މިއަދު ހެނދުނު ހދ. ނޮޅިވަރަންފަރުން ފުރައިގެން، އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗް ބަންޑުން ޖަހާލާ ނިޔާވި މީހުންގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދެ މުވައްޒަފެއްގެ އާއިލާ މީހުން ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ ޝިފާޒްގެ ކުޑަ ދަރިފުޅު އިޔާ ޝިފާޒް އާއި، އަންހެނުން ގުރައިޝާ އަބްދުﷲ އަދި އަންހެނުންގެ މަންމަ މަރިޔަމް މަނިކް އާއި ބައްޕަ ހުސައިން އަބްދުﷲ މިއަދު ކަނޑުމަތީގައި ހިނގާދިޔަ ހާދިސާގައި ނިޔާވެފައިވާކަމަށެވެ. އަދި މީގެ އިތުރުން ދެން ނިޔާވެފައި ވަނީ އެ ކުންފުނީގެ މުވައްޒަފު ފައިސަލްގެ މަންމަ އައިޝަތު އަލީ ކަމަށްވެސް އެ ކުންފުނިން ވިިދާޅުވިއެވެ.

"ނިޔާވި ބޭފުޅުންނަށް މާތްﷲ ސުވަރުގެލައްވާށި އާމީން". އެމްއޭސީއެލްގެ މެސެޖުގައި ވެއެވެ.

މި ހާދިސާ ހިނގިއިރު، އެ ލޯންޗުގައި ފައިސަލްގެ ބައްޕަވެސް އިނެވެ. އޭނާގެ ބައްޕައަށްވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފައިސަލްއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

މިއަދު ހެނދުނު 11:45 ހާއިރު ހަނިމާދޫ ދެކުނު ފަރާތު ފަރުމައްޗަށް ބަންޑުންވި އެ ލޯންޗުން ދަތުރުކުރީ 10 މީހުންނެވެ. އޭގެ ތެެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި އެ މީހުންގެ ޖަނާޒާ ކަންތައްތައް ދަނީ ހަނިމާދޫގައި ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހިއްވަރުކުރާތި . މިއީ އިމްތިހާނެއް . މިއިމްތިހާނުން ފާސްވުމަށް ހުރިހާއެންމެންވެސް މަސައްކަތްކުރޭ . އަދި ޙާއްސަކޮށް އާއިލާ... މިއަދު ކަނޑަށް ޣަރާގުވެގެން ނިޔާވި އެންމެހާ ބޭފުޅުންނާއި އެތުއްތު ތުއްތު ކުއްޖާ ހިމެނެނ ޝަހީދުންް ގެތެރޭގައި.. އެބޭފުޅުންނަށް ސުވަރުގޭޭގެެެެެ މަތިވެރި ނިއުމަތް ދެއްވާށި ! އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށިި! ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ☝☝☝އެކަލާނގެ އެއީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަަ ރަސްކަލާނގެ.އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލެވޭ ވަރުގެ ކަމެއް އެކަލާނގެ ނުޖައްސަވާނެ . އެކަލާނގެ އީ ނުހަނު އޯގާވެރިވަންތަ ރަސްކަލާނގެ . ނޯ ދެޓް ﷲ ސުބުހާނަހޫ ވަތަޢާލާ ޓެސްޓް ދަ ވަންސް ހީީ ލަވްސް ..ﷲއަކްބަރު . ﷲއަކްްބަރު.. ﷲ އަކްބަރު ???

    108
  2. ...

    ޙިތްވަރުކުރާތި...މަރުވެދިޔަ ފަރާތްތަކައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި...އާމީން...??

    36