އަހަރަކަށް އަލްވަދާއު ކިޔައި، އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން އިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖްރައިން 1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސްގެ އެ ހިތާބުގައި ވިދާޅުވީ، މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ގައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި ގައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ހިއްސާ، އެއް ހަމަތަކެއް ގަބޫލުކުރާ، އެއް ހައްގުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން އެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.

އެ ހިތާބުގައި އިތުރަށް ވިދާޅުވެފައި ވަނީ، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމަށެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ގާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި، ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، އަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ހަޔާތުގެ އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމަށް ރައީސްގެ ހިތާބުގައި ވެއެވެ.

އަދި ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި، އާއިލީ ގުޅުންތަކާއި، އިޖްތިމާއީ ރަހްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    ހިޖްރީ އައު އަހަރު އެއީ މުސްލިމުންނަށް އޮތް ކަމެއް ތި ކަހަލަ ލާދީނީ ބައިގަނޑަކަށް އޮތް ކަމެއް ނޫން

    12
  2. އިސްލާމް ދީން

    އައުއަހަރަކަށް ރައީސް މަރުޙަބާކިއުއްވާއިރު އައުއަހަރުގެ ހިޖުރައާއި ޢާސޫރާ ދުވަހާ ތާޝޫޢާދުވަހާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅު ނުވުމުން މިސަރުކާރުގެ ދީނާމެދު އޮންނަ މިންގަނޑު އާއި މެދު ސުވާލް އުފެދޭ. އަދިއެހެންމެ މިދެވަސް ސަރުކާރު ބަންދުކޮށްލާ ރޯދަހިފުމަށް ރައްޔިތުންނަށް ނަސޭޙަތް ތެރިވުމަކީ ވަރަށްވެސް މުހިމު ކަމެއް ކަމުގަ ދެކެމެވެ،

    12
  3. އަނިޔާ އަހަހުމަދު.

    އައު އަހަރަކީ އައު ބަޖެޓް ކާލަން އޮތް އަހަރެއް އެވެސް އިންކަމް ޓެކްސްއާއި އެކު. މަރުހަބާ އާ'ފޭރުމަކުން ފޭރޭ އަހަރަކަށް.

  4. ޫތޔތ

    ހިންދޫއިންނައްބައިއަތުހިފާފައިވާބަޔަކައް ކޮންހިޖުރީއަހަރެއްތަ ތިޔަބަިމީހުންނައް ހަލާކުހުރި ﷲގެ ވާގިފުޅާއިއެކު މިސަރުކާރު ބަލިކުރައްވާނެތިކުރައްވާދޭވެ އާމީން