ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަނދާންކޮށްދީފިއެވެ.

10 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މިއަދު ބަންޑުން ޖަހާލި ލޯންޗްގައި ތިބި މީހުން ކަނޑުމަތިން ނެގިއިރު، ތިބީ ލައިފްޖެކެޓް ނާޅުވާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. މި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެެއްގައި ވިދާޅުވީ، އާދަޔާ ހިލާފަށް ވައިބާރުގެ ގަދަ ވިއްސާރަ ކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ކަނޑުދަތުރުކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެހެންވުމާއެކު ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، މިފަދަ ދުވަސްތަކުގައި ދަތުރުނުރުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

"މަތީގައި ދެންނެވުނު ހާލަތްތަކުގައި މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާއިރު، އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސެންޖަރުން ލައިފްޖެކެޓް އެޅުމަކީ ކެޕްޓަންގެ ޒިންމާއެއް ހަނދާންކޮށްދެމެވެ". ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވެއެވެެ.

އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން

  • އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަގީންކުރުން
  • - ފސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން
  • - ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން
  • - މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން
  • - ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުން
  • - ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން
  • - މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުން
  • - ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާއެކުގައިކަން ކަށަވަރުކުރުން
  • - ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން

އެހެންކަމުން އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މިކަންކަމަށް ސަމާލުކަންދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމްރޫދް

    އެހެންވީމާ ކެޕްޓަން މީގަ އެބަ ކުށްވެރިވޭތާ. އޭނާ ހައްޔަރު ކުރޭ. .

    6
    19
  2. ދިވެހި ދަރިއެއް

    ކަނޑު ގަދަނޫނަސް ލައިފް ޖެކެޓް އަޅައިގެން ދަތުރުކުރުން މަޖުބޫރު ކަމަކަށް ވާންޖެހޭ! ޙާދިސާއެެއް ދިމާވާނީ މޫސުމް ގޯސްވުމުން އެކަންޏެއް ނޫން!

    22
  3. މުކި

    ތިކަމެއްނުވާނެ. ތި މިޤައުމުގަ މާލަދުގަންނަކަމެއް

    14
  4. ސަތޫނާ،

    ބުރިޖު ހުރަސް ކުރާއިރު ހެލްމެޓު އަޅަން މަޖުބޫރު ކުރިގޮތައް ކަނޑު ދަތުރު ކުރާއިރުވެސް ލައިފް ޖެކެޓު އަޅަން މަޖުބޫރުކޮއްބަލަ، ސޭފްޓީ ފަސްޓުދޯ، ލައިފް ޖެކެޓު އެޅުން އޮންނަނީ ހަމަ އެކަނި ފަތުރުވެރިން ގޮވާގެން ދާއިރުބާ،

    20
    2
  5. އަހުމަދު

    ތާއަބަދު ދުނިޔޭގައި އެކަކުވެސް ނުހުންނާނެއެވެ. މަރު ބައްދަލު ކުރާނީ ކޮންވަގުތަކު ކިހިނެއްކަން އިނގޭނީ ކާކަށް ހެއްޔެވެ. އީމާތެރިކަން ގަދަ ކުރާށެވެ. ދިރިތިބި މީހުން ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކާނެއެވެ. ސޭފްޓީ ފަސްޓް . ރައްކާވެތިބިއްޔާ ދަތުރު ... ނަމަ ވެސް ކޮންމެ މީހެއް ވެސް މަރުވަނީ އެމީހާގެ އަޖަލު ހަމަ ވުމުންނެވެ. ތިބާގެ ވިސްނުން ކިތަންމެ ގަދަވިޔަސް ހޭލުން ތެރި ވިޔަސް ލައިފް ޖެކެޓް އެޅިއަސް އަނގައިގެ ތެރެ އަށް ގަދަ ކަނޑުގައި ލޮނު ވަދެ ހާސްވެ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މަރުވެދާނެއެވެ. އެންމެ ގާތީ މަރެވެ.

    8
    1
    • މޮޔައެނޮނިމަސް

      ގަޅި ކަމެއް ދޯ.އެހެންވީމާ ލައިފްޖެކެޓްގެ ބޭނުމެއް ނެއްތާ ދޯ މިހާރަކު؟

      • Anonymous

        ލާދީނީ އެއްޗެކޭ ނުބުނެ ނުހުރެވޭ ދޯ މޮޔައެނޮނިމަސް. ކޮންމެ ހަބަރެއްގަވެސް. ކެނެރީ ގަންޖާބޯ ކިހާ ވަރެއްތަ ދެނީ ކޮމެންޓް ކުރަން.