ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މީހުންގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ، ހަނިމާދޫ މަސްޖިދުލް މޫސާ އަލީ މިސްކިތުގައެވެ.

މި ހާދިސާގައި ނިޔާވީ، ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކް އާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އިޔާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ ނަމަކަށް ކިޔާ އަންހެނެކެވެ.

މިއަދު 11:45 ހާއިރު ހަނިމާދޫ ދެކުނު ފަރާތު ފަރުމައްޗަށް ބަންޑުންވި އެ ލޯންޗުގައި 10މީހަކު ދަތުރުކުރިއެވެ.