ރާއްޖެއަށް އެތެރެ ކުރަން އުޅުނު 4.195 ކިލޯގެ ހެޝިޝް އޮއިލްއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ، މި މަސްތުވާތަކެތި ފެނިފައި ވަނީ، އިންޑިޔާގެ ޓްރިވެންޑްރަމްއިން ރާއްޖެ އައި 48 އަހަރުގެ އިންޑިޔާ ފިރިހެނެއްްގެ އަތުން ކަމަށެވެ.
ކަސްޓަމްސް އިން ވިދާޅުވިގޮތުގައި، މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ ލަގެޖުގެ ތެރެއިންނެވެ. އަދި މިތަކެތި ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
ކަސްޓަމްސް އިން ވަނީ، އެ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ. ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.
ފަހަކަށް އައިސް ވައިގެ މަގުންނާއި ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ވަނީ އާއްމުވެފައެވެ.
ތަފްސީލް އަންނަނީ..
ކޮޗިންފެރީގެ ޚިދުމަތް އަވަހަށްފަށާ!
މީ ޖާބިރު ގެ އޯޑަރެއް ތޯ ؟
އެހެން ވެ ތޯ އޭނާ ޑްރަގު ހުއްދަ ކުރެވޭތޯ ހޯމް މިނިސްޓަރު ޕާލަމެންޓަށް ހާޒިރުކުރީ!
އެޖެންޑާ 19
މި ސަރުކަރުގެ ގޯތި ގޮލައެއްތާ ދޫކޮށްލާ