ހދ. ނޮޅިވަރަންފަރު އިން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗް ބަންޑުންވެ ފަސް މީހުން ނިޔާވި ހަބަރު އެހީ ފުން ހިތަމައާއެކުގައި ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، އެ ލޯންޗް ބަންޑުން ވެގެން ނިޔާވި ފަސް މީހުންގެ ހަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށާއި، މި ހިތާމައިގައި ބައިވެރިވެ، އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދީ ދުއާ ކުރާ ކަމަށެވެ.

މިއަދު ހެނދުނު 11:45 ހާއިރު މި ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫގެ ދެެކުނު ފަރާތު ފަރުމައްޗަށް ކަމަށެވެ.

23 ވަރަކަށް ފޫޓު ހުންނަ އެ ލޯންޗް ބަންޑުން ޖަހާލިއިރު، އޭގެން 10 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން ނިޔާވީ ފަސް މީހެކެވެ. އެ ފަސް މީހުންގެ ތެރޭގައި ހިމެނެނީ އެއް އާއިލާއެއްގެ ހަތަރު މީހެކެެވެ.

އެ ހަތަރު މީހުންނަކީ ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކަ އާއި އެ މީހުންގެ ހުރި ހަަމައެކަނި ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި ފަސް އަހަރުގެ އިޔާ ޝިފާޒްއެވެ.