ލ. ގަމު ފިހާރައެއްގެ ސޭޓަށް ވަޅިން ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ވިދާޅުވީ، ގަން މުކުރިމަގު ފިހާރައަކަށް މީހަކުވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތް މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިއަދު ހަވީރު 16:50 ގައި ކަމަށެވެ.

ވަޅިން ސޭޓަށް ބިރު ދައްކާ ފިހާރައިގެ ވަތްގަނޑުން އޭނާ ފޭރިގެންފައިވަނީ ގާތްގަނޑަކަށް 4000 ރުފިޔާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިރޭ 18:45 ހާއިރު އެ މީހާ ވަނީ ހައްޔަރުކޮށްފައެެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭ

    ލިބޭ މިންވަރަށް ޝުކުރުވެރިވެ ތިމާގެ ނަފްސު ދަހިވެތިކަމުން މިންޖު ކުރެވިފައި ވާނަމަ މިކަހަލަ ކަންތަކެއް ނުވީހެވެ މިކަމުން ދޭހަވަނީ ރާއްޖޭގައި ދެވޭ ތައުލީމު އަކީ އެންމެ އެކަށީގެންވާ ތައުލީމު ނޫންކަމެވެ .އިސްލާމީ ގިއުގަނޑަށް ނުފެތޭ އެއްވެސް ތަރުބިއްޔަތެއްނެއް ތައުލީމެއްކަމެވެ ، ވިކްޓިމް އައް އަދަބުދީ ބުލީ ކުރާ ކުއްޖާ ދިފާއުކުރުމުގައި ސްކޫލުތަކާއި މައިންބަފައިން އަދާކުރާ ރޯލުގެ ސަބަބުން ބުލީކުރަަާކުއްޖަާ މުޖުތަމަޢު އަށް ނިކުންނަނީ އޯގާތެރި ކަމުގެ ކަންފުޅެއްވެސް ނެތް އަމއްލަ އެދުމުން ފޯވެފައިވާ ހައިވާނެއްގެ ސިފައިގައެވެ ،މިއަދު ފަތިގަނޑުން ބިރުދައްކައިގެން އިންޓޯލު ބޯލާކުއްޖާ މާދަމާ ނިކުމެ މަގުމަތީގައި އުޅޭނީ ހަންޖަރު ހިފައިގެންނެވެ

  2. ނުބަލާ

    ސުރުޚީ ކިޔާފަ ސިއްސައިގެން ދިއައީ ޖޭޕީގެ ލީޑަރު ކަމަށް ހީކޮށް!