02:32

02:10

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ކަށު ނަމާދު ކޮށްފި. ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި.

01:26

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އިޔާ ޝިފާޒް

01:20

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ޖަނާޒާ ކަންތައް ކުރިއަށްދާއިރު، އެ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިރޭ 1:30 ގައި ހަނިމާދޫ މަސްޖިދުލް މޫސާ އަލީ މިސްކިތުގައި.

ޖަނާޒާގައި ބައިވެރިވުމަށް ގައުމީ ޓީމްގެ ފޯވާޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ މިރޭ 12:30 ހާއިރު ހަނިމާދޫއަށް ގޮސްފައި، މި ހާދިސާގައި ނިޔާވި އިއްބެގެ އާއިލާގެ ހަތަރު މީހުން.

01:14

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ޖަނާޒާ ކަންތައް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ޖަނާޒާ ކަންތައް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ޖަނާޒާ ކަންތައް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުންގެ ޖަނާޒާ ކަންތައް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް

 

00:08

23:48

23:32

22:31

22:13

21:44

21:04

20:42

20:14

20:09

19:45

19:25

19:14

19:13

19:13

19:11

19:09

18:12

17:58

17:50

ހަނިމާދޫ ކަންމަތިން ބަންޑުންޖަހާލި ޑިންގީ

17:49

މައުލޫމާތު ލިބޭގޮތުގައި ނޮޅިވަރަންފަރުން ގިނަ ބަޔަކު ދަނީ މި ހާދިސާ އާއި ގުޅިގެން އަދި، ނިޔާވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫއަށް ދަތުރުކުރަމުން. ނަމަވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވުމުން، އެފަރާތްތަކަށް ދަތުރުކުރުމުގައި ދަނީ ބޮޑެތި ހުރަސްތަކާއި ކުރިމަތިވަމުން

17:49

މިއަދު ނިޔާވި މީހުންގެ އާއިލާގެ ފަރާތުން" ވަގުތު" އާއި ވާހަކަ ދެއްކި މީހަކު ބުނެފއި ވަނީ، ހަނިމާދޫގައި އެމީހުން ވަޅުލުމަށް ނިންމީ ނިޔާވި މީހުންގެ އާއިލާތަކުން އެގޮތަށް ބޭނުންވާތީ ކަމަށް. އަދި އެމީހުންގެ އާއިލާގެ ގިނަ މީހުންތައް މިހާރުވެސް ހަނިމާދޫގައި އެބަތިބި ކަމަށާއި، އޭގެތެރެއިން ބައެއް މީހުންނަކީ ހަނިމާދޫގައި ދިރިއުޅޭ މީހުން ކަމަށްވެސް އޭނާ ބުނެފައިވޭ.

17:48

މި ހާދިސާގައި ނިޔާވި މީހުންގެ ޖަނާޒާ ބާއްވައި، އެމީހުން ހަނިމާދޫގައި ވަޅުލުމަށް ނިންމައިފި.

17:47

17:46

17:46

17:46

17:45

17:45

17:45

މިއަދު މެންދުރު 12:00 ހާއިރު ހދ. ނިލަންދޫ އިން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައި. އޭގެތެރޭގައި ހިމެނެނީ ކުޑަ އަންހެން ކުއްޖަކާއި ތިން އަންހެނުންނާއި ފިރިހެނެއް.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، މިއަދުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެދެމަފިރިންގެ ހަމަ އެކަނި ދަރިފުޅު، ގުރައިޝާ އަބްދުﷲ 30 ގެ އިތުރުން، އެ ދެމަފިރިންގެ ތިން އަހަރުގެ މާމަ/ކާފަ އަންހެން ދަރިފުޅު. މީގެ އިތުރުންވެސް އެ އާއިލާގެ އިތުރު މީހަކު ޑިންގީ ބަންޑުން ޖަހާލި ވަގުތު ޑިންގީގައި ހުރި. އޭނާއަކީ ޑިންގީގެ ކައްޕި ކަމަށް މައުލޫމާތު ލިބޭ. ލޯންޗު ބަންޑުންޖަހާލުމާއެކު ފަތާފައި ހަނިމާދޫއަށް އެރީ އޭނާ. މިހާދިސާގައި ދެން ނިޔާވީ އައިޝަތު އަލީ ނަމަކަށްކިޔާ އަންހެނެއް.

މި ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކަންމަތިން ކަމަށާއި، ޑިންގީ ބަންޑުން ޖަހާލާފައި ވަނީ މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވޭ. ޑިންގީ ބަންޑުން ޖަހާލި ވަގުތު އެއިން ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް ނާޅައި ތިބިކަން ވެސް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވޭ.

މި ހާދިސާގައި ކަނޑުވި މީހުން މިހާރު ފެނިފައިވާއިރު، ސަލާމަތްވި މީހުންގެ ހާލަތާއި ގުޅޭ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ. އެ އެންމެންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. އަދި ހާދިސާގައި ނިޔާވި މީހުންގެ ޖަނާޒާގެ ކަންކަން ހަނިމާދޫގައި މިހާރު ދަނީ ކުރިޔަށް.

ޑިންގީ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ނޮޅިވަރަންފަރުން ނައްޓާލިތާ އެތައް އިރެއްވީއިރުވެސް ހަނިމާދޫއަށް ލޯންޗު ނުގޮސް ލަސްވެފައި ވަނިކޮށް، އެއިން ދަތުރުކުރި މީހަކު ފަތާފައި ހަނިމާދޫއަށް އަރައި އެކަން އެންގުމުން. ހާދިސާގެ ރިޕޯޓު ލިބުނުތާ ގިނައިރެއް ނުވެ އެމްއެންޑީއެފް އިން ވަނީ ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވެފައި.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒިޔާ

    ޑިންގީ އެއްތަ؟ ލޯންޗެއް ތަ؟ ވަގުތު ނޫސް މީހުން ތިބެނީ ހިނދުކޮޅުގަތަ؟

    28
    4
  2. ާަަަަަެެެޮޮިުއަފީ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    39
    • ކޮމެންޓްކުރާމީހާ

      މިފަދަވަގުތެއްގައިވެސް މީސްމީހުންނާއި ދިމާއަށް އެއްޗެހިކިޔޭތޯ އުޅޭތި.

      1
      5
  3. ާައަސްލަމް

    މިހިތްދަތި ވަގުތު ކޮޅުގަ އާއިލާޔަށް ކެއްތެރިކަން ދެއްވާށި އާމީން

    49
    2
    • ާަައަހްމަދު

      ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ސަހީދުވެދިޔަ ފަސްމީހުންނަށް ސުވަރުގޭގެ ދާއިމީ އަރާމާ ނިޢުމަތް ދެއްވާންދޭވެ މިހިތާމަވެރި ހިތްދަތި ވަގުތުގަ އާއިލާޔަށް ކެއްތެރިކަން ދެއްވާންދޭވެ އާމީން

      39
  4. ދަންސޫރަ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ސަހީދުވެދިޔަ ފަސްމީހުން ސުވަރުގެ ދިއުމަށްވަނީ ކަށްވަޅާ ސުވަރުގެއާހުރި ދުރުމިނެއްކަމުގާލައްވާ އެބައިމީހުންނަށް ސުވަރުގޭގެ ދާއިމީ އަރާމާ ނިޢުމަތް ދެއްވާންދޭވެ މިހިތާމަވެރި ހިތްދަތި ވަގުތުގަ އާއިލާޔަށް ކެއްތެރިކަން ދެއްވާންދޭވެ އާމީން

    45
  5. ާަޕޮގުބާ

    މުޅިރާއްޖޭގަ އެސަހީދުވެދިޔަ 5މީހުންގެ މަށްޗަށް އެއްވަގުތެއްގަ ކަށުނަމާދު ކުރުމަށް އެންގުމަށް ސަރުކާރަށް ގޮވާލަމެ

    36
    1
  6. ޣަނީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    27
  7. عبد الله

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    14
  8. عبدالله

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    13
  9. ނަމަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    14
    1