ރޭސް ޖަހާނެ ހާއްސަ ޓްރެކެއް ނެތި ގައުމީ ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ރޭސިން އެސޯސިއޭޝަނާއި ބެހޭ ގޮތުން މަހްލޫފް މިއަދު ވާހަކަފުޅު ދެއްކެވީ ލަންކާގައި ކުރިއަށްދާ ސައިކަލް ރޭސްއެއްގައި ބައިވެރިވުމަށް ދިވެހި ޒުވާނުންތަކެއް ސަރުކާރުގެ އެހީތެރިކަމަށް އެދުމުން ވެސް ސަރުކާރުން، އަދި ހާއްސަކޮށް މިނިސްޓަރ މަހްލޫފް އެމީހުންނަށް އެހީތެރިނުވިކަން އެމީހުން ހާމަކުރުމުންނެވެ.
ރޭސް ޖަހާ ޒުވާނުންނަށް މިނިސްޓަރު މަހްލޫފް އެއްވެސް އެހީއެއް ވެދީފައި ނުވާތީ ކުރިމަތިވި ފާޑުކިޔުންތަކުން ސަލާމަތް ވާންވެގެން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ކުޅިވަރެއް ވެސް ސަރުކާރުން ނަގާނީ ސީރިއަސްކޮށް ކަމަށެވެ.
"ރޭސިންގް ޓްރެކެއް ނެތި ގައުމީ ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ. ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް، ބޭރުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ކުރިން ނެތް ވަސީލަތްތައް ގާއިމު ކުރަން ޖެހޭ،" މަހްލޫފް ވިދާޅުވިއެވެ.
ރޭސިންގް ޓްރެކެއް ނެތި ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވުމުން ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގައި ސްވިމިން އެސޯސިއޭޝަނެއް ހަދައިގެން މުބާރާތްތަކުގައި ބައިވެރިވަމުން ދަނީ ސްވިމިން ޕޫލެއް ވެސް ނެތިއެވެ. އަދި ވޮލީ އާއި ބާސްކެޓްބޯޅަ ފަދަ މުބާރާތްތަކުގައި ޓީމްތައް ބައިވެރިވަނީ ހުރިހާ ކުޅިވަރެއް ކުޅެން އެންމެ އިންޑޯ ކޯޓެއް އޮވެ ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ޓޭބަލް ޓެނިހާއި، ބެޑްމިންޓަން ފަދަ ކުޅިވަރުތަކުން އައިއޯއައިޖީގައި މެޑަލް ހޯދީ ވެސް އެކަށީގެންވާ ވަސީލަތްތަކެއް ނެތީސް ކަން ވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.
"ސާއިދު ދުވުމުގެ ރޭހަކުން ރާއްޖެ އަށް ރަންމެޑަލް ހޯދައި ދިންއިރު ރާއްޖޭގައި ނެތް ދުވުމުގެ ރޭހެއް ބާއްވާލާނެ ރަނގަޅު ދުވާ ޓްރެކެއް ވެސް." މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.
މިކަންތައްތައް މިހެން ހުރިއިރު ހަމައެކަނި ރޭސިންއަށް ހާއްސަގޮތެއް ބާއްވަން މިނިސްޓަރ މަހްލޫފް ނިންމެވުމަކީ، އަދި އެނިންމެވުމަށް ފަހު ދައްކަވާ ވާހަކަފުޅަކީ ވެސް "ބުއްދި ހަމަނުޖެހޭ ވާހަކައެއް" ކަމަށް މިނިސްޓަރ މަހްލޫފަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ރޭސިން އިވެންޓެއްގައި ބައިވެރިވި ޒުވާނުންތަކަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ނުދޭން މިނިސްޓަރ މަހްލޫފް ނިންމެވިއިރު، ދިވެހި ޒުވާނުން ރާއްޖެ އިން ބޭރުގައި އޮންނަ ރޭސިން އިވެންޓްތަކުގައި ބައިވެރިވާތާ މިހާރު 15 ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ރޭސިންގް ޓްރެކެއް ނެތިގެން ރޭސް ޖަހާ ޒުވާނުންނަށް އެހީތެރިނުވާން ނިންމާފައެއް ނުވެއެވެ.
މީއެއްވެސް އިރެއްގަ ބޯހަމަޖެހޭ ވާހަކަ ދައްކާ މީހެއް ނޫން.
ރާމާމަކުނަކަށް ތަޚުތަކަށް އެރުނީމާ ވާގޮތް މިކަލޭގެ ވަޒީރުކަމުގެ ގޮނޑިއަށްއެރުނީމާ ވެފާއެހުރީ. މީހާ އެހުންނަނީ ނެތްތަނަށްފުއްޕާފައެއްނު.
ބޮޑު ގަމާރެއް
މިސަރުކާރުން ބުއްދިހަމަޖެހޭ އެއްވެސްވާހަކައެއް ދައްކަފާނެކަމަކަށް ގަބޫލެއްނުކުރާނެ
މަގޭ ދޮންމަނިކު ކުޑަކޮއް މޮޔަވާނެ އެސޮރާ ނުބެހޭތި ކުޑަ ގޮތެއް ހުންނާނެ ގިނަފަހަރަށް ދޮގު ހެދޭނީ
ޢެއީ މިސަރުކާރުގެ ގަދަކަން. ދޯ މަހުލޫފޫ
ރާއްޖޭގެ ވަށައިގެން ހުސް ސުވިމިންފޫލް މިއޮތީ އިތުރު ސުވިމިން ފޫލްއެއް ބޭނުން ނުވާނެ
ޜާއްޖެގަ ކޮންމެ ރަށެއްގައި މަގުތަކަކީ ރޭސްޖަހަ ޓުރެކް.
ތި މަހުލޫފުވެސް މިހާރު ސައިޒު އޮޅެނީ..
މީނަ އަނެއްކަާވެސް އިސްލަާހިއްޔާއަށް ފޮނުވަންވީނު
ދެންހަމަ ކ.މާލެތެރޭން ދެތިންމީހަކުގޮސް ގޮސް ތިމަންނަމެން ލަންކާއަށް ޖައްސާލަން އެބަޖެހެއޭ ބުނާއިރަށް ޓެކްސް ފައިސާއިން އެމީހުންގެ ދަތުރާއި ދުއްވާނެ ސައިކަލަށްދާންދެން ހޯދަދޭންވީ؟ މަވެސް ބޭނުން ފުރާންސުގަ އޮންނަ ބައިސްކަލްދުއްވާ މުބާރާތުގަ ބައިސްކަލުގަ ދުއްވާލަން، ހަމަޖައްސަދީ ޓެކްސް ފައިސާއިން.
އެއީކީ އެއްގޮތަކަށްވެސް ހަމަ ނުޖެހޭ ވާހަކަފުޅެއްނޫން އެއީ ވަރަށް ވިސްނުންތެރި ވާހަކަފުޅެއް ސައިކަލް ރޭސް ފަދަ ރޭސް ޖެހުމަކީ ވަރަށް ނުރައްކާތެރިކަމެއް އެކަމަށް ޚާޞަތަނެއް އޮވެގެން މެނުވީ ކުރަން ހޮޔޮވާ ވަރުގެ ކަމެއްނޫން އެފަދަ ކަމެއް ކޮށްގެން ގެއްލުމެއް ވެއްޖެނަމަ ކުރަންޖެހޭ ހިތާމަ ވަރަށް ބޮޑުކަމެއްއެއީ ޢާއްމުން ހަލަނބޮލިވެ އުޅޭ ތަނެއްގައި އެކަހަލަ ތަމްރީންތައް ހެދުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން
ތިޒުވާނުން އަމިއްލައަށް ރޭސްގައި ބައިވެރިވެގެން ވަނައެއް ހޯދައިފިނަމަ މިހަޔާތް ކުޑަ މަހުފޫލު ދާނެ އޭނަ ގެންގުޅޭ ފައުންޑޭޝަން ފުޅި އަންހެނުން ގޮވައިގެން ސެލްފީ ނަގަން... ނެޓު ބޭރުން ޖެހިގެން އެހެން މީހުން ކުރާ މިންނަތް މަސައްކަތުގެ ފޮނިބޯން... މީނާއަށް މިނިސްޓަރުކަން ދިނީވެސް ބޮޑު ގަޅިއެއް!!
އަނެެއްކާވެެސް ރީލޯޑު ހުސްވި ކަމަށް ވާނީ