ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން އެއް ވަޅެއްގައި ވަޅުލައިފިއެވެ.
އެ މީހުން ވަޅުލާފައި ވަނީ، ހދ، ހަނިމާދޫ ސަހަރާގައެވެ. އެ މީހުން ވަޅުލާފައި ވަނީ މިރޭ 2:30 ހާއިރުއެވެ. އެ މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މާލެއިންނާއި، ނޮޅިވަރަންފަރުން ދިޔަ މީހުން ހިމެނެއެވެ.
މިއަދު ހަނިމާދޫ ކައިރި އަށް ލޯންޗު ބަންޑުން ޖަހާލީ އެ ރަށު ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގައެވެ. ނޯޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރު ކުރި އެ ލޯންްްޗް ބަންޑުން ޖަހާލީ ހަނިމާދޫ ދެކުނު ފަރާތު ފަރު މައްޗަަށެވެ.
ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އީރާ ހަސަން ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.
10 މީހުންނާއެކު ލޯންޗް ބަންޑުން ޖަހާލި މި ހާދިސާގައި ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފާރުވާދީފައިވާއިރު. މީގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ސިއްހީ މަރުކަޒުން ދޫކޮށްލާފައެވެ.
ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ މީހުން ތެރޭގައި މި ހާދިސާގައި ނިޔާވި އައިޝަތު އަލީގެ ފިރިމީހާ ހިމެނެއެވެ.
https://www.facebook.com/VaguthuMv/videos/2975283542543921
މި ހާދިސާ ހިނގާފައި ވަނީ، އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާ ވަގުތެއްގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، 23 ފޫޓު ހުރި އެ ލޯންޗް ބަންޑުން ޖަހާލީ ކޮޅިގަަނޑެއްގައި ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން ކަމަށެވެ.
ހުރިހާ އެންމެން މަރުވެ ދިޔަ މީހުންނަށް ހެޔޮދުޢާ ކޮށް ދެއްވާށެވެ.
އިންޑިޔާ ލަންކާ މީހުން މަރުވީމާ ހެޔޯ ދުއާ ކުރުމެއް ނެތް ތަ؟
ކަލޭ މޮޔަނުގޮވާ ހުރޭ.
إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها
ބެހެއްޓި ރާޑަރުތަކުދެ ބޭނުމަކީކޮބާ؟
ރާޑަރަކީ ކީއްކުރާ އެއްޗެއް ބާ.ކަލޭ ކިޔާ ދީ ބަލަ.
މަޖިލީހުން ވެއްޖެންނު ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރަން ބިލެއް ލަން ބުރިޖު ގަ ހެލްމެޓް އެޅުން މަޖުބޫރު ގޮތައް
ބުރިޖު މަތިން އެކްސިޑެންޓް ހިނގާއިގެން ބޯފަޅާއިގެންގޮސް ސިކުނޑި އަށް ލޭއެޅިގެން މަރުވެދާނެތީ ހެލްމެޓް އަޅާއިގެން ނޫނީ ނުދުއްވޭ ގޮތް ހެދިގޮތަށް މުޅި ރާއްޖެ ވަށާއިގެން މިވާ މުޅި ރާއްޖޭގެ ބޮޑުބަޔަކަށް މިއޮތް ކަނޑުގަ އެއްވެސް އެއްޗެއް ދުއްވާ މީހާ އާއި ޕަސިންޖަރުން ހިމެނޭ ގޮތައް ލައިފްޖެކެޓް އެޅުން މަޖުބޫރު ކޮށް އެކަން އެހެން ނުކުރާ ފަރާތްތަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަން.
ކީރިތި ރަސޫލާގެ ހަދީސްފުޅުން އެނގޭގޮތުގައި ކަނޑަށް ގެނބިގެން މަރުވާ މީހުންނަކީ ސުވަރުގޭގެ އަހުލުވެރިން! މާތްﷲ އެ ފަސްމީހުންގެ ފާފަތައް ފުއްސަވާ، ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް ދެއްވާންދޭ! އަދި އެ އާއިލާތަކަށް ލިބުނު ފުން ހިތާމާއަށް ކެތްތެރިކަން ދެއްވައި ހިތްތަކަށް ތައްސައްލީއެއް ދެއްވާންދޭވެ