މިއަދު ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ އަކީ އެރަށު ސްކޫލްގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އެ ސްކޫލްގެ ބައްޕަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން މިރޭ އެ ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު މެންދުރެއްހާއިރު ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް ބޭފުޅުންގެ ޢާއިލާތަކަށް ހިތުގެ އަޑިން ތަޢުޒިޔާ ދަންނަވާކަމުގައީ މިރޭގެ ޖަލްސާގައި ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމުގައި ވިދާޅުވިއެވެ. އަދި، އެ ހާދިސާގައި އެއް ޢާއިލާއެއްގެ ތިން ބޭފުޅަކާއި އެންމެ ތިން އަހަރުގެ ތުއްތުކުއްޖަކު ވެސް ހިމެނޭކަމަމުގައި ވަނީ ވިދާޅުވެފައެވެ.
އެބޭފުޅުންގެ ފާފަތައް ފުއްސަވައިދެއްވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށާއި، އެބޭފުޅުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ދަރުމައާއި ސަވާބު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ޓީޗަރު ހުސެއިން ޚިދުމަތް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސެއިން ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސް ސިފަ ކުރެއްވިއެވެ.
ޙުސެއިންގެ ޚިދުމަތުގައި މެދުނުކެނޑި 35 އަހަރު ހޭދަކުރައްވާފައި ވާއިރު އޭނާގެ ވަކިވެދިޔުމަކީ އެރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫ ނުބެއްދޭނެ ގެއްލުމެއްކަމުގައި ރައީސްވިދާޅުވިއެވެ. މިހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއްކަމަށްވާ ޢަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ މި މިއަދު ހިނގި ހާދިސާގައި ނިޔާވެފައެވެ.
މިއަދު ހިނގި ހާދިސާގައި ނިޔާވި މީހުންގެ ޖަނާޒާ މިރޭ 01:30 ގައި ހަނިމާދޫގައި އޮންނާނެއެވެ.
ކުޑަކުޑަ އެންމެ ގޯސް ނިންމުމަކުން އޭގެ އަގުނުކުރެވޭވަރުގެ ގެއްލުމެއް. ރައްކާވެތިބިައްޔާ ދަތުރެކޭބުނަނީކީ މަޖަލަކަށްނޫން. މާތްﷲ މިހިތާމަވެރި ކާރިސާގައި ނިޔާވި އެންމެންގެ ފުރާނަފުޅައް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. މިހިތާމަވެރި ކާރިސާ ވެސް މިދިޔައީ. މިފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ދިރިތިބީންނަށް ދަރުސްތަކެއްވޭ، އަދުގެ ރައީސްއަށް ބުނެލާހިތް އޮތީ މާތްﷲ ގަންދެއްވާ ބުނަމެވެ ހަމަކަށަވަރުން ތިބާވެސް އެންބުރި ދިއުން އޮތީ އެކަލާންގެ ހަޒުރަތައްށެވެ. ވީމާ ތިޔަ ކުރައްވާފައިވާ ހުވަޔަށް ހަރާންކޯރު ނުވާނެވެ.
ޑިވެހި ބަހުގެ ރަދީފުން "