މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން އަށް ވީގޮތެއް ނޭނގި ގެއްލިފައިވާތާ ފަސް އަހަރުވެފައިވާ ކަމަށާއި، އެހެންކަމުން އޭނާއަށް ވީގޮތެއް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ، "ގެއްލުވާލާފައިވާ މީހުންގެ" ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާލުވީ، ރިޟްވާން ގެއްލިގެން އޭނާ ހޯދަމުންދާތާ ފަސް އަހަރު ވެފައިވާއިރު، އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާތާވެސް ފަސް އަހަރު ވެއްޖެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެދެނީ ރިޟްވާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ، ރިޟްވާނަށް ވީގޮތެއް ހޯދައި އާއިލާއަށް އިންސާފު ހޯދައިދޭން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރިޟްވާން ގެއްލުނު މައްސަލަ ބަލައި، އޭނާއަސް ވީގޮތެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން ވެރިކަމަށް ވަޑައިގެން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ދަނީ ރިޟްވާނަށް ވީގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުޢޫދި ދާދި ފަހުން ވިދާޅުވެފައި ވަނީ، ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި ނިރުބަވެރިން (ޓެރެރިސްޓުން) ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެމީހުންނަށް ދަޢުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޟްވާން ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެންމެ ފަހުން އޭނާ ފެނިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ-މާލެ ފެރީން ހުޅުމާލެއަށް ފައިބަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަންސޫރަ

    ކޮބާ؟ ރިލުވާންގެ އާއިލާ އިންށާފް ލިބޭތަ؟ އެމްޑީޕީ ވެރިކަމަށް އެރީމަ ޕީޕީއެމް ވެރިކަމުގަ ރިލުވާންގެ އާއިލާއިން ނިކުންނާނެ ދެދުވަހުން އެއްދުވަހު ރިލުވާން ބޮބާހޭކިޔާ މަގުމަށްޗަށް ބޯޑުތަށް ހިފައިގެން އެވެސްކުރި ކެންޕެއިނެއްދޯ

    16
  2. ދަންސޫރަ

    އެއީކޮންބައެއް މިހާރު ކުރަންޖެހޭކަމެއް ޕީޕީއެމް ތަ؟ އެކަންކުރަންޖެހެނީ ވެރިކަން ނުލިބޭއިރުގޮވި ރިލުވާން ހޯދަނަމެ

    13
  3. އުގޫފާރު މީހާ

    އޭ ތިހިރަ ހަތްބޯރާސްސާ. ޑރ. އަފުރާޝިމުގެ އިންސާފު ހޯދައިދިނުން ކޮބާ؟ ގާތިނުންނަކަށް އިންސާފެއް ހޯދައި ނުދެވޭނެ ވިއްޔާ.

    14
  4. ޢަދުރޭ

    ހަމައެކަނި ބުނެލާ ބުނެލުމެއް މިއަޑު އިވެނީ ފަސްއަހަރު ވެގެން ދި

  5. ޢަދުރޭ

    ޙަމައެކަނި ބުނެލާ ބުނެލުމެއް މި އަޑު އިވެނީ ފަސްއަހަރު ވެގެން ދިޔައިރުވެސް ޢަމަލީ ގޮތުން ކުރެވުނު ކަންތައ

  6. ބުރޯ

    ބަލަގަ ނަސީދު ކިޔައިދޭންވީނު އޭނަޔަށް ވީގޮތް ، އައރިސްޓައިމުންނާ މިނިވަންނޫހުގާ ޖެހި މަނިކުފާނުގެ އިންޓަވިޔު މިހާރު މީޑިޔާ އިން ނަގާފައިވާސަބަބު ، އައިސްޓައިމް ކުއްވެރިކޮށް މަނިކުފާު ނެރުއްވި ނޫސްބަޔާން. އަޅުގަނޑު ގެ ފޯނުން އެއިންޓަވިޔު ޓްވިޓާގަ އަޕްލޯޑް ކުރިން. ފުރަތަމަ އިންޓަވިޔު މިހާރުވެސް އެބަހުރި ދެވަނަ އިންޓަވިޔު މީޑިޔާ އިންނެގި ސަބަބަކީ ކޮބާ ؟

  7. އަބޯ

    ރިޒްވާނަށް ހެދިގޮތަކާ އެހެން ހަދަންޖެހުނު ސަބަބު ނަސީދު ކިޔާދޭންވީއެއްނު. ބައިވެރިންނޭކިޔަނީ މަނިކުފާނުގެ ބޮޑީގާޑު އެކާރު ދުއްވާމީހާއާ އެކާރުގެ ވެރިމީހާ އެެމީހުންނާ ރިޒްވާނާ ގުޅުމެއްވޭތަ ؟

  8. ޢބްދުﷲ

    ކޮބާ ޝައިޚް އަފަރާސީމް ގެ މަރުގެ ވާހަކަ؟

  9. އެންދެރި

    ދީނައް ފުރައްސާރަ ކުރާ މީހުން ބަހައްޓަން ޖެހެނީ ޖަލު ކުޑަ ގޮޅީގައެވެ.

  10. އޯތިނޭޓިވް

    ކަޅޯ ބުރާންޗާ ކަލެއަށް ކޮން އިންސާފެއް ހޯދަދެވޭނީ