ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ބުރިޖެއް އެޅުމަށް އެކަށޭނެ، ކެރިފޯރުންތެރި ސަރުކާރެއް ނޫން ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެޅި ސިނަމާލެ ބުރިޖަށް އަހަރެއް ފުރުން ފާހަކޮށް މިއަދު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ސަރުކާރުގައި ބުރިޖެއް އެޅޭނެ ފެންވަރު ނެތް ކަމަށާއި، މިހާރު އެފަދަ ކަމަކަށް އަލިވިލޭނެ ކަމުގެ އުއްމީދު ކެނޑިފައިވާ ކަމަށެވެ.

"މިއަދުގެ ސަރުކާރަކީ މިފަދަ އެއްވެސް ކަމަކަށް އެކަށޭނެ ކެރިފޯރުންތެރި ސަރުކާރަކަށް ނުވާތީ، މިހާރު މިފަދަ ކަމަކަށް އަލިވިލޭނެ ކަމުގެ އުއްމީދު ކެނޑިފައިވާ ރައްޔިތުންގެ ހައްގުގައި މި ޕާޓީން ހިތާމަކުރަން" އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހައި ރާއްޖެ އަކީ އިގްތިސާދީ ގޮތުން މިނިވަން ގައުމަކަށް ހެދުމަށް ކަމަށެވެ.

އެގޮތުން އެތައް ބަޔަކު ނުކުރެވޭނެ ކަމަށް ބުނި ސިނަމާލެ ބްރިޖް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ހައިވޭ އިން މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލި ކަމަށާއި އޭގެ ސަބަބުން މާލެ ސަރަހައްދުގެ އިގްތިސާދު އައު ނާރެހަކަށް ދަތުރުކުރި ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ވެރިކަމުގެ ދެވަނަ ދައުރުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމަށް ކަމަށާއި، އެކަމުގެ ފައިސާތަކާއި، ޕްލޭންތައްވެސް ހަމަޖެހިފައިވާކަމަށެވެ.

އަދި މާލެ ފިޔަވައި ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫސިޓީގެ ވަކިން އޮންނަ ހުޅުދޫ-މީދޫ، އައްޑޫސިޓީގެ އެހެން ރަށްރަށާ ބްރިޖަކުން ގުޅާލައި އައްޑޫސިޓީގެ ރައްޔިތުންގެ އުއްމީދުތައްވެސް ހަޤީގަތަކަށް ހަދައިދިނުމަށް ރައީސް ޢަބްދުﷲ ޔާމީން އޮތީ ވައުދުވެވަޑައިގެންފައި ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބުރިޖުބޯއީ

    ތިޔަބުނާ ގޮތަށް އަދި މިވަނީ ހިތާ ހިތުގެ ގުޅުންއައިފަހުން ތަންތަނުން އެއްޗިހި ވެއްޓުން ނޫން ކަމެއް ނުވޭ ތި ބުރިޖުވެސް ސަލާމަތުންއޮއްނާނެ ކަމެއް ނޭގެ

    32
    3
  2. ނަވާރަ

    ރަނގަޅުވާހަކައެއް އަދިވެސް ތިކަންކުރެވުނިއްޔާ ކުރެވޭނެ ހަމައެކަނިލީޑަރަކީ ރައީސްޔާމީންކަަމާމެދު ޝައްކެއްނެތް

    52
    5
  3. ގލޅ

    އައްނިކަލޯ ބުރިޖުއަޅަން ފަށާނީ އަންނައަހަރުއެވެ ފުލެޓްތައް
    އަޅާނީވެސް އަދި ނިންމާނީވެސް އަންން އަހަރުއެވެ ހިނގާ
    އަހަރު އެއްވެސްކަމެއްނުކުރާނެއެވެ.

    27
  4. ާަޕޮގުބާ

    ޔަގީން ނުވާނެ

    30
    2
  5. ސޮއްބެ

    ބުރިޖު ބާއްވާ ކެނެރީގޭ ފާހާނާ ތެރޭ... މިދިޔަ ހަފްތާގަ އެންސްޕާއަށް މަގޭ 5 އަހަރުގެ ދަރިފުޅު އިންޑިއާއަށް ޑޮކްޓަރަށް ދައްކަން އަތްމަތި ދަތިވެގެން އެހީއަށް ފޯރމުލީމަވެސް ޖަވާބަކަށް ދިނީ އެހީއެއް ދެވެން ނެތް ކަމަށް... މިމީހުން ބޭނުން މީހުން ފުލުފުލުން ބެންކޮކަށްވެސް ފޮނުވަނީޔޭ !!! މަހުވާ މިބުނީ މަގޭ އާއިލާ މީހަކަށް ވެސް ލާހިކެއް ނޫން މިބާގީ ލޯނު ސަރުކާރަށް ދެން ވޯޓެއް ދޭކަށެއް!!!!

    27
    • ޖޯބެ

      ތިބުނީ ހެއޮކޮށް

  6. ކެޔޮޅު

    މިސަރުކާރުން ބިނާކުރާނީ އިންސާނުންނޯ އެހެންވެ މިހާރު މާގިނައިން ބާރައަހަރުގެ ކުޑަކުކުދިން ވިހަނީ!!

  7. ބޯކިބާ

    ބުރިޖު އެޅީވެސް ކެރިފޯރުންތެރިކަން ހުރެގެނެއްނޫން. ލިބޭއެއްޗަކަށްވުރެ ިއިތުރަށް އެތައްބިލިއަނެއް ކޮންމެ އަހަރަކު ހަރަދުކޮށްފަ ދަރަނިވެރިވޭވޭ އޮއްވާ އަނެއްކާ މަތިމައްޗަށް ދަރަނިނަގައިގެން ބުރިޖުއެޅީ. މިހާރު ރައްޔިތުން ބޮލަށް ދަރަނިޖަހާފަ ގޮސްއެތިބީ ގޭގަ ކުޅިބަލަން. އެގޮތަށް ބުރުސްލީހެދިގެން މިހާރުވެސް ދިހަ ބުރިޖުވެސް އެޅޭނެ. ޗައިނާއިން ދަރަނިދޫކުރަނީ ވަކިމީހަކަށްނޫން، މުގާބޭއަށްވެސް އެތައް ބިލިއަނެއް ދަރަންޏަށްދިން. ދުނިޔޭގައިނެތް ބުނިވަރަކަށް ޗައިނާއިން ދަރަނިދޫނުކުރާ އެއްވެސް ގައުމެއް.

    4
    11
  8. ޣީހުޓާވރ

    އައްޑޫ ގުޅާ ނުލެވޭނެ ގުޅިފަ ހުރިތަންތަން ކޮނެގެން ވަކިކުރަން ޖެހުނީވެސް ސަބަބެއް ނެތިއެއްނޫން !

  9. އައިޝާ95

    ބުރިޖު ކިހިނެއް އަޅާނީ، އެ އުޅެނީ ޢާއިލީ މީހުންނަށް ވަޒީފާ ދީދީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން. އެބަޖެހޭ ޅިޔަނުން ފަހަރިންނަށް ވަޒީފާ ދޭން، ރައްޔިތުމީހާ މަރުވިޔަސް. ގައުމެއް ހިންގަން އައި ބަޔެކޯ، ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަފެނޭ މި ގައުމު މިހާރު ހިނގާ ގޮތް. ނަންވާނީ ޔާމީނަށް، ކުރަނީ އެއްކަމެއް. ޔާމީނު ވީމާ ހުދުމުހުތާރު، އެމްޑީޕީ ވީމާ އޯކޭ.