އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ޕްރީ ކޮންގްރެސް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، މާދަމައިން މާދަމައަށްވެސް މިނިމަމް ވޭޖް ކަނޑަނޭޅެނީ ކީއްވެތީ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ސަރުކާރުން ބަލަން ބޭނުންވާ ކަންކަމާއި ދިރާސާ ކުރަންޖެހޭ ކަންކަން ހުރުމުން، އެކަމަށް ވަގުތު ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިނިމަމް ވޭޖް ކަޑައަޅަން ޖެހެނީ ޖެހެނީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ފުރުސަތުތަކަށްވެސް އެންމެ ރަނގަޅަށް ކަމަށާއި، އެކަން އެގޮތަށް ނުކުރެވިއްޖެނަމަ އެކަމުން ނުބައި އަސަރެއް ކޮށްފާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ އެހެން ވެސް އިނގޭތޯ؟ އެހެން ނަމަވެސް އެއީ މުޅި ދިވެހިރާއްޖޭގެ އިގުތިސޯދަށާއި އަދި ހަމަ ވަޒީފާގެ ފުރުސަތުތަކަށް ވެސް އެންމެ ރަނގަޅުގޮތަށް އެކަން ނުކުރެވިއްޖެއްޔާ ވަޒީފާގެ ފުރުސަތުތަކަށް ވެސް ނުބައި އަސަރެއް ވެސް ކޮށްފާނެ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ފަންނީ ލަފާދިނުމާއި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ދިރާސާތަކުގައި އެހީތެރިވެ ދިނުމަށް ސިނާޔަތްތައް ތަމްސީލް ކުރާ ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެ ބޯޑުން މިހާރު ކުރިއަށް ގެންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކިއެކި މުއައްސަސަތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބެންހުރި މައުލޫމާތުތައް އެއްކުރުމެވެ.

ދިވެހި ރާއްޖޭގައި އެންމެ ކުޑަކޮށް ދެވޭނެ މުސާރަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނޑޮސް ރިޒޯޓް

    ނުކުރެވޭނެ ތިޔަ ކަމެއް...ރިޒޯޓް މުވައްޒަފުންގެ ވޯޓް ކަލޭމެން ހަނދާން ނައްތާލާ ދެން. މި ސަރުކާރު އައި ފަހުން އާދަޔާއި ހިލާފަށް ދިވެހިން ވަކިކޮށް، ބޭރު މީހުންނަށް ވަޒީފާ ދީފި.

    16
  2. އަހުމަދު

    ހަަފުތާ އަކު ގޮަތަކަށް އަންނަ ހަފުތާ ގައި ބުނާނެ އަންނަ އަހަރު މެދުތެރޭގައޭ ޖެހިގެން އަންނަ ހަފުތާގައި ބުނާނެ އަންނަ އަހަރު ނިމުމުގެ ކުރިންނޭ އަންނަ އަހަރު ފެށުނީމާ ބުނާނެ ބޭރުގެ ތަޖުރިބާ ކާރުން ގެނެސްގެންނޭ.... ހެ ހެ.... ތިޔަ އީ ކުރަން ފަސޭހަ ކަމެއް ނޫން ނުވެސް ކުރެވޭނެ..... ބޮޑެތި ކުންފުނިތަކުން މުސާރަ އޭ ކިޔާފައި އަންގަޑިއިރު ނުވަތަ 10 ގަޑިއިރު މަސައްކަތް ކުރުވާފައިދެނީ 4000 ނުވަތަ 5000 ސަރވިސް ޗާރޖް ވެސް ދެނީ ކީ ނޫން އެކަމު ބޭރު މީހަކަށް އެއަށް ވުރެ ބޮޑު ހިނގާ ޚަރަދު.....

    12
  3. ހަމާޒް

    އަންނަ އަހަރު ކުރީކޮޅު ރާއްޖެއާއި މުޅި ދުނިޔެ އިގުތިސޯދީ ރިސެޝަނަކައް ވެއްޓޭއިރު މިނިމަމް ވޭޖު ދީދީ ވިޔަފާރިތަކެއް ނުތިބޭނެ.. ވިޔަފާރިތަކުން މިނިމަމްވޭޖުގެ ބަދަލުގައި ގިނަ އަދަދެއްގެ މުއައްޒަފުން ވަކިިކުރާނެ. އެއީ ބޭނުންވެގެންނެއް ނޫން..އެއީ ވިޔަފާރި ދަށްވެގެނއ މުސާރަތަށް ނުދެވޭނެތީ. މިކަމައް އަޅަންޖެހޭ ފިޔަވަޅަކީ ސަރުކާރުނަ ފިސްކަލް އެކުސްޕޭންޝަން ޕޮލިސީ ހިންގައި ގިން ޕިރޮޖެކްޓުތައް އިއުލާންކޮއް ޕުރައިވެޓްވިޔަފާރިތަކައް ޕުރޮޖެކްޓުދިނުން. ނުވަތަ ވިޔަފާރި އިތުރުވާނެގޮތް ހެދުން. މިސަރުކާރުން މި އަމާޒައް މިހާތަނައް އެއްކަމެއްވެސް ކޮއްފަކާއެއް ނެތް.

    2
    1