މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފަވާނީ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާލުވީ، ސަރުކާރުން ކުރާ ޑިމޮކްރެސީގެ ދަތުރުގައި މިޤައުމުގެ ޒުވާނުންނަށް ފުރުސަތު ދީގެން، އަންނަން އޮތް ޖީލުތަކުގައި ޤައުމު ހިންގާނެ ޒުވާން ލީޑަރުން އުފައްދައި، ސިޔާސީ މައިދާނުން ޖާގަ ހޯދައިދިނުމަށް ކޮށްފައިވާ މަސައްކަތް މިއަދުގެ ރަސްމިއްޔާތުން ފެނިގެންދާ ކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފަވާނީ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހާ ކިޔަވާ ނިމިގެން، މަތީތަޢުލީމާ ތަމްރީނު ލިބޭނެ މަގަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފަވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން. ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހާ ކިޔަވާ ނިމިގެން، މަތީތަޢުލީމާ ތަމްރީނު ލިބޭނެ މަގަށް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަން ފާހަގަކުރައްވާ، ރައީސް ސޯލިހު ވިދާޅުވީ، ޒުވާނުން ވަޒީފާގެ ބާޒާރަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނިކުތުމަށް މަގުތައް ކޮށާދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޖަލުތަކުގެ އާބާދީގެ %65 އަކީ ޑްރަގް މައްސަލަތަކުގާ ޖަލަށް ލާފައިވާ މީހުން ކަމުގައި ވާއިރު އޭގެތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރީހެބިލިޓޭޝަން ތަޢާރަފްކޮށް، ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހަދައި އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދަންސޫރަ

  ރަގަޅު ވާހަކައެއް ބިރަކާނުލާ ޒިނޭކުރުމާ ރާބުއިމާ ވަށްކަންކުރުމާ މީހުންމެރުމާ މީހުންގެ މުދަލަށް ގެއްލުން ދިނީމަ އަދަބު ނުލިބޭގޮތަށް ސަރުކާރުގެ ސިޔާސަތުތަށް ބަށްޓަން ކުރީމަ މަސައްކަތެއްނުކޮށް ތިބޭ ޒުވާނުންނާ ވަރަށް ގުޅޭނެ ވަރަށް ސަޅި ވާނެ .

  29
 2. އޑޕ

  ބިރަކާނުލާ މަޖާކުރެވޭނެ ހުރިހާޒުވާނުންނަށް އެޖެނޑާ19 ސަޅި

  19
 3. އަނެއް އަންނި

  އިބިރިހިމާ މީހަކު ލިޔެދިނީމަ ގޮސް ޕޯޑިއަމްތަކަށް އަރާ ތިކަހަލަ ދޮގުނަހަދާ ހުރެވޭތޯ ބަލަން ވެއްޖެ ތަންފުކެއް ބޮަޑުވަރު އަހަރުމެންނަށް މިފެންނަނީ ދިވެހިރާއްޖޭގެ ޒުވާނުން މަސްތުވެ ކުރާނެ މަސައްކަތެއްނެތި އާވާރާވެފަ ތިބޭ މަންޒަރު ރާއްޖޭން ބޭރުގެ ބިދޭސީން މިގައުމުގަހުރި ފައިސާކޮޅު އެގޮތްމިގޮތުން ބޭރުކުރާތަން ޒުވާނުން މަސައްކަތްނުކޮށް ތިބެގެން ކައިބޮއެ ހެދޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނީމަ ދެން ވަނީ ކީއްތޯ ބަލަންހުރޭ ވޯޓްގެ ދަހިވެތިކަމުގަ ތިހެން ނަހައްދަވާ

  13
 4. ރައްޔިތުމީހާ

  ހުސްފޮނި ވާހަކަ ދެއްކޭތޯ ބަލާ ކަމެއް ނުކުރެވުނަސް،،، ޒެވާނުން ބިކަކޮށްފި ވެރިކަމައް އައިއްސަ، ވަޒީފާގަ ތިބިކުދިންކޮޅުވެސް ކަޑަނީ ގަވްމް ދަވާލާފި ރައްޔިތުން ބަޑައްޖެހިއްޖެ އަވަހައް އިސްތިއުފާ ދީފަ ރަށައް ދޭ

  17
 5. Anonymous

  މަސްވެރި ކަމުގެބިލް ޒުވާނުން އެދޭގޮތައް ނިންމަވާ ދެއްވާނެ ކަމައް އުންމީދުކުރަމެވެ

  3
  1
 6. ދދދދދދ

  ނޫނެކޭ ތިގޮތެއް ނޫނޭ ބޭނުމީ. ޒުވާނުންނަށް ދެދުނިޔެ ލިބިދެވޭބެ ސިޔާސަތެކޭ ބޭނުމީ. ބިރަކާނުލާ މަޖާ ކުރުން ހުއްދަކުރާނެ ކަމަކުނެތޭ.

 7. ބުރޯ

  ބަލަގަ ސަރުކާރެއް ގެނެވެނީ ގައުމު ގަ ތިބޭ ވަކިބައެއްގެ އުންމީދު ފުރިހަމަ ކުރާކަށެއްނޫން، ތިޔަ ވިދާޅުވި ވާހަކަޔަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ހިލާފު ވާހަކަފުޅެއް. ވެރިކަމަށް މީހަކު މިހޮވަނީ ގައުމު ތަރައްގީ ކުރަން ، ވަކިމީހަކު ވަކި ޖީލެއް ވަކިއާއިލާއެއް ވަކި މީހަކަށް ބަޔަކަށް މަންފާ ހޯދާދޭކަށެއްނޫން .ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު ހޮވަނީ ގާނޫނުތައް ތަންފީޒުކުރުމަށް . ގާނޫނު ތަންފީޒު ކުރުމުގާ ކުލަޔަކަށް ޖިންސަކަށް މުއްސަނދި ފަގީރު ކަމަކަށް އެމީހަކު ނިސްބަތްވާ އާއިލާ އަކަށް ފުރުއްވި މަގާމަކަށް ބެލުމެއްނެތި ހަމަހަމ ކަމާއެކު ތަންފީޒު ކުރަން ކެރެން ވާނެ. އެކަން ނުކުރެއްވޭނަމަ ނުވަތަ ވަކިބައެއްގެ އެޖެންޑާ ހާސިލް ކޮށްދޭން މަޖްބޫރު ކަމެއް އޮތްނަމަ މަގާމް ދޫކޮށްލަން ކެރެންވާނެ

 8. ނޙސނ

  Maa molhu vaahaka dhakkaane kameh nen. Bodethi haradhu kon mathee faas nagaagen thibey kudhinakan mi gaumakun neh vazeefaage furusathen.solih ge campain ga ulhunu meehunaa emeehuge dharinaa emeehuge thimaage meehun sarukaaruge bodethi magaamuthakuga, e heyo athuga ehvex sanadhen nethas, yameege sarukaarah thurr mi sarukaaruge nulafaakan maa bodu,dhoguhadhaa vaudhu olhuvaa vaudhu nufudhaa sarukaaru, nikamethi meehaa nikamethi kuraa sarukaaru, hithigothakan nimigen dhaane

 9. ހުސެން

  ހޮޅި ނިހޮއްލަ، ވޯޓު ބޯ މަތިވީމެއި ޒުވާނުން އަތުން ވޯޓުގަނޑަ އަތިލާ ޖަހަ ކަމީނާ ސަރުކާރު،

 10. ާާާޢަލީ

  ބޮވޭގޮތަށް ހަކުރުފަސޭހައިން ލިބޭގޮތަށް..ހާދަރަނގަޅޭ

 11. ކަހަނބު ވިތު ކުރީ ސަރުކާރު

  ޒުވާނުން ހަމައިން ނަށްޓުވާފަ ކުލަބު ކުދިން އުޅޭގޮތަށްތަ އުޅެންޖެހެނިީ ބޮޑުކަމެއްނު

 12. ކކކކ

  އެއީ ބިރަކާނުލާ އަންބަރާ ކުރުން