މިއަހަރުގެ ދައުލަތުގެ ދަރަނި ބޮޑުވެފައި ވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މިއަހަރު ދައުލަތުގެ ދަރަނި 4.99 ބިލިއަން ރުފިޔާއަށް އަރާފައި ވީނަމަވެސް، އޭގެތެރެއިން މި ސަރުކާރުން ޒިންމާވާން ޖެހެނީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންކަމުން މި އަހަރުގެ ދަރަނީގެ ބޮޑު ބަޔަކީ ކުރީ ސަރުކާރުގެ ސަބަބުން އިތުރުވެފައިވާ ދަރަނި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަންޏަށް 4.99 ބިލިއަން ރުފިޔާ އަރާއިރު، އޭގެތެރެއިން 3.7 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި ކަމަށާއި، 1.19 ރުފިޔާއަކީ އެތެރޭގެ ދަރަނި ކަމަށެވެ. އަދި ދަރަނީގެ ބޮޑު ބަޔަކީ މިދިޔަ ސަރުކާރުގެ ސަބަބުން އިތުރުވެފައިވާ ބައެއް ކަމަށް ވާއިރު، އެގޮތަށް ދިމާވީ، ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 64.9 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ތަޖުރިބާ

  ސަރުކާރު ހިންގައް ނޭއްގެއްޔާ ދަރަނި ބޮޑުވާނެ.

  98
  1
 2. އަޅުގަނޑު

  ކުރީ ސަރުކާރު.. ކުރީ ސަރުކާރު.. އަންބާ އެއްތަ.. ކަންތައްތައް ކަުނުދާތި އެރުވީ ރަނގަޅު ކުރާށޭ.. އަދިވެސް ތިޔަ އުޅެނީ ވެރިކަން ނުލިބޭ އިރު އުޅެ ގޮތަށޭ

  95
  1
 3. ޢަލީ

  ކިހާ ވަރުގަދަކަމެއް؟ ތިނޫންވަރެއްނުވިއެއްނު. ބަލަ ކުރިންވެސް ވެރިކަންކުރި ބަޔަކު ކުރީސަރުކާރޭ ކިޔަކިޔާ ތިބީކީއެއްނު، ކުރިއަށްދިޔައީ، ދެން ކޮން ވާހގަކައެއް ދައްކާކަށް، ކަންކުރަން ރާވާން ނޭނގެނީއޭ ބުނެ އިސްތިއުފާދިނީމަ ނިމުނީއެއްނު.

  96
  1
 4. ޞިރާޠު

  ރިޔާސީއިންތިޚާބަށް ރިޝްވަތުބެހުމަށް ފައްޅިތަކުންނާ ޗާޗުތަކުންނާ ޔަހޫދީ ޖަމާޢަތްތަކުން އެތަކެއް ބިލިޔނުން ނެގީ ސަރުކާރު ލިބިއްޖެނަމަ އެފައިސާ އަނބުރާދީ ނުވަތަ އެފަރާތްތަކުގެ ލާދީނީ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖެ ހިންގަން ވަޢުދުވެގެންނެވެ. އިދިކޮޅުގެ އަނގަތަކާހުރެ ގިނަ ސިޔާސަތުތައް ނުހިންގި އެފަރާތްތަކުން ފައިސާ އަނބުރާ ދައްކަން ޕްރެޝަރ ކުރާތީ ތިތިބަ ތެޅި މަރުވަނީއެވެ. ކަމެއް ކުރަން ނޭނގި ޢަމުދަނީ ދަށްވެ ދަރަނި ބޮޑުވީވަރަކަށް އެއީ އަހައްމާގެ ސަބަބުން ވާކަމެކޭ ބުނެލާފަ ހިންދެމިލާގެން ރެކިގެން ތިބެވޭނޭކަމަށް ހީކުރަނީހެއްޔެވެ؟ ނުކިޔަވާއި ހުރި ކައްޕިއެއް ހުންގާނަށް އަރުވާގެންދުއްވާ އުޅަދެއްގެ ވަކި މިޞްރާބެއް ނޯންނާނެއެވެ. މިކަން ފޮރުވުމަށް ބޭކާރު އަނގަ ނުތެޅުން ބުއްދި ވެރިއެވެ.

  80
  1
 5. ކުރީގެ

  ކުރީ ސަރުކާރް .. ކުރީ ސަރްކާރް.. ކުރީ ސަރްކާރް... ކުރީ ސަރްކާރް...

  81
 6. Anonymous

  ކޮސްގޮވާފަވެސް ކުރީސަރުކާރުގެބޮލަށް ތިވާސަރުކާރެއް

  78
  1
 7. އޮނު

  މި 5 އަހަރުތެރޭ މިނޫން އަޑެއް އިވޭނެބާ. އަބްދުވެސް އިވެނީ ކުރީސަރުކާރާހެދި.
  މިސަރުކާރުން އެއްވެސް މަސައްކަތެއްނުކޮށް އަހަރު މެދަށް ނުދަނީސް 32 މިލިއަންރުފިޔާ ދަވައިލީ ކުރީސަރުކާރާހެދި.
  ދައުލަތުގެ ރިޒާވުން އަހަރުގެ ފުރަތަމަ 4 މަސްތެރޭ ހަތްޕަސެންޓް މަދުވީ ކުރީސަރުކާރާހެދި.
  ފަށައިފަ ހުރި ޕްރޮޖެކްޓްތައް ހުއްޓުވައިފަ ވަނީވެސް ކުރީސަރުކާރާހެދި.
  އަނބިމީހާވަރިކޮށްފަވެސް ބުނާނެ ކުރީސަރުކާރާހެދިކަމަށް.
  ޔާމީންވެސް ވެރިކަމެއްކޮށްފައެދިޔައީ ފަސްއަހަރުގެ ޓާމެއްގަ.
  އޭގެކުރިން އަންނި ވެރިކަމަށް އައިސް ކުރީސަރުކާރާހެދި ކަމެއްނުކުރެވެޔޭ ކިޔައި ގައުމު ބަނޑުއަޅައިގެން ދިޔައީ. އެހެނަސް ޔާމީން ވެރިކަމަށް އައިސް ކުރީ ސަރުކާރެކޭ ނުކިޔާ ގައުމު ހިންގޭތޯ އުޅުނީ. މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، ޑޮލަރު އަލުން ކޮންޓްރޯލްކޮށް ފަސޭހައިން ލިބޭގޮތްހަދައި، ބޭރަށް ވިއްކައިލި ހަރުމުދާއަލުންހޯދައި، ބްރިޖާއި 25 ބުރީގެ ހޮސްޕިޓަލާއި ދެވަނަ ހުޅުމާލެއާއި އެއަރޕޯޓްތަކާއި، އައްޑޫ ކުޅުދުއްފުށި ލާމުގަން، ހުވަދުއަތޮޅު ފަދަތަންތަނުގަ މަގުހަދާ ގާއަތުރައި، ބޮޑެތި ބަނދަރުތައްހަދައި ޕާރކްތައްހަދަމުންދިޔައީ އަތުނުޖެހޭނެ ސްޕީޑެއްގައި. މިކަންކަންފެނި އެމްޑީޕީއިން ދެންގޮތްހުސްވެ ގޮވަންފެށީ ތިޖޫރިއިންތާ ވަޅުގަނޑުވެސްނެތޭ.
  މިހާރު ތިޖޫރިވެސް ވަޅުގަނޑުވެސް އެމްޑީޕީ ވެރިކަމުގަ އެބައިން. އެހެނަސް ރައްޔިތުންނަށް ކަމެއްކޮށްނުދީ ކުލިތައް ތަޢާރަފްކޮށް ބޮޑުކުރަމުން ދާއިރު ދަޢުލަތުގަ ނެތް ލޯލާރިއެއްވެސް. ޜިޒާވްވެސް ކައިހުސްކޮށް އިންޑިޔާއަށް ރާއްޖެ ވިއްކައި 400 މިލިއަންގެ ލޯނެއްނަގައި އެވެސް ކައިހުސްކޮށްފި.
  ދެންތިބެގެން ކިޔަނީ ކުރީސަރުކާރޭ. ރައްޔިތުންތިބޭނެ އަތްޖަހަން. މި ޔަހޫދިއްޔަ ފިތުނައިގެ މުނާފިޤު ދޮގުހަދާ އޮޅުވައިލާ ބައިގަނޑަށް ވެރިކަން ހޯދުމަށް ވޯޓުދިން ގަޅި ތާވަޅުން ދެންތިބޭ ބާރަށް އަތްޖަހަން.

  64
  1
 8. ގަޅިބެ

  މަގޭ އަނބިމީހާ މަކައިރިން ވަރިވެގެން ދިޔައީ ކުރީ ސަރުކާރާހެދި.

  55
  2
 9. އުނބު އާދަނު

  ރައްޔިތުން ނުކުމެ ވާނޮޅީގައިހިފައި ހޫރާނުލަނީސް އިސްތިޢުފާދީފަ ބެޗޭތޯ ބަލާ! މަސް ކިރުވެނީއެއްނޫން! ކިރުވާ ކުޑަ މަސްކޮޅަށް ރުފިޔާ ދެނީކީ ނޫން! އައިސް ދެނީ ކިޔުގައި ޖެހިގެން ދޯންޏަކަށް 500 ކިލޯ! ޞިއްޙީ މަރުކަޒުގައި ޑޮކްޓަރަކުނެތް! ބޭސްފިހާރާގައި ބޭހެއް ނެތް! މުދަލުގެ އަގު އިންތިހާއަށް ބޮޑު! ރާއްޖޭގެ ތަރައްޤީއަށް ކަމެއް ކުރަނީކީ ނޫން! 32 ބިލިޔަން ރުފިޔާ ކައި ހުސްކޮށް އަލުން 1.3 ބިލިޔަން ތިތިބަ ނަގައިގެން ކަނީ! ކުންފުނިތައް ދަނީ އިނދަޖެހެމުން. މިވަރުވާއިރުވެސް ހަމަ ކުރީ ސަރުކާރު ކުރީ ސަރުކާރު ؟؟؟؟

  60
  1
 10. މިަ

  ގާބިލް ކަން ނެތީމަ ދައްކާ ކޮސް ވާހަކަ 100ދުވަސް އަދި ވެސް ހަމަ ނުވަނީތޯ

  57
  1
 11. ތަކުރު

  ހާދަރީތި ލަވައެކޭދޯތީ. ތިހެންކިޔާލަ ކިޔާލަ ތިއްބާ ފަސް އަހަރު ނިމިގެންދާނީ.

  53
  1
 12. ައަންހެންމަންޖެ

  ހަހަހަށްހާ

  39
 13. އެޅަބެއްޔާ

  މުޅިންވެސް ކުރީސަރުކާރު ހާރާމޭ ކަމެއް ކިރަން އެނގޭނަމަ ހައްތަހާވެސް ކުރީސަރުކާރު އިސްތިއުފާ ދީފަ ގެއައްދޭބަލަ ކޮސްނުގޮވާ.

  54
  1
 14. ޕލ

  ތިކަން ނޭނގިތަ ވެރިކަމަށް އެރީ؟ ކުރީ ސަރުކާރުން ހުރީ ތިޔަ ކުދިން ވެރިކަމަށް އަރާނެކަމަށް ރުކަށް އަރައި ކުރުނބާ އަޅައިދީފަ އެ ކަނޑައި ހޮޅިއެއްލާފަ ކުރުނބާފެން ބޯންދޭން ތައްޔާރުކޮށްދީފަ ކަމަށްތަ ހީކުރީ؟ ވެރިކަމަށް ނާރާއިރު ގައުމު ހިންގާނެ ގޮތް އެހާ ރަގަޅަށް އެނގުނު ބަޔަކު މިހާރު ދެން ނުހިންގިގެން ބަހަނާ ދެއްކީމަ ވަރަށް ހަޑި.

  45
  1
 15. ކުރީސަރުކާރު

  ރާގުލާފަ ކުރީސަރުކާރު ކުރީސަރުކާރު ތިކަންދެން ބައްޔަކައްނުވެއްޖެއްޔާ ކިތަންމެހާވެސްރަނގަޅު މާގިނަވާހަކަނުދައްކާ ހިންގަންނޭންޏާ އިސްތިއުފާދީ

  38
  1
 16. ނަޖްވާ

  ބަލަގަ ކުރީ ކުރީ ސަރުކާރު ކިޔުން ހުއްޓަންވެއްޖެ ނޫންތަ؟ ކައެ މެން ސަރުކާރާ ހަވާލުވީ އެހުރިއިރު ހުރި ގޮތަށް އެކަންކަން ރަނގަޅު ކުރާކަށް ނޫންތަ އަޅެފަހެ!

  36
  1
 17. ހުސޭނުބޭ

  ކަލޭ މާގިނައިން މިހާރު ފޮޑިތަޅަނީވެސް ހަމަ ކުރީގެ ސަރުކާރާހެދިތަ؟

  23
 18. ވަރަށްމީރު

  ޔާމީން ވެރިކަމަށް އެރިއިރުވެސް އޮތް ކުރީ ސަރުކާރުތަކުގެ ދަރަނި. އެކަމު އެހެންނޭ ކިޔާފަ ރޮއިފަ ރަޖާލައިގެން ދެފައިދަމާފަ ގޭގަ އޮވެ، ތިގޮތަށް ދެއިރު ކާ ބޭހެއްހެން ކުރީ ސަރުކާރުގެ ދަރަނިތަކުގެ ވާހަކަ އަބަދު ދެއްކި ތަނެއް ނުފެނޭ. އެމީހުން އެކަމާ ކަންބޮޑުވެ ގޮތްހުސްވެގެން އެވާހަކަ ދައްކާލަދައްކާލަ ތިބީކީ ނޫން. އެކަމާ ކަމެއްކުރަން ތެދުވެ ގައުމުގައި ފެންނަ ގޮތަށް އެތައް ކަމެއް ކުރީ. ތި މީހުންގެ އެވަރު ހިތްވަރެއް ނެތިއްޔާ އަވަހަށް ވެރިކަމުން ފައިބާ. ތިޔަހާ ޝަކުވާ ބޮޑު ބަޔަކު ވެރިކަމުގަ ބައިތިއްބައިގެން ގައުމަށް ލިބެނީ ވަރަށް ބޮޑު ހުތުރެއް. ދިވެހިންނަކީ ކަމަކާ ޖެހުނީމަ ޝަކުވާކޮށް މައްސަލަތައް ހައްލުކުރަން ނޫޅެ ތިބޭ ބައެއް ކަމަށް ތިޔަ ދައްކަނީ.

  24
 19. ޖ

  މިވަރުތާކުންތާކުނުޖެހޭމީހުންނާއި ސަރުކާރުހަވާލުކޮއްގެން މިއޮއްގެން އަހަރެމެންރައްޔަތުންގެ ދުވަސްދަނީ އަދިވެސް ބަލަންތަ ތިބެންވީ ކުރީސަރުކާރޭ ކުރީސަރުކާރޭ މީބޮޑުބަ...

  24
 20. ާާާޢަލީ

  ކަލޯ ވިހެއީމަ ނޫނީ ބަލިވެއިނީމަ އެކަން އަނބިމީހާބޮލަށް ޖަހާބަލަ ކަލެއޭނަކާރީ ނިދިކަމަށް ގުޅުމެއްނެތް ކަމަށްހަދާބަލަ ގޮސްކޯޓުގަ ނުކެރޭބެ....ލަދުހަޔާތްކޮބާ ކައިކައިފަ ކަމެއްނުވީމަ މީހުންގެބޮލަށް ކާކުބުނެގެންތަ ވެރިކަމަށްއެރީ...މަސްނުބޭނުނީމަ ކަނޑުނުބައިކުރާ...ގަބުޅިކަތީބުންގެ ވައްތަރޭ

  25
 21. ނޮހުހުތި

  ތި ބޭފުޅާ ސީލަނީވެސް ކުރީ ސަރުކާރު އާހެދި ތަ؟

  26
 22. ސިމާ

  ބޯގަޅިން ކަންކަމާ ޙަވާލުވީމާ ވާގޮތޭ. ބޮޑުން ކުޑަޔަށް ތިބީތިކަހަލަ މީހުންނޭ. އެއްއަހަރު ވެގެންދިޔަ އިރުވެސް ސަރުކާރަށް އާމްދަނީ ލިބޭނެ މަގެއްނުހޯދުނު. ޓީބިލް ވިއްކައިގެން ސަރުކާރެއް ނުހިންގޭނެކަމެއްވެސް ނޭގުނު. އެކަމާ ހެދި މިގައުމު އިންޑިއާއަށް ދަރުވާލީ.

 23. ެއެޑްވަޑް ބާމުންޑޭ.

  32 މިލިއަނެއް ނޫން. 32 ބިލިއަން.

 24. ފާސްކުރި

  ކުރީސަރުކާރޭ ނުކިޔުއްވާ ގޯސްކޮށްހުރިކަންތައްރަގަޅުކުރައްވާ ހުރިހާކަމެއް ރަަގަޅުކުރުމަށްއައިސަރުކާރެއް އެއްވެސްކަމެއް ރަގަޅުކުރެއްވުމުގެބަދަލު ގޯހުންގޯހަށްދިއުމުން ކުރީ
  ސަރުކާރޭކިޔުއްވީމަ ކަމެއްރަގަޅުވާނެތޯ ތިކަމުންއެގެނީ އެހެންކަމެއް މިހާތަނަށް ދިވެހިސަރުކާރުގެ
  އެންމެބޮޑު ބަޖެޓުން, ބަޖެޓެއްފާސްކުރައްވާ އެފައިސާތަކަށްވީގޮތެއްނުބުނުއްވާ ކުރައްވާމާގިނަ
  ކަންތައްތަކެއްނުފެނުމުން

 25. ދިިރާސާ

  ހުރިހާކަމެއް ރަގަޅުކުރުމަށްއައިސަރުކާރެއް ކަންކަންގޯސްކަމަށް ބުނުއްވާ ދެއިރުކާބޭހޭއްހެން ކުރީ
  ސަރުކާރޭނުކިޔުއްވާ ކަންކަންރަގަޅުކުރައްވާ ކުރީގެސަރުކާރުތޯގޯހީ ނުވަތަ ތިބޭފުޅުން ކަންކަމަށް
  ކުފޫހަމަނުވަނީތޯ މިހެންވާނަމަ ދުނިޔެއަށްފުރަތަމަނޭވާލާހިނދު ހުންނަގޮތަށް ( އެއްވެސްފޭރާމެއްނުލާ)
  މިކަންވެސް މަންމަގެބޮލުގައަޅުވާފައި ( މަންމަގެބަނޑުން ދުނިތެއަށްއައިގޮތޭކިޔުއްވާފަ ) ހުރެފާނެތޯ؟