ވެމްކޯއިން ވިލިމާލޭގައި ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް ޑިޖިޓަލް ޕްލެޓް ފޯމެއްގެ ދަށަށް ބަދަލުކޮށްފިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަދު ވެމްކޯއިން ފެށި މިހިދުމަތަކީ ޑިޖިޓަލް ޕްލެޓްފޯމަކަށް ކުނި ނެގުމުގެ ސިސްޓަމް ބަދަލުކޮށް ފެށި ހިދުމަތެއް ކަމަށެވެ. އެގޮތުން، މުޅި ސިސްޓަމް އޮޓޯމޭޓްކޮށް ގެތަކުން ނެގެމުންދާ ކުނި ވަގުތުން ވަގުތަށް ރިއަލް ޓައިމްގައި އަޕްޑޭޓްވަމުން ދާނެކަމަށް ޝިފާއު ވިދާޅުވިއެވެ.

"އޭގެ މާނައަކީ ކޯލް ސެންޓަރ ނުވަތަ އަޅުގަނޑުމެންގެ ބެކް އޮފީހުގައި ތިބޭ ކުދިންނަށް ކުނި ނެގެމުންދާ ގޮތް ރިއަލް ޓައިމްކޮށް ފެނިގެންދާނެ. އެއިރު ކުރިއަށް އޮތްތަނުގައި ޑިޒިޝަންތައް ވަގުތުން ވަގުތަށް ނަގާއިރުގައި، އޭގެ އެހީގައި ވަރަށް ފަސޭހަވެގެންދާނެ". ޝިފާއު ވިދާޅުވިއެވެ.

ވެމްކޯ އިން ވިލިމާލޭގައި ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް ޑިޖިޓަލް ކުރުުމަށް ބޭއްވި އިވެންޓް ތެރެއިން އެމްޑީ ޝިފާއު އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިއަދު މި ހިދުމަތް ތައާރަފްކޮށްފައި މި ވަނީ ވިލިމާލޭގައެވެ. "އެއީ ކުޑަ އޭރިއާއެއްވީމަ. މިއަދު ފަށާ ރިޒަލްޓަށް ބަލާފައި ހުޅުމާލެ، މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައިވެސް މި ހިދުމަތް ދެވިގެންދާނެ". އެމްޑީ ޝިފާއު ވިދާޅުވިއެވެ.

މިހާރު މި ހިދުމަތް ދެމުން ގެންދަނީ މެނުއަލް ކޮށެވެ. އެގޮތުން އެ ސުޕަވައިޒަރަކު ލިސްޓެއް ހިފައިގެން ގޮސް ލިސްޓުން މާކް ކުރާއިރު، އަލަށް މި ތައާރަފްކުރި ޑިޖިޓަލައިޒް ހިދުމަތައް އެ ސުޕަވައިޒަރ ބޭނުން ކުރާނީ ޓެބްލެޓެކެވެ.

ވެމްކޯ އިން ވިލިމާލޭގައި ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް ޑިޖިޓަލް ކުރުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"މިހާރު މި އިމްޕްލިމެންޓް ކުރެވޭ ކަލެކްޝަން މޮޑިއުލްގެ ސަބަބުން ރިއަލް ޓައިމްގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ. އޭގެ މާނައަކީ ނުނެގޭ ގެތައްވެސް ނުގެނުނު ރީޒަންތަކާއެކީ ލޮގުވެފައި ހުންނާނެއޭ. އެއިރުން ކޯލް ސެންޓަރއަށް ޖެހިގެން އަންނަ ދުވަހު ކަސްޓަމަރ ގުޅާލިޔަކަސް ރީޒަންތައް ކިޔަދެވޭނެ. އެއީ ކަސްޓަމަރގެ ފޯލްޓެއްތޯ ނުވަތަ ވެމްކޯއިން ނުދެވުނީތޯ އެ މައުލޫމާތު ދެވޭނެ". އެމްޑީ ޝިފާއު ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ، އެގެއަކުން ކުނި ނުނެގި ތަކުރާރުވެއްޖެ ހާލަތެއްގައި ކުރިއަށް އޮތްތަނުގައި ކޯލް ސެންޓަރއިންވެސް އެ ކަސްޓަމަރަކަށް ގުޅާނެ ކަމަށެވެ.

ވެމްކޯ އިން ވިލިމާލޭގައި ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް ޑިޖިޓަލް ކުރުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ވެމްކޯއިން ބުނީ މިއީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މަސައްކަތް ކަމަށެވެ. މިއީ ވަރަށް ބޮޑު މަަސައްކަތެއްކަމަށްވެސް ވެމްކޯ އިން މައުލޫމާތުދެެއެވެ. އެމްޑީ ވިދާޅުވީ، މިއީ ވަރަށް ކަސްޓަމައިޒް ސޮފްޓްވެއަރއެއް ކަމަށާއި، މިފަދަ ސޮފްޓްވެއަރއެއް ތަނަކުން ގަންނަން ލިބޭނެހެން ހީނުވާކަމަށެވެ.

ވެމްކޯގެ އެމްޑީ ޝިފާއު ވިދާޅުވީ، މީގެ ކުރިން ކުނި ނަގާ ގެތައް ފާހަގަކޮށްފައި ވާނީ ސްޓިކާ ޖަހައިގެން ކަމަށެވެ.

ވެމްކޯ އިން ވިލިމާލޭގައި ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތް ޑިޖިޓަލް ކުރުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ"

"މިހާރުވެއްޖެއްޔާ އަޅުގަނޑުމެން މި ޕްލެޓް ފޯމްގެ ދަށުން އެ ބްލޮކަށް ދާއިރު، ނަގަން ޖެހޭ ގެތައް އެ އިންނަ ސުޕަވައިޒާއަަށް އިންނާނެ ލިސްޓު ފެންނަން. އެހެންވީމަ ފަހުން ކުނި ނަގާނީ ރެޖިސްޓަރކޮށްފައި ހުންނަ ގެތަކުން". އެމްޑީ ޝިފާއު ވިދާޅުވިއެވެ.

މިގޮތަށް ކުނި ނެގެމުންދާނީ ވެމްކޯއަށް ރެޖިސްޓަރކޮށްފައިވާ ފަރާތްތަކަށެވެ. އެހެން ނަމަވެސް މިހާރުވެސް ވިލިމާލޭގައި ރެޖިސްޓަރ ނުކުރާ ގެތަކުންވެސް ކުނިނެގެމުންދާއިރު، ވެމްކޯއިން އެދެނީ ވިލިމާލޭގެ ހުރިހާ ރައްޔިތުންވެސް ވެމްކޯއަށް ރެޖިސްޓަރކޮށްގެން އެ ހިދުމަތް ހޯދުމަށެވެ.

މިހާރުވެސް ވިިލިމާލޭގެ 70 އިންސައްތަ މީހުން ދަނީ ވެމްކޯއަށް ރެޖިސްޓަރކޮށްގެން ކުނި ނެގުމުގެ ހިދުމަތް ހޯދަމުންނެވެ