މިއަދު ހެނދުނު، ހދ. ނޮޅިވަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލައިގެން ނިޔާވި ހުސައިން އަބްދުﷲ އަކީ ސުޕަރ ޓީޗަރެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތް އަލީ ސިފަކުރައްވައިފިއެވެ.

ނޮޅިވަރަންފަރު ސްކޫލްގައި އެންމެ ގިނަ ދުވަސްވީ އެއް ޓިޗަރަކީ ދަރިވަރުންނަށް ވަރަށް އޯގާތެރި ރަނގަޅު ޓީޗަރެކެެވެ. އެ ރަށު މީހުން އޭނާ ސިފަކުރަނީ "ބޮޑު ޓިޗަރު"ގެ ގޮތުގައެވެ.

ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ގިނަ ދުވަސްވީ އެއް ޓީޗަރު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޮޅިވަރަންފަރު ސްކޫލްގެ ސުޕަރ ޓީޗަރު ހުސަައިން އަބްދުﷲ އާއި އޭނާގެ އާއިލާގެ ބައެއް މީހުން ނިޔާވުމާއި ގުޅިގެން އެކަމާއި ހިތާމަކުރާ ކަމަށެވެ.

މި ހާދިސާގައި ހުސައިން އަބްދުﷲގެ އިތުރުން، އޭނާގެ އަނބިމީހާ މަރިޔަމް މަނިކެ އާއި، ދެމަފިރިންގެ ހަމައެކަނި ދަރިފުޅު ގުރައިޝާ އަބްދުﷲގެ އިތުރުން، ގުރައިޝާގެ ތިން އަހަރުގެ ދަރިފުޅު ވަނީ ނިޔާވެފައެވެ. އަދި މީގެ އިތުރުން އިތުރު އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަަރު

    ގެއްލިގެންދިއުމުން އޭގެ މުހިއްމުކަމާ ޤާބިލްކަން އަހަރެމެންނަށް ހަމައެކަނި މިއެނގެނީ އަދި ނަންދީ ފާހަގަމިކުރެވެނީ. ނުގެއްލިހުއްޓާ ކަމެއްނުދެވޭތާ ނަމެއްވެސް ނުދެވޭ. ދުނިޔޭގެ އާދަ.

    26
    1
    • ތުނިޔަ

      ތިބުނީ ހެޔޮކޮށް.

      10
  2. އަހުމަދު

    ލައިފް ޖެކެޓް އަޅުވައިގެން ދޯނިތެރޭ ތިބުންވެސް އެއީ އެހާ ރައްކާތެރިކަމެއްނޫން. އެހެން މިދެންނެވީ ދޯނި ނުވަތަ ލޯންޗު ފޮށިގަނޑެއްހެން ހުރިހާފަރާތަކުން ދޮރުތައްޖަހާ ބެދިފަ ހުންނާނީ ގިނަފަހަރު. ދެން ބަންޑުން ޖަހާލީމަ ލޮނުގަނޑު ޕަޓަސްލާފަ ވަދެގަންނާނެ އެތެރެއަށް ވަރަ ބާރު ޕްރެޝަރުގަ. އެގަޑީ ލައިފް ޖެކެޓު އަޅައިގެން ތިބެއްޖެއާ އެ އަޅައިގެން ތިބި މީހުން ފްލޯޓުވެގެން އަރާ ތަތްވެފަ ތިބޭނީ ދޯނި ނުވަތަ ލޯންޗުގެ ފްލޯރގަ. އެހެނީ ދޯނި އޮކޮޅުކޮޅުން ޖެހުނީމަ ދެންޖެހޭނީ ފްލޯރގަތާ. ދެން އަޑިއަށް ފީނަން އުޅުނަސް ލައިފްޖެކެޓާ ހެދީ ނުވާނެ އެކަމެއް. އެހެން ތަތްވެގެންތިބެ މަރުވާނީ ..އެހެން ގޮތެއް ރާވަންޖެހޭ އެބަ ތިކަމަށް...މީ ދޮގެއްތޯ؟

    10
    • ބަތޫތު

      ހަރުދަނާވިސްނުމެއްގެ ވަރަށް ރަނގަޅުވާހަކައެއް..

  3. ބުތު

    އަދިވެސް ލައިފުޖެކެޓު އެޅީމަބުނާނެތި ކަޓުކަމެކޭ.....ދިވެހީންން ވަނީމާދައްވ/ިކަމަށް

  4. ލޮނުމިދު

    މީހަކުނިޔާވުމުން އެޑިއުކޭޝަން މިނިސްޓްރީންވެސް ދެންމާ އާރޓްބޮޑުކޮށް އޭނާއަށް ވައިޖަހަންނުހަދާށެވެ. އެއްޗެއްބުނަންބޭނުމިއްޔާ އެމަރުހޫމުންގެ ފާފަފުއްސަވައި ސުވަރުގެމިންވަރުކުރެއްވުން އެދި އިޚްލާސްތެރި ހިތަކުންދުޢާކުރާށެވެ..އެޑިއުކޭޝަން މިނިސްޓްރީއަކީ އެއްވެސް އިރެއްގަ ޓީޝަރުންކުރާމަސައްކަތް ބަލައިގަނެ އަގުވަޒަންކުރާތަނެއްނޫނެވެ..ކިޔަވައިދިނުމުގަ އުމުރުހޭދަކުރި ކިތައްކިތަށް ޓީޗަރުންނަށް ތިމިނިސްޓްރީން އިހްމާލްވެފަވަނީ..މިމާލޭގަވެސް އެފަދަކިތަައްޓީޗަރުން ބާކީކޮށްފަ ޓީޗަރުންގެ ފުލެޓުން ފުލެޓްދިނީ ތިމާމެންބޭނުންހާ ބަޔަކަށް..20- 30 އަހަރުޚިދުމަތްކުރި ޓީޗަރުން ބާކީކޮށް ހަތަރު ފަސް އަހަރު ހިދުމަތްކުރި ޓީޗަރުންނަށް ފުލެޓްދިނީ..

  5. މަ

    ދެން ތައުރީފްގެ ބަސްތައް އޮހޭނެ، އެވެރިން ރޭދުވާ، ނިދިގެއްލުވާލައިގެން، ކުރާބުރަ މަސައްކަތް، އެވެރިންގެ މުސާރައިގެ ވާހަކަ ދެއްކީމަވެސް މިކޮށްދެނީ މިކޮށްދެނީ، އެދެން އޯކޭތާ، މިނިސްޓަރ އިންނާނީ ފިނި ކޮޓަރީގަތާ....

  6. ޙާލު

    ލޮނުމެދު އަދި މަ ނަމުގައި ކޮމެންޓު ކުރި ދެފަރާތުންވެސް ތިޔަބުނީ ހަމަޙަޤީޤަތް އެއްވެސް އިރަކު އެޑިޔުކޭޝަނުން ޓީޗަރުންގެ އަގުވަޒަންކޮށްފައެއް ނެތް. ޚާއްޞަކޮށް ރާއްޖެތެރޭ ސްކޫލްތަކުގެ މުވައްޒަފުންނަކީ އެއްވެސް ބައެއްކަމަކަށް ދެކިފައެއްނެތް.