަކު ހިތާމަވެރިގިތަކަށް މަރުވުން އެއީ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަންޖެހޭ ވަރުގެ ކަމެއް