ގެއެއްގެ އަށްވަނަ ފަންގިފިލާއިން ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ފިލާގަނޑަކީ މާފަންނު ގެއެއްގެ އަށްވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައިހުރި ފިލާގަނޑެއް ކަމަށާއި އެ ފިލާގަނޑު ވެއްޓިފައި ވަނީ އެ ސަރަހައްދުން ހިނގާފައިދިޔަ ފިރިހެނެއްގެ ބޮލަށް ކަމަށެވެ.

އެ ފިލާގަނޑު އޭނާގެ ބޮލުގައި ޖެހިގެން އޭނާއަށް ވަނީ އަނިޔާވެފައެވެ.

މިއަދު ހެނދުނު 10:03 އެހާކަންހާއިރު ފުލުހުންނަށް މި ކަން ރިޕޯޓްކުރި އިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.

އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިއްދޫބެ

    ތިޔަ ބައު އިމާރާތްތައް ތަޅާލާފައި ރާއްޖެތެރޭ 5 ކުޅަނދު ހަމަނުވާ މީހުން ފެލަން ރަގަޅު ފެންވަރުގެ ކޮތަރުކޮށި ހަދާބަލަ

  2. ކިންގސެން

    ޥެރިކަން ވައްޓަށް ސިހުރު ހެދީމަ އެއްޗިހި ވެ އްޓެނީ ނުވެއްޓޭކަ އެއްޗެއް ނެއް އަދެގެން ހުންނަ މުންޑުވެސް ވެއްޓެނީ ކިހާ ބޮޑުވެއްޖެ ކަމެއް