މިއަދު ހދ.ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ފަސް މީހަކު ނިޔާ ވުމާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އާންމުކުރި ތައުޒިޔާގެ މެސެޖުގައި ކޯލިޝަނުގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަދި އެހެނިހެން ލީޑަރުންގެ ނަންފުޅުގައި ނިޔާވި ބޭފުޅުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން ނިޔާވި ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކޮށްފައިވެއެވެ.

މިއަދު ހިނގާދިޔަ މި ހިތާމަވެރި ހާދިސާގައި ޕާރޓީއާއި ޕާރޓީގެ އާންމު މެމްބަރުން ފުން ހިތާމާއިގައި ތިބިކަމަށް އެ މެސެޖުގައި ވެއެވެ.

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސޮނިފޮހެުގެ މަަންމެ

    ހިތްތަކުގެ ރައީސް އަށް ސުކުރިއްޔާ ނިޔާވި އެއްމެންނަށް ހެޔޮރަހުމަތް ލައްވާށި

    65
    1
  2. ާައަސްލަމް

    ޔާމީނަކީވެސް ދިވެހިރާސްޔިތެއް ތައުޒިޔާ ފޮނުވުމުގެ ހައްގު ލިބިގެންވާނެ ސައިތާނުން މިދަނޑިވަޅުގަ މިކަންސިޔާސީ ނުކުރެ

    58
    2
  3. ދޮންބެ

    ކޮންތާކު އޮތް ޕީޕީއެމް އެއް؟؟؟؟

    2
    42
  4. ދޮންބެ

    ވަގަށް ނެގި 1 މިލިއަން ދޭންވީނު!!!!

    3
    48
    • Anonymous

      މިމީހުން އީމާން ނުވާނެ ދުވަހަކުވެސް

      22
    • އޮރެންޖު

      ދޮންބެ ހަޖަމު ނުވަނީތަ؟؟؟ހަޖަމް ނުވަންޔާ ފިތްތާލައިގެން ހުރޭ. މާތާހިރުވާނެ 32 މިލިޔަން ވާހަކަ ދެއްކިއްޔާ....

      21
      1
    • ޤާދިރު

      ވަގަށް ފައިސާ ނެގީ ކޮންބައެއްކަން ޔާމީނާ ދެކޮޅަށް ހިންގާ ޝަރީއަތުން ސާފުވޭ. އެ ޝަރީއަތުން ސަރުކާރު އޮރިޔާން ވުން ނޫންކަމެއް ވޭތަ؟ ލަދެއްވެސް ނުގަންނާނެ.

      24
    • ލާދީނީ ބޯ ޕާޓީ ޑީޕީ

      އަދީބު، ގަންޖާ ނަޝީދު އާއި އެމްޑީޕީ މީހުންގެ އެކައުންޓްތައް ބަލާ. އޭރުން ފެނިދާނެ.

      22
  5. ވާރޭ

    ޢިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.

    17
  6. ރައްޔިތުމީހާ

    ރައީސް ކަން ކޮއްފަ އަދިވެސް އެހެނިހެން ބޭބޭފުޅުން އެބަ ވޭ
    ޢެކަމަކު މިރައީސް ގެ ފަރާތުން ފެންން ނަމޫނާ ފެނުމުން ހިތަށް ފިނިކަން ލިބޭ ކަމީ ހަގީގަތެއް ހަމަ ދެގޮތެއް ނުވާ ތަސައްލީ އެއް

    13
  7. ތަސައްލީ

    ހިތްތަކުގެ ރައީސަށް ތިޔަ ވެވެނީ މިހާރު.. ހަގީގަތް ހާމަވާނެ. ހިތްވަރުކޮށްލާ ރަޢީސް ޔާމީން.