ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަން އިން ހދ.ހަނިމާދޫއަށް މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފިއެވެ.
މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދަތުރުތައް ފަސްކުރީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމަށާއި ދަތުރުތައް އަލުން ފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެ ކަމަށެވެ.
މޯލްޑިވިއަންގެ ހަނިމާދޫ ދަތުރު ކެންސަލް ކުރިއިރު، 10 މީހުންނާއެކު ހަނިމާދޫ އަށް ދަތުރުކުރު ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ހިނގަމުން އަންނައިރު، މޫސުމާށް ސަމާލުވެ ދަތުރުކުރުމަށް އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން، މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވާނެ އެއްޗެއް ވީމައި ކެންސަލް ކުރިޔަސް ފައިދާއެއް ނެތް. ރީނދޫ އެލާރޓް ނެރެފައި ފުލައިޓް ބާއްވަންޏާމުން މިކަހަލަ ހާދިސާ ހިނގާނެ