2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ސިފައިންނާއި ފުލުހުން ހިންގި ކަންކަން ތަހުގީގު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެގައި ވަނީ، މިއަދު ފެށި އެމްޑީޕީ ޔޫތް ކޮންގްސްގައި އެ ދުވަހުގެ ކަންކަން ތަހުގީގު ކުރަންޖެހޭކަން ގަބޫލުކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ނަޝީދު މިގޮތަށް ވިދާޅުވިއިރު، އެ ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ މިއަދު ދައްކާނަމަ މަސްލަހަތު ގެއްލިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެ ކޮންގްރެސްގައި ނަޝީދު ވިދާޅުވީ، އެކަންކަން ނުބަލައިކަމުގައިވަންޏާ އެއީ ނުކިޔަމަންތެރިކަމެއް ކަމަށެވެ. އަދި އެދުވަހުގެ ހާދިސާއަކީ ނުކިޔަމަންތެރިކަމެއް ކަމަށާއި، ގައުމެއްގެ ސަލާމަތީ ބާރުތައް ނުކިޔަމަންތެރި ހާލަތެއްގައި ބޭތިއްބުމަކީ ނުރައްކަލެއް ކަމަށެވެ.

"އެއީ ޕޮލިސް މިއުޓީނީއެއް، ސިފައިންގެ މިއުޓިނީއެއް، އެއީ ސަލާމަތީ ބާރުތައް މިއުޓިނިއަސް ހާލަތުގައި ބޭންދީމަ އެއީ ގޯހެއް ނުރައްކަލެއް. އަޅުގަނޑެއް ނުބުނަން ބަގާވާތެކޭ އެހެން އެއްޗެކޭ. އޭޗިއްސެއް ނޫން. މިޔުޓިނީއެއް، އިންސަބޯޑިނޭޝަނެއް، އަމުރަށް ނުކިޔަމަންތެރިވުމެއް އެނގޭތޯ. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ދައުލަތަށް އަސްލު ހަގީގަތުގައި ރަނގަޅެއްވާނެ ކަންކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ފެންނަގޮތުގައި އެ މިޔުޓިނީ ބަލަންޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ކ،ނަޝީދުގެ ވެރިކަން ވައްޓާލި ހަތެއް ފެބްރުއަރީ 2012ގެ ކަންތައްތަކީ ބަޣާވާތެއް ކަމަށް އެމްޑީޕީގެ އިސްވެރިން އަދިވެސް ތުހުމަތު ކުރެއެވެ. ރައީސް ނަޝީދު ވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް ބަޣާވާތް ކުރި ކަމަށް ތުހުމަތު ކުރެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ބައެއް އިސްފަރާތްތަަށް މި ވަގުތު ސަރުކާރުގެ އިސްމަގާމުތަކުގައި އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ބަރުގޮނު

  އެއާ ޖެހިގެންއައި ދުވަހު ދިވެހި ދަވްލަތުގެ ވަރަށްގިނަ މުދަލަށާ ޢިމާރާތްތަކުގައި ހުޅުޖަހާ އަންދާލި މަސްއަލަވެސް ބަލަން ޖެހޭނެ. ހުރިހާ ރަށްރަށުގައިވެސް އެކަން ކުރަން އުޅުނީ އެމް.ޑީ.ޕީ މެމްބަރުންނާ އެޕާޓީއަށް ސަޕޯޓްކުރާ މީހުން. ޕާޓީ ރަމްޒުކޮށްދޭ ދިދަޔާ ޕާޓީ ކުލައިގެ ފޮތި އަދި ޓީޝާޓް ގެންގުޅުނު.

  68
  3
  • ދޮންބެ

   ފެބް އަށެއްގައި އެމްޑީޕީ އިސްވެއޮވެ އެހިންގި ޖަރީމާތަކުގެ ސަބަބުން މިހާރު އެމްޑީޕީއަކީ އުވިފައި އޮންނަން ޖެހޭނެ ޕާޓީއެއް ކަމުގައި ދެކެން.

   11
 2. ސޮއްބެ މާލެ

  މިއުޓިނީ ކުރި ސިފައިންނާ ފުލުހުންނަށް ލައްކައިން މުސާރަ ދީފަ އަލުން އަނބުރާ ވަޒީފާއަށް ނެރެފަ ތިހުންނަނީއެއްނު އަނގަ އައްޕައްޗަކަށް ހަދައިގެން ކަލޭ.. އް

  48
  1
 3. ކުންބޭ

  މިހާރުވެސް ސަލާމަތީ ބާރު ފެއިލްވެފަ. ބުރޯ ފިލައިގެން ދިޔައީ އެހެންވެތާ. ކޮން ތަހުގީގެއް ކުރާކަށް ގާޒީ ވަގަށްނަގާފަ، މީޑިޔާ ކުރިމަތީ އަމިއްލައަށް އިސްތިއުފާދިނީ.

  60
  1
 4. Anonymous

  ކުރަންޖޭހޭ އެއްވެސް ސަބަބެއް ނެތް. އެއީ ކަލޭ ގަންޖާ ބޮއެގެން ހުރެ އިސްތިއުފާ ދިނީ. މިގައުމުގެ އެނެމެނައް ފެންނާނެ. ހޭވެރިކަންވީ 3 ދުވަސް ފަހުން. އެހިސާބުން ބިރުދެއްކީޔޭ ކިޔައިގެން ތެޅި ބޭލީ.

  55
  2
 5. Anonymous

  މީނަގެ ކަމަކީ ތަހުގީގު ކުރުން، ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ކަމެއް މިކޮހުން ކުރާކަށް ނޫޅޭ، ގައުމުގެ ކަރާމާތް ގެއްލުވާލައިފި، މިބައިމީހުންގެ ލާދީނިއްޔަތުކަން ބޮޑުވެގެންގޮސް ގައުމަށް އެކިގޮތްގޮތުން މުޞީބާތްތައް އަންނަނީ ކުރިމަތިވަމުން، ތިމާމެންގެ ނުލަފާކަމުންގޮސް ހައްދު ފަހަނައަޅައިފި.

  48
  1
  • ހަމްބާން

   ތަހުގީގު ކޮއްކޮއްތިއްބާ މިވެރިކަންވެސް ނިމިގެންދާނީ.. ވީމާ ތަހުގީގުކޮއްފަ ބަހައްޓާށެވެ..

   30
 6. ބުރޯ

  ފްބްރުއަރީ 7 ގެ ކުރިން ހިގި 22 ދުވަހާރޭގެ ކަންކަމާ ފެބްރުއަރީ 5 ، 6 ނިކުތް ގައިރު ގާނޫނީ އަމުރުތަކާ ފެބްރުއަރީ 8 ގަ ރޯވި ތަންތަނުގެ ހަގީގަތާއި އެތަންތަން ރޯކުރަން ފޫނުންގުލާ އެންގީ ކާކުތޯ އާއި ފެބްރުއރީ 7 ގަ މުލީއާގެން އިންފެނުނު ލިއުމުގާ ގާނޫނުއަސާސީގެ ބާރުތައް އަތަށް ނެގިވާހަކަ އޮތުމުން މިހާރުވެސް އެލިއުމުގެ ކޮޕީ އޮތުމާއެކު ތަހުގީގު ކޮށް ގާނޫނުއަސާސީ ހުއްޓުވި ސަބަު ވެސް ތަހުގީގު ކުރަންޖެހޭނެ. އަދި ފެބްރުއަރީ 7ގަ މުލީއާގެން ފެނުނު ރާ ކޭސް ރޯސަންގެ ހަގީގަތްވެސް ތަހުގީގު ކުރަންޖެހޭނެ.

  51
  2
 7. އަސީ

  ނަޝީދު އަރިހުގަ އެމްއެންޑީއެފް މަރުކަޒައް ވަދެތިބި އެމްޑީޕީ އިސްވެރިންވަނީ އެމްއެންޑީއެފް ޔުނީފޯމްގަތިބި ސިފައިންނައް މުގުރުން ހަމަލާދީފަ މިކަން އެންމެފުރަތަމަބަލަން ޖެހޭނީ

  51
  1
 8. ޝަހީމް

  ކަލޯ އިމްރާނު.. އަނެއްކާވެސަ ޖަލުގޮޅިއައް ޒިޔާރަތްކުރަންޖެހެނީބާ..؟

  24
 9. ސަބާބް

  އެމްޑީޕީއިން ނިކުމެ މުޅިރާއްޖޭގެ އެކިތަންތާގައި ރޯކޮއް ފަނޑިޔާރުގެތައް ރޯކޮއް ފުލުސް އޮފީސްތަކާއި ވެހިކަލްތައް ރޯކުރުމުގެ ކުރީގައ ތިބި މީހުންނާއި އެކަމައް ހިތްވަރުދިން މީހުންނާއި އެކަމައްގޮވާލާ އެކަން އަމަލީގޮތުން ހިންގިއެންމެންގެ މައްސަލަ ވަރައް ތަފްސީލުކޮއް ބަލަންޖެހޭ.. ހަމަގައިމުވެސް އެކަމުގެ ކުރީސަފުގައި އަމަލީކޮއް ބައިވެރިވާންހުއްޓާ ނަޝީދު އާއި މިހާރުގެ ޑިފެންސު މިނިސްޓަރު މާރިޔާ ހުރިތަނުގެ މަންޒަރު ދުށީން.

  38
 10. ޓަވަރު

  ހޭބަލިނުވޭ ތަހުގީގުކޮށް ނިމިފައޮތީ؟ ފެބްރުއަރީ 8ގެ ހުޅު ތަހުގީގުކޮސްބަލަ

 11. މޫސަ ސ.ހިތދޫ

  ފެބްރުއަރީ 8ގަ އެންމެބޮޑުގެއްލުމެއް ލިބުނީ އައްޑު އަތޮޅައް ޕޮލިސްޓްރޭނިންގ ސެންޓަރ ރޯކޮއް އަންދާލި އެތަނަކީ މުޅިރާއްޖޭގަހުރި އެންމެއަގުބޮޑު މުއައްސަސާ މިކަންކުރިބަޔަކުވެސްހޯދަންޖެހޭ އަވަހައްތަހުގީގުރަންގޮވާލަން

 12. ޙުސޭނު

  މިކަހަލަ ކަންކަން ބެލުމަކީ ކުރިމަގައް އޮތް ސަލާމަތް ތެރިކަމެއްކަމައް އަޅުގަނޑު ދެގެން ނޫނީ މިކަހަލަ ކަންކަން ތަކުރާރުވުން އެކަށިގެން ވެ

 13. ރައްޔިތުމީހާ

  ފެބްރުއަރީ 8 ގަ އެމްޑީޕީއިން ހިންގި ކަންތައްވެސް ތަހުގީގު ކުރަން ޖެހޭނެ ދެއްތޯ ރައީސް؟

 14. އަ ނގަބެ ވިތް ޔަާއްކަޅޭ

  އެއީތިބޭފުޅާ އަމިއްލަފުޅައް އުޅުއްވި ގޮތެއް ޝަމްސުއްދީނު ރަދުން ގެދަރިފު އުޅޭހެން އުޅުއްވީ ތިބޭފުޅާ ދެއްތޯ . ތިބޭފުޅާ އިސްލާހް ވެއްޖެނަމަ އަޅުގަނޑު ވަރަށް އުފާވާނެ. މަޖިލިސް ކާފަރު ކުރަނީވެސް ތިބޭފުޅާ އިސްލާމްދީނުގެ އިލްމެއް އަހްލާގެއް ނެތް ކުދިންކޮޅެއް ބޮޑު އަގުގައި ގަނެގެން ދެންވެސްއުޅުއްވާ ގޮތެއް އާތް ބިރު ތިބޭފުޅާގެ އަޚް ޝެެޭޚް ޒަކަރިއްޔާ އަރިހަށް އިލްމު އުގެނެން ވަޑައިގަންނަވާ އިމްރޯނު ކަހަލަ މީހުން ކަޑައޭ އެއްފުޅަށް މަިތން ފުމުނު ބަކަރި އަނެއް ފުޅަށްމަތިންވެސް ފުމޭނެ

 15. ފުއާދު

  ކިހިނެއް ތަހުގީގު ކުރާނީ އެކަމުގަ އިސްކޮއްއުޅުނު މީހުން އެތިބީ މިނިސްޓަރު ކަމުގަ

 16. ދޮންބެ

  ފެބް ހަތަކާ ގުޅިގެން އެންމެ ފުރަތަމަ ބަލަން ޖެހޭނީ "ތަޅާނެ ކުދިންކޮޅެއް ހޯދަން" އޭރުގެ ރައީސް މީހާ މިހާރުގެ ޑިފެންސްމިނިސްޓަރާ ކުރެއްވި މަޝްވަރާގެ މައްސަލަ.

 17. ސަލާމަތީބާރު

  ލައިން އޮފް ކޮމާންޑްއެއް ނުގެއްލޭނެ ކޮމާންޑަރ ލައިން އޮފް ލޯ ގެ ތެރޭގައި ހުރިނަމަ.

 18. ހާމަ

  ފެބް 7 އައީ ޤާނޫނާއި ޤަވާއިދާއި ޚިލާފުވުމުން. ފުރަތަމަ އެކަން ބަލައި ތަޙްޤީޤް ކުރަންޖެހޭ.
  އޭގެ ފަހުގައި ފެބް 7.
  އެއައްފަހު ފެބް 8 ގަ ގައުމުގަ ހުޅުޖަހާ އަންދައިލި މައްސަލަ.

 19. ކުޑައަލީ

  ކަލޭ ގެ މައްސަލަ ކޮންދުވަހަކުން ބަލަނީ ކަލެއަކީ މިގައުމަށް އެންމެ ގައްދާރު ވި މީހާ