ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށާއި، މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތަޢުލީމީ ޙަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށްކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

"މިއަދު ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި، އޭ ސްޓާރ އޮންނަ ސެޓްފިކެޓެއް ނޫން. މިއަދު ބޭނުންވަނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައިވެސް އޭ ސްޓަރ ހޯދާ ކުދިން. ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒު. މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން." ރައީސް ވިދާޅުވިއެވެ.

ޤައުމުގެ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭކަމުގައެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޞާލިހް ވަނީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މަސީހު

  ހަގީގަތަކީ މިސަރަހައްދުގައި އެންމެބާރައް ކުރިއަރަމުންދިޔަ އިގްތިސޯދު އޮތްގައުމު އިންޑިޔާ ބޭނުންވާގޮތައް މިހާރުމިވަނީ ބުރަކިޖައްސާފަ މީ ލަންކާ ކުރިއަރާދާންފެށުމުންވެސް އިންޑިޔާއިން ކަންކުރިގޮތް މިހާރު އެންމެ ބާރައް އިވޭ އަޑަކީ މިއަހަރު ރާއްޖޭގެ އިގްތިސޯދު ބޮޑުތަނުން ދައްވެގެން ދާނެވާހަކަ މިކަމާ އެންމެބޮޑައް އުފާފާޅުކުރާނެބަޔަކީ އިންޑިޔާ.

  18
 2. އެޑިއު

  ތިއީ އަލަށް ފަށައިގެން އުޅޭ ކަމެއް ނޫން.

  12
 3. ދޮންބެ

  ހުނަރުވެރި ޒުވާނުން ޤައުމުގެ ގާ އެފެއް ދޭހާ ތައުލީމަ ކާ ގާބިލުކަމެއް ނެއް މީހަކައް ކޮން ކުރި އެދުމެއް ގެނެސް ދެވޭނީ

  11
 4. މިނިސްޓަރު

  ކޮބާޖަޒީރާ ރާއްޖެ

 5. ސައްދާމް

  އުފައްދާލެއް މަދެއްނޫން ކޯޓުތަކުގައި އެއްވެސް ޖެހިލުމެއްނެތި ދޮގު ހެކިބަސްދެމުން އެދަނީ.

 6. ހައިފާ

  ކިޔަވާލަން ލޯނެއް ދީބަލަ.ލާރިނެތިގެން ނުކިޔެވިފަ މިހުރީ.

 7. ދދދދދދ

  ޒުވާނުންނަކީ އުޅޭ ބައެއްކަން ރައީސް ޔާމީންގެ މަސައްކަތުން ކަލޭމެނަށްވެސް ތިއޮތީ އެނގިފަ. ޝުކުރިއްޔާ ތަރައްގީގެ ބާނީ

 8. ހަސާން

  ހާކިމާގެ އެންމެއިސް އަމާޒަކައް ވާންޖެހެނީ އިސްލާމްދީނާއި އަދި ގައުނުގެ އިސްތިގުލާލް ހިމާޔަތް ވާގޮތައް ހިފެހެއްޓުމެވެ. މިކަމުގައި ތިޔަ ސަރުކާރައް ލިބެނީ "ޔޫ" ރިޕޯޓެއް.

 9. ަަމީރޫ

  އިންޑިޔާއިން ހަދާގޮތަކީ ބޮޑެތި މަޝްރޫތަކާއި ހަވާލުވެގެން އެކަން ނުކޮއް ތިބުމެވެ. އޭރުން އޮންނާނީ އެގައުމެއްގެ ކުރިއެރުން ހުއްޓި އެމީހުންގެ އަތްދަށުވެފައެވެ. މިއީ ކުރިއަރަމުން އަންނަ އަވައްޓެރި ގައުުމުތަކުގެ ކުރިއެރުން ހުއްޓުވުމައް ކުރާ މަކަރުވެރި ކަމެއް. މިކަން ކުރަނީ އެގައުނުތަކުގަ އުޅޭ ވެރިކަމައް ދަހިވެތިވެފަތިބޭ ގައުމައް އެއްވެސް އިޚްލާސްތެރިކަމެއް ނެތް ބައިގަނޑުތައް ހޯދައިގެން އެމީހުންގެ ޒަރިއްޔާއިން އެމީހުންނައް އެހީފޯރުކޮއްދީގެންނެވެ. ލަންކާގަ ރާޖަޕަކުސްގެ ބާރުދުވެލީގަ ކުރިއަރަމުންއައި އިގުތިސޯދު ހުއްޓުވީވެސް އިންޑިޔާއިން އިދިކޮޅުބަޔަކައް ވާގިވެރިވެގެންނެވެ.

 10. ޢަދުރޭ

  ބަހާ ޢަމަލާ ދިމާނުވާ ރައީސެއް . ބުނި އެއްކަމެއްވެސް ބުނި ގޮތަކަށް ނުވި އެއާ ޚިލާފަށް އެއާ ދިމާ އިދިކޮޅަށް ކަން ވެގެން މިދަނީ

 11. ނޫރު

  ރައީސެވެ، ޚިޔާލް ރަގަޅެވެ، އެކަމަކު 1500 ޒުވާން ކުދިން ޖަލުގަ ތިބެގެން، ކުރެވޭނީ ކޮންކަމެއްތޯ، 80% ކުދިން ތިބީ އޮއިލް ޕަފެއް ދަމާލީމަ 3 އަހަރުޖަހާފަ،،، މިފަދަ ހަރުކަށި އަދަބަކީ ކުދިން ހަލާކު ކުރުން، މިއީ ކުދިން ރަގަޅު ކުރެވޭނެގޮތެއްނޫން، ޤާނޫނު ބަދަލްކޮށްގެން ފަރުވާ ދީގެން ކުދިން މުޖުތަމައަށްނެރެ، މަގު ދައްކަންޖެހޭ.

  • ޅަކުއްޖާ

   ދީނީ ހޭލުނަ ތެރިކަން މަދީ މި ޤައުމުގައި.. ޅަފަތުން ފެށިގެން ތަރުބިއްޔަތު ކުރުމުގެ މައަސަލަ އަދި.ޖެހޭ އެކު ވެރިންނާއި ހެދި ނުބައި މަގުން އެޅެނީ އަސްލު..