ލަނޑާގިރާވަރު ރިސޯޓްގެ ވޯޓާވިލާތަކެއް މަރާމާތު ކުރަން އުޅުނު ބައެއްގެ ގައިމައްޗަށް ޖަމްބޯ ބޭގްތަކެއް ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާތަކެއް އަޅާފައި ހުރި ޖަމްބޯ ބޭގްތަކެއް ވެއްޓުނީ މަސައްކަތުގައި އުޅުނު ބިދޭސީންތަކެއްގެ ގައިމައްޗަށެވެ.
އަނިޔާވި ދެ ބިދޭސީންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައި ވީނަމަވެސް އެކްސިޑެންޓްގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމީހުން ރ.އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާ އާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. މިކަމުގައި ފުލުހުންގެ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.
ވެރިކަން ނުބައިވީމަ ގައުމުގަ ބިރުވެރިކަން އުފެދޭނެ މިވެރިކަން އައިފަހުން ހިތާތާމަވެރި ހާދިސާއެއް ނުހިގާދުވަހެނެތް
އަޅޭ މިހާރަކަށް އައިސް މިކަހަލަ ކަންތަށްތަށް ހާދަ ގިނަވެއްޖޭ ބެލްކަނި ވެއްޓުމާ މިޒާތު ކަށްތަށްވެސް
އިޓްސް ރ އުނގޫފާރު ރީޖަނަލު ހޮސްޕިޓަލު
އަނިޔާވި މީހުންނަށް އަވަސް ސިފާ އެއް މިންވަރު ކުރާށެވެ.
މީއަޅެ ސިހުރު ވެރިކަމެއްތަ ވަރަށް ވައްތަރު
ނޫން، ނިކަން މިހާރުވެސް މާލޫދާ މުނާޖާތާ ކިޔަންފަށާބަލަ ކަންކަން ރަގަޅުވެ ބަރަކާތް އިރާދަކުރެއްވިއްޔާ އިތުރުވާނެ. މިފަދަ ރަގަޅު ކަންކަން ބިދުޢާޔޭ ކިޔައިގެން މުޅިން އޮޅުވައިލައިގެން ހުއްޓާލީ
މީހުންނަށް އަނިޔާވެސް ވާނެ މަރުވެސް ވާނެ އެކަމަކު މިއަނިޔާވެރިކަން އައިފަހުން ގައުމު މިވަނީ ބިރުވެރިކަމެއްގެ ތެރޭގަ ހިތާމަވެރި ހާދިސާއެށް ނުހިގާ ދުވަހަކަށް އިރެއްނާރަ