މިއަދު މެންދުރު 12:00 ހާއިރު ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެންގެ ޖަނާޒާ ހަނިމާދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ ތިން އަންހެނަކާއި ފިރިހެނެއްގެ އިތުރުން އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެކެވެ. މި މީހުންގެ ތެރޭގައި ކުޑަކުއްޖާ އާއެކު އެއް އާއިލާއެއްގެ ހަތަރު މީހަކު ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ގައި ނިޔާވި މީހުންގެ ޖަނާޒާ ހަނިމާދޫގައި ކުރިޔަށްގެންގޮސް، އެރަށުގައި އެމީހުން ވަޅުލާން ނިންމާފައިވަނީ ކަނޑުގަދަވުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި އެ މީހުންގެ ހަށިގަނޑުތައް ނޮޅިވަރަންފަރަށް ގެންދަން މަސައްކަތްކުރާ ހާލަތަށްވުރެ އެރަށުގެ މޫސުން ގޯހެވެ.

މިއަދު ނިޔާވި މީހުންގެ އާއިލާގެ ފަރާތުން" ވަގުތު" އާއި ވާހަކަ ދެއްކި މީހަކު ބުނެފއި ވަނީ، ހަނިމާދޫގައި އެމީހުން ވަޅުލުމަށް ނިންމީ ނިޔާވި މީހުންގެ އާއިލާތަކުން އެގޮތަށް ބޭނުންވާތީ ކަމަށެވެ. އަދި އެމީހުންގެ އާއިލާގެ ގިނަ މީހުންތައް މިހާރުވެސް ހަނިމާދޫގައި އެބަތިބި ކަމަށާއި، އޭގެތެރެއިން ބައެއް މީހުންނަކީ ހަނިމާދޫގައި ދިރިއުޅޭ މީހުން ކަމަށްވެސް އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި ނޮޅިވަރަންފަރުން ގިނަ ބަޔަކު ދަނީ މި ހާދިސާ އާއި ގުޅިގެން އަދި، ނިޔާވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫއަށް ދަތުރުކުރަމުންނެވެ. ނަމަވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވުމުން، އެފަރާތްތަކަށް ދަތުރުކުރުމުގައި ދަނީ ބޮޑެތި ހުރަސްތަކާއި ކުރިމަތިވަމުންނެވެ.

މިއަދު ހިނގި މި ހާދިސާގައި ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކަންމަތިންނެވެ. މި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހިގެންނެވެ. ޑިންގީ ބަންޑުން ޖަހާލި ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން ވެސް އެމްއެންޑީއެފް އިން ފާހަގަކޮށްފައި ވެއެވެ.

މި ހާދިސާގައި ކަނޑުވި މީހުން މިހާރު ފެނިފައިވާއިރު، ސަލާމަތްވި މީހުންގެ ހާލަތާއި ގުޅޭ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އެ އެންމެންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ލޯންޗް ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ނޮޅިވަރަންފަރުން ނައްޓާލިތާ އެތައް އިރެއްވީއިރުވެސް ހަނިމާދޫއަށް ލޯންޗު ނުގޮސް ލަސްވެފައި ވަނިކޮށް، އެއިން ދަތުރުކުރި މީހަކު ފަތާފައި ހަނިމާދޫއަށް އަރައި އެކަން އެންގުމުންނެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނުތާ ގިނައިރެއް ނުވެ އެމްއެންޑީއެފް އިން ވަނީ ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ.

ހދ. އަތޮޅުގައި ދިހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗު ބަންޑުން ޖަހާލާފައި މިވަނީ، އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޝަޒޫ

  ޚަބަރު ކިޔާފަ ހަމަ ރޮވެނީ. މާތްﷲ މަރުޙުމުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. ޢާމީން

  147
  6
  • Anonymous

   ޑިސްލައިކް މިކުރަނީ، މިހާރު ޝައިޠާނުމްވެސް ނޫސްތަކަށް ކޮމެންޓް ކުރަނީތަ؟

   47
   1
   • އަންނި އެމްޑީޕީ ޔަހޫދީން

    ބަލަ ކޮއްކޯ، މި ޤައުމުގައި ދިވެހި ޔަހޫދީން، މުނާފިޤުން، އިންސާނުންގެ ސިފައިގައި ތިބި ޝައިޡާނުން އެބަ އުޅޭ. އެމީހުންނަށް އަމާން ވެރިކަމެއް މިހާރު މިއޮތީ

 2. ދޮންބެ

  ލައިފްޖެކެޓް އެޅުން ވަރަށް މުޙިއްމު. ޚާއްސަކޮށް ކަނޑުގަދައިރު ލައިފްޖެކެޓް އެޅުމުގެ މުޙިންމުކަން ބޮޑު.

  86
 3. ނަސްރީނާ

  ތީ މިއުޅޭ ޔާމީންގެ ރައްތަށް ހަދާފަ ޕުލޭން ކޮއްފަށް ވާގޮތުން ދިމާވި ހިތާމަށްވެރިކަމެއް ހަމަށް ކުރީގެ ގުންޑާ ސަރުކާރުން ޒިއްމާ ނަގަން ޖެހޭނެވެ.

  19
  • އަހަރެން

   ހުރިހާކަމެއް ސިޔާސީނުކޮށްބަލަ.

   ޢާއިލާތަކަށް ކެތްތެރިކަން ދެއްވާ ނިޔާވި ހުރިހާ މަރުހޫމުންގެ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. امين

 4. Anonymous

  ހިއްވަރުކުރާތި . މިއީ އިމްތިހާނެއް . މިއިމްތިހާނުން ފާސްވުމަށް ހުރިހާއެންމެންވެސް މަސައްކަތްކުރޭ . އަދި ޙާއްސަކޮށް އާއިލާ... މިއަދު ކަނޑަށް ޣަރާގުވެގެން ނިޔާވި އެންމެހާ ބޭފުޅުންނާއި އެތުއްތު ތުއްތު ކުއްޖާ ހިމެނެނ ޝަހީދުންް ގެތެރޭގައި.. އެބޭފުޅުންނަށް ސުވަރުގޭޭގެެެެެ މަތިވެރި ނިއުމަތް ދެއްވާށި ! އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށިި! ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ☝☝☝އެކަލާނގެ އެއީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަަ ރަސްކަލާނގެ.އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލެވޭ ވަރުގެ ކަމެއް އެކަލާނގެ ނުޖައްސަވާނެ . އެކަލާނގެ އީ ނުހަނު އޯގާވެރިވަންތަ ރަސްކަލާނގެ . ނޯ ދެޓް ﷲ ސުބުހާނަހޫ ވަތަޢާލާ ޓެސްޓް ދަ ވަންސް ހީީ ލަވްސް ..ﷲއަކްބަރު . ﷲއަކްްބަރު.. ﷲ އަކްބަރު ???

 5. ޤައުމީ ރޫހު

  إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها

 6. ???

  މިޚަބަރު ކީއިރު ލޮލުން ފެންނުހިކޭ ހަމަ ރޮވެނީ ކިތައްމެ ފަހަރަކު އެކި ނޫސްތަކުން މިޚަބަރު ކިޔޭ ދެރަވެގެންގޮސް ލަގޮޑި ފަޅައިގެން ދާވަރު ވަރުވެެޖެ. މަންމަ ބައްޕަ ދަރިފުޅު އަދި ދަރިފުޅުގެ ދަރިފުޅު. ދުނިޔޭގަ ތިބި މީހުންނަށް އިމްތިހާނެއް، މިފަދަ ކޮންމެ ކަމަކުން ލިބެނީ އިތުރު އިބުރަތެއް ދިބުޙާނަﷲ. ﷲެއަކުބަރު.