ދީނާ ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް މާލޭގައި ވިއްކަމުން ދަނިކޮށް ހުއްޓުވައިފިއެވެ.
މިކަމާއި ގުޅިގެން ކަސްޓަމްސް އިން ވިދާޅުވީ، އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތަކެއް ހުރި ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފައިވާ ކަމަށެވެ.
މި ފޮތްތައް ވިއްކަމުން ދިޔައީ މާލޭ ފިހާރައަކުންނެވެ. އެނގިފައިވާގޮތުގައި އެ ފިހާރައިން، ދީނާއި ޚިލާފު 100 އަށްވުރެ ގިނަ ފޮތް ވަނީ އަތުލައިގެންފައެވެ.
މި ފޮތްތައް ވިއްކަމުން ދަނިކޮށް ފޮތްތައް އަތުލައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.
ނަމަވެސް އެ ފިހާރައިން ވިއްކާފައި ވަނީ މިފަދަ ކިތަށް ފޮތްކަމެއް އެނގިފައެއް ނުވެއެވެ. އަދި އެފިހާރަ އާއި ބެހޭ މައުލޫމާތެއްވެސް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި ދީން އޮޅުވާލައި، އެހެން ދީންތައް ފެތުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައި ވެއެވެ. ނަމަވެސް މިއީ ފާޅުކަން ބޮޑު ގޮތެއްގައި ދީނާއި ޚިލާފު ފޮތްތަކެއް މާލޭގެ އާންމު ފިހާރައެއްގައި ވިއްކަން ބެހެއްޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ފިހާރަ ބޯއިކަޓް
ބޮއިކޮޓް ކޮށްފިން
ޢެހެންވެ މިކިޔަނީ ލާދީނީ ސަރުކAރެކޭ
ޖަޒީރާ ވަނީ އެޖެންޑާ ވަނީ
ބަލަ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އެހެން ދީނެއް. ޢެމްޑީޕީ އޭ ކިޔާ ދައްޖާލު ބައިގަނޑުން ކުރާ ކަންތައް. މުޅި ޤައުމަށް ބަދު ނަސީބާއި، ހިތާމަ
ޝައިޚް އިލްޔާސް އެބަ އޮތް ނިދިކުރައްވާފައި!
ޝައިޚް އިލްޔާސް އެކަނިތޯ މި ގައުމުގަ ރަގަޅު މީހަކަށް އުޅުއްވަނީ؟ އަޅުގަނޑު އަކީ ޝައިޚް އިލްޔާސް އެއް ނޫނެތް ކަމަކު ކަސްޓަމްސް އިން ތިފޮތްތަށް ނެންގެވި ކަމަށްޓަކާ ޝުކުރު އަދާ ކުރަން
ލާދީނީ ސަރުކާރު
ކޮންފިހާރައެއްތަ؟ ފިހާރަ ހުއްދަބާތިލުކޮށް ބޮޑުކޮށްޖޫރިމަނާކުރަންޖެހޭ، ފިހާރައިގެނަންވެސް ހާމަުރަންޖެހޭ
އަޑިންދާ 19 ގެ ފޮތްލިސްޓް އެވިއްކަނީ
ޢެޖންޑާ19 ދީނީމިނިވަންކަމާއި ހަަމަަހަމަކަން ލަދުކުޑަ ހެއްދެވިފަރާތަށް ބިރުނުގަންނަ ލާދީނީ ބަޔަކަށް ވރިކންދިނީމަ ވާނެހައެތި ތިވަނީ ދެންވޯޓުލީމީހުން އަތްޖަހަމުން ދުވެނަށާ ކަމަކަށް ފަހުކަމެއް އެގޭދޯ މޑޕ އަހަރެމެންގެ އިސްލާމްދީނަށް މަލާމާތްކޮއް ފުރައްސާރަ ކުރާބައެއްކަން..އެކަންތައް ބޭނުންވަބަޔަކު ވޯޓުދިނީ އެކަންކުރަން..ދެންއަތްޖަހާ ބާރަށްއަތްޖަހާ
އަނެއްދިވެހިރާއްޖޭގަ މިޒާތު ކަންކަން ވާނެ މިކަހަލަ ކަންކަމަށް ހިތްވަރުދޭ ކުދިން މިއީ ރަގަޅު ކަންކަން ކަމަށް ބުނެ އިރުކޮޅަކުން ކަރުން ހަތްނާރު ނަގާ ވަކާލާތު ކުރަންފަށާނެ ކިހާދެރަކަމެއް
މިހެންވެ ޔާމިން މި ހިންދު ކަރަޔާ ދުރައްދާން އުޅުނީ މިހިންދޫން ކާރިކުރި ވަރަކައް މިފަދަ ކަންތައް ދާނީ ތިލަވަމުން ހުޅުމާލެ ގައި ކާރުވެސް ދުއްވަނީ އިންޑިއާ ރަޖިސްޓުރީ ނަމްބަރު ބޯރޑުވެސް ޖަހާގެން މިފަދަ ގިނަ ކަން ތައްދާނީ ތިލަވަމުން މިއިން ދޭހަވަނީ ގައުމުގެ ދާޙިލީ ކަންކަން ނުބެލިދާކަން .
ޢެ ފިހާރަ އަކީ މޑޕ ގެ ބޮޑަކާ ގުޅުން ހުރި ިފހާރައެއް ސޯލިހުގެ ތިމާގެ މީހަކު ފޮތްތައް ޗާޕް ކުރަން ޚަރަދުކުރީ ކިތަންމެ ވަރަކައް ސިއްރު ކުރިއަސް ތިއީ ކޮނަބަޔަކު ކުރާ ކަމެއް ކަވެސް އެނގޭ މިސަރިކާރަކައް ނުކެރޭނެ އެބަޔަކައް އަދަބުދޭކަށް މީ ވ ވާހަކަ!!!!!!!!!
ކަލޯ މާލިމީ. ކަލެއައްވެސް ނުކެރުނެއްނުން އެފިހާރައިގެ ނަންހާމަކުރަން. އިބޫއާއި ކަލޭގެ ތަފާތަކީ ކޮބާ؟
އެޖެންޑާ 19 ގެ ދީނީވަހުދަތު އަދި އިބޫގެ ދީނީ ސިޔާސަތު.
ރަސޫލާ ދުޢާދެންނެވިފަދަ ބޭފުޅެއްގެ ވެރިކަމެއް.
ސޭކް އިލްޔާސާއި މުނާފިޤު އިޔާޒް އާއި ސޭކް އިމްރާނާއި އަދާވަތު ޕާޓީން ދެންއަތްޖަހާފަ ބާރަށް ނަށާލާ. އިސްލާމްދީން ދިވެހިބިމުގަ މިހިރަފަރިވެގެން ނަށަނީ. ބާރަށް އަތްޖަހާ.
ތިފޮތްތައް ވިއްކާފައި ވަނީ މިސަރުކާރުގެ ބޮޑެއްގެ ފިހާރައަކުން. އެކަންކުރީ މިސަރުކާރުގެ ރީނދޫބޮޑުންގެ ރޭވުމުގެތެރެއިން. ބޭނުމަކީ އެހެއްންދީންތަކަށް ދިވެހިން ހާނުވައި އިސްލާމްދީނާއި ދުރުކުރުވުން.
ކަލޭމެން ދީނާ ޚިލާފު ނުވާ ފޮތްތައް ވިއްކަން ފަށަންވީނު. އޭރުން އެނިމުނީނު؟ ކީއްވެ ޖެހިލުންވަނީ؟
ތިޔަ ފޮތް ނެޓުން ޑައުންލޯޑް ނުކުރެވޭނެތަ؟
އެހެން ދީނެއްގެ ފޮތް ކިއުމަކީ އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން. އެހެން ދީންތަކުގެ ފޮތް ކިޔާލީމަ އެގިގެންދާ ކަމަކީ އިސްލާމް ދީނުގެ ފުރިހަމަކަން. އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަމުގައި ގަބޫލުކުރުމަށް އެހެނިހެން ދީންތަކުގައި ކަންކަން އޮންނަގޮތްތަކުގެ ދޯދިޔާކަމާއި އިސްލާމްދީނުގައި އެކަންކަން އޮންނަ ފުރިހަމަކަން ދެނެގަތުމަކީ މުހިންމުކަމެއް.
ސަޅި މިހާރު ފިހާރަތަކުގައި ހުންނަން ފޮތްޔައްމިނަގަނީ ކަސްޓަމްސުއިން. ކޮބާ އިސްލާމިކް މިނިސްޓރީ. ބަންދު ދުވަސްކޮޅެއްބާ؟؟ ތިފިހާރަ ބޮއިކޮޓް ކުރޭ
ކަލޯމެންނަށް ކަންތައް ބޮޑުވީ ފިހާރަކަުން ގެނައިމަދޯ ހެޔުދޯ އިންޓަނެޓުގެ ބޯކޮށް ތިޔަސާމާނު ގޭގަ އުޅޭ އެންމެ ކުޑަ ސޮރުވެސް ކިތަންމެ ވަރަކަށް ބެލިއަސް ދިވެހިންގެ ވިސްނުމަށް މިހުންނަނީ ކިހިނެއް ވެފާތަ
ކޮންމެ މީހަކުވެސް މިބުނަނީ މޑޕ ބޮޑެއް އަދި ސޯލިހުގެ ތިމާގެ މީހެއްގެ ހިއްސާ އޮންނަ ފިހާރައެކޭ.
އެފިހާރައަށް ކިޔާ ނަމެއް ބުނާކަން އެކަކަށްވެސް ނުކެރުނު. ވާނީވެސް އެހެން. ކެނެރީގޭ ބަތާކާގެން ވިއްޔާ އަނބިދަރިން ހަފްތާބަންދައް ސިންގަޕޫރަށް ދަނީ
ތިކަހަލަ ކިތަންމެ ފޮތެއް މި ސަރުކާރު އޮތްހާ ދުވަހަކު ފެންނާނެ، އެއީ އެޖެންޑާ-19 ގެ ކަމެއް. ބަޔަކު ބުންޏެއްނު އިސްލާމްދީން އޮންނާނީ ވަކި މީހަކު ވެރިއަކަށް ހުރެގެންނެއްނޫނޭ، މިހާރު އެހެންވިދާޅުވި ބަޔަކަށް އެނގޭނެ އިސްލާމްދީން އޮންނާނީ ވަކި ބަޔަކު ވެރިކަމުގަ (އެއީ އިސްލާމްދީނަށް ލޯބިކުރާ ވެރިން) ތިބެގެންކަން.
ފިހާރައިގެ ނަން ހާމަ ކުރޭ އިކޮނިމިކް މިނިސްޓްރީ އިން ހިތްވަރެއް ހުރިއްޔާ ފިޔަފާރި ހުއްދަ ބާތިލް ކުރޭ
ވަރުގަދަ އަގީދަާ އެއްގެ މަތީ ބޮޑުވެފައިހުރި ޒުވާނެއްނަމަ ހާޑިންހަމްފަދަ ހާސްމީހުން އަޔަސް ގުޑުވައެއްނުލެވެޭނެ . އެއްއަހަރަާ ފަނަރައަހަރާ ދެމެދު ދޭ ތައުލިިިީމަކީ މުޅިއުމުރުގައި އޭގެ އަސަރު ދެމިހުންނާނެކަމެއް ތައުލީމު ދިނުމުގައި ވިސްނާލައްވާ އިސްލާމް ދިިީން ދެކެ ލޯބިވާން ދަސްކޮށްދެއްވާ
+
ކަސްޓަމްސް އިން ތިފޮތްތަށް ނެންގެވި ކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން.
އިސްލާމް ދީނާ ހިލާފް ފޮތްތައް ރިމޫވް ކޮށްދެއްވާ ނެންގެއްވީތީ މި ސަރުކާރު އަށް އަދި ކަސްޓަމްސް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.