ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމުގައި އާއި އެ ހުރިހާ އެންމެނަށް ވަޒީފާ ދީފިނަމަ ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބައެއް އެކްޓިވިސްޓުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، މި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރަނގަޅު، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ކަމެއް އޮންނަން ވާނެ. އެ މީހުން ވެސް ކަމެއްގައި އުޅެން ވާނެ. އެކަމަކު ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ އެއީ ވާނެ ކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 700 ނުވަތަ 800 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށެވެ. އެހެންކަމުން ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށްފަހު، ފެނާއި ތެލާއި ކަރަންޓާއި މަރާމާތަށް ކަނޑާފައި ތަރައްޤީއަށް އޮންނާނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވައި، ރައީސް ނަޝީދު ވިދާޅުވީ، އޭރުން ތަރައްޤީއަށް އެއްޗެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެ ޕާޓީގައި ކުރިން މަސައްކަތްކޮށްފައިވާ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ މި ދަނޑިވަޅުގައި އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، މި ސަރުކާރުން ވެރިކަމަށް އައީ އެންމެންނާއި މެދުވެސް ހަމަހަމަ އުސޫލަކުން ކަން ކުރުމުގެ ވަޢުދާއެކު ކަމަށެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން އެ ޕާޓީގެ "ފްލެގްމޭން"ގެ ގޮތުގައި މަސައްކަތްކުރި މީހަކު އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި މިހާރު އިންނަ ކަމަށް ބުނެ ފޮޓޯތަކެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވެސް ވަނިކޮށެވެ.

މިކަމާއި ގުޅިގެން މިހާރު ޖެންޑާ މިނިސްޓްރީން އޭނާ ހޯދާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އިއްޔެ އެ މިނިސްޓްރީން ވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ޙިއްސާކުރުމަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އޮނުތޫރި

    މިހާރު ކޮންތަރައްޤީއެއްތޯ ކުރެވެނީ. އެހެނަސް ބަޖެޓްގަނެތް އެންމެލޯލާރިއެއްވެސް. ރިޒާވްވެސް ދަވާލައިފި. އިންޑިޔާއަށް ރާއްޖެ ވިއްކާލައި ނެގި 400 މިލިއަންވެސް ދަވާލައިފި. ދެންކޮންތަރައްޤީއެއް ކިޔާކަށް. ނަޝީދު ބުނަންވީ "ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނީމަ މުސާރަވެސް ދޭންޖެހޭނެއޭ، އޭރުން އަހަރެމެން ޕާޓީގެ ބޮޑުންނަށް މިތިބޭ މީހުން ބޭނުންވަރަކަށް ތަޅާބުރުވަން ފައިސާއެއްނުހުންނާނެއޭ. . ޒުވާނުން ބޭނުންވަނީވެސް އެކަންތައްކަމަށް."
    އިމްރާނަށް، އިޔާޒްއަށް އިލްޔާސްއަށް، އަދާލަތަށް، ޤާސިމަށް، މަޢުމޫނަށް ސަލާމް.

    70
    3
  2. އަލީ

    ފައިސާހުރީ ވަކިބަޔަަކަށްދޭން. ގިނައެކްޓިވިސްޓުންނަކީ ދަލުބޭރުން ޖެހިގެން އުޅޭމީހުން. އެމީހުންނަށް ޖެހޭނީ ހަމައެކަނި ބޮޑު މަންޒަރު ދައްކާލަން. އެވަރުން ތިބޭނީ ހައްދާލެވިފަ.

    73
    1
  3. ދޮންބެ

    އާންމު ރައްޔިތުންނަށް ވަކިން ޚާއްސަކޮށް އެމްޑީޕީގެ އާންމު މެމްބަރުންނަށް އަޅުގަނޑުގެ އިލްތިމާސަކީ، މިކަހަލަ ހިޔަޅު މީހުންނަށް އެއްބާރުލުންދީ ބޮޑެތި މަގާމުތަކަށް އައްޔަނު ނުކުރާށޭ. މިކަހަލަ މީހުންގެ އަވައިގަ ޖެހިގެން ގެއްލޭނީ ހަމައެކަނި އާޚިރަތް އެކަންޏެއް ނޫނޭ، ދުނިޔެވެސް ގެއްލޭނެއޭ!!

    67
    2
  4. ބުރޯ

    މަނިކުފާނު ހެއްދެވިގޮތަކީ 3 އަހަރުތެރޭ 16 ބިލިއަންރުފިޔާގެ ޓީބިލް ދަރަނި ނަންގަވާ އެކްޓިވިސްޓުންނަށް ވަޒީފާދީފަ މުސާރައިގެ ގޮތުގާ ބައްސަވަމުންދިއުން .މަގާމްގަ ހުންނަ މީހާއަށްވެސް އޭނަހުރި މަގާމެއްނޭގެ މަސްނިމުމުން ސިޓީއުރައެއްގަ މުސާރަ ލިބޭނެ . މަސައްކަތަކީ ހަރުގެ ފަޅުފިލުވުން.3 އަހަރުވީއިރު ގައުމުގެދަެރަނި 25 ބިލިއަނަށް އަރައިފި އައިއެމްއެފުން ބައްލަވާފަ ވިދާޅވެއްޖެ ގައުމު ބަގުރޫޓްވަނީކަމަށް ދެން މަގާމުން އިސްތިއުފާދެއްވާފަ ވިދާޅުވީ ބަގާވާތެކޭ މިހާރވެސް މިދަނީ އެމިސްރާބަށް މިދާގޮތުންނަމަ 2 އަހަރު ނުވަނީސް ގައުމު ބަގުރޫޓްވާނެ.

    58
    1
  5. ޖަޒީރާދައިތަޓޯޓޯ

    ޖަޒީރާރާއްޖޭގައި މުސާރަދޭކަށް ނުޖެހޭނެ ސާބަހަކާ ބޮޑުޝުކުރިއްޔާ އެއް ދިނީމަ ފުދޭނެ އައްނިބެ އަށް ވަރަށް ވެދުން

    44
    1
  6. ވަކީ

    ޕާޓީން ވަޒީފާ ދޭނީ ވަކި ބަޔަކަށް. އެކަން ނުވިސްނިގެން އުޅޭ އެކްޓިވިސްޓުން މަޑުން ތިބެބަލަ. ހިލޭ ސާބަހަށޭ ތިޔަ އެކްޓިވިސްޓްކަން ކޮށްދެވެނީ. އޭގެ ބަދަލަށް އެއްޗެއް ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަން.

    34
    1
  7. ރައްްޔިތެއް

    ހުރިހާ އެކްޓިސްޓުންނަށް ވަޒީފާ ނުދެވޭނަމަ އައްޑު އަތޮޅުގެ
    ކޮންމެ ރައްޔިތަކަށް މަހަކު -/10،000ރ ގެ އެލަވަންސް
    އެއް ހަމަޖައްސައި ދެއްވާށެވެ. ނަޝީދު ބޮޑު ކުށްވެރިއެއްގެ
    ގޮތުގައި 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަންޖެހި
    ފައި ވަނިކޮށް އެބޮޑު ބަންދުން ސަލާމަތްކޮށްދީ އަދި
    އެއްވެސް ކުށެއްނެތް ހުދު ބޯކިރުކޮޅަށް ނަޝީދަށް ވެވުނީ
    އައްޑޫ ރައްޔިތުންގެ އެއްބާރުލުމާއި ތާއީދު ލިބިގެންނެވެ
    އެހެންވީމާ އެ ދިހަހާސް ރުފިޔާ ދެއްވަންވީ ނަޝީދުގެ
    އަމިއްލަފުޅު އެކައުންޓުންނެވެ ސަރުކާރަކުން ނޫނެވެ މަނިކުފާނަކީ މިފައިސާ ދެވޭވަރުގެ މުއްސަނދިކަމާއި
    ތަނަވަސްކަން އޮތް ބޭފުޅެކެވެ އެހެންކަމުންމިހާރުން މިހާރަށް
    މި އެލަވަންސް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސް
    ކުރަމެވެ.

    39
    5
  8. ޓަޓަސް

    ހޫނނ އަނެއްކާ އަނެއް ވާހަކަ. ވެރިކަމާ ހަވާލުވީތާ އަހަރުވާއިރު އަދި ފެނުނު ތަރައްގީއެއް ނެތް. ނަސީބެއް އެކްޓިވިސްޓުންނަށް ވަޒީފާ ނުދެވެނީ ކުރީސަރުކާރާ ހެދިއޭ ނުބުނިކަން.

    34
    1
  9. އިކްރާމް އަބުދުއްސައްތާރު

    ތިބޭފުޅާ 5 ވަޒީފާ ދޭވަރަށް ލާރި އެބަހުރި...

    ޝަހީމުގެ ކެންޕޭން މެނޭޖަރ އަށް ފައިސާ ދޭން ލާރި އެބަހުރި...

    އައްބާސް އާދިލް ރިޒާ (އެމްޑީޕީ ފުނޑާލަން) އެންމެ ބާރަށް ހަޅޭލެވި ޕީޕީއެމް ކުރިކީލަ ރިޒާ އަށް ފައިސާ ދޭން ލާރި އެބަހުރި.. (މެލޭޭޝިއާ އެންބަސީގަ)

    ކޮން ދޮގެއް ހަދާކަށް... މިހާރު އަހަރުމެންގެ ބޭނުން ކެނޑުނީ ވެރިކަން ލިބުނީމާ..

    ދެން އެގިދާނެތާ.. އަދިވެސް ހަމަ އަހަރުމެންކާރިޔަށް އަންނަ ދުވަސް ކާރި

    33
    1
  10. ހަބީބާ.

    އެހެންވިއްޔާ ގޯތިގަނޑެއްދީބަލަ ހުޅުމާލެއިން

    28
    1
  11. ބުރުގާ

    އޭ ނަޝީދު ކަލޭތީ ހާދަ ނުލަފަ އޭ. ކަލޭ ހާލުގަ ޖަލުތަކު ތޭރިތަކުތެރޭ ކޫއްތެން ތެޅުނުއިރު، ކަލޭގެ މިނިވަންކަމައް ގޮވާލާ މަގުމައްޗައް ނުކުން އެކެއްގެ މަތިންވެސް ހަރާންކޯރު ހަނދާނެއް ނެތް ދޯ، ސާއްލެ. ބަލަ ކަލޭތީ މިހާރުވެސް ކުޑަގޮޅީގަ އިންނަންޖެހޭ އެއްޗެއެކޭ. ސައިޒު ނޯޅިބަލަ .

    33
    1
  12. ކުރީގަ އެމްޑީޕީ މީހެއް

    ރިޔަސީ އިންތިހާބުތެރޭގައި އަހަރެން ކައިރީ އާދޭސްކޮއްގެން އޭރުހުރި ވަޒީފާ (އަމިއްލަ މީހެއްކައިރީ މަހަކު 15000ރ) ގެއްލުނަސް އިބޫ ވެރިކަމަށް ހޮވޭތާ 2 މަސް ނޫނީ 3 މަސްތެރޭ 15000ރ ގެ ސަރުކާރު ވަޒީފާއެއް ހަމަޖައްސަދޭނަމޭ ބުނެގެން އެމްޑީޕީއަށް އުނަގަޑު ބިންދައިގެންދާވަރަށް މަސައްކަތްކޮށް އިބޫ ވެރިކަމަށް ހޮވާދިނީމާ އެއްކަލަ ހަވަރު ތިނަދޫ އެމްޑީޕީ ބޮޑުން ދިންޖަވާބަކީ ކަލޯމެންނަށް ސަރުކާރު ވަޒީފާތަކާ އަރާ އަރަފޯދިގެން ނުވެޔޯ. ކަލޯމެން އެންމެ ރަނަގޅުވާނީ މަހަށް ދިޔުމޯ ބުނީމާ އޭތިކަޑައޭ މިކިޔަނީ. ކަލޯ ނަޝީދުއެވެ. ސަރުކާރު ވަޒީފާ ނުލިބުނަސް އަހަރުންގެ އަތްފައި ހެލެންޏާ ފައިސާ ހޯދާނަމެވެ. މަގޭ މައްސަލައަކީ ވެރިކަމަށް އަންނަންވެގެން ކަލޯމެން ހެދި ދޮގުތަކާއި ވެރިކަމަށް އައުމަށްފަހު ކަލޯމެން އަހަރުމެންނަށް ދިން އަހަރުމެން ލަދުގަންނަވާލުވި ޖަވާބުތަކެވެ. ކަލޯ ނަޝީދުއެވެ. ކަލޯމެން ތިތިބީ ވެރިކަމުގައެވެ. އެކަމަކު ހަވަރު ތިނަދޫއިން ކުރިން ކަލޯމެނަނަށް ފެނުނު ތާއީދު ދެން ފެނިދާނެކަމަށް އުންމީދުވެސް ނުކުރާށެވެ. ކަލޯ ނަޝީދުއެވެ. ބޮޑުން ތިބޭނީ ޓައިއަޅާފަ ގޮނޑީގައެވެ. ހަވަރު ތިނަދޫއަކީ އޭގައި އަރާއޮތްރަށެކެވެ. ހުރިހާ މަސެއްކަތެއް އޯގަނައިޒްކޮށް ކުރިއަށް ގެނަދާނީ ގްރާސްރޫޓުންނެވެ. ހަވަރު ތިނަދޫ ނަން މަޝްހޫރު ބޮޑުގެ ތެރޭގައި ކަންކަން ހިންގާލެވޭނެ ފެންވަރުގެ ބަައެއްނެތެވެ. އެކަމަކު ހުރިހާ ފޮނިކޮޅެއްބޮއެ ވަޒީފާތަށް ލިބުނީވެސް އެމީސްމީހުންމާއި އެމީސްމީހުންގެ އާއިލާގަ ނުކިޔަވާތިބި މީހިންނަށެވެ. ކަލޯ ނަޝީދުއެވެ. ތިނަދޫއިން މިހާދުވަހު ބޮޑުމަންޒަރު ދައްކުވީ އަހަރުމެންނެވެ. ދެން ބޮޑުމަންޒަރު ފެނޭތޯ ބަލަންތިބެމާހިގާށެވެ.

    28
    1
  13. ކކކކ

    ހިތާހިތުގެ ގުޅުމުގަ ވަޒީފާ ނުދިނަސް އޯކޭ ވާނެ.

    24
  14. ޢަދުރޭ

    ކިހާ ހެއްވާ ވާހަކައެއް މީ ؟ ޔާމީނު ވެރިކަމުގައި ސިޔާސީ މަޤާމްތަކަށް ޚަރަދު ކުރި ވަރަށްވުރެ އެތައްގުނައެއް ބޮޑު މި ސަރުކާރުން ޚަރަދުކުރާލެއް .އެކްޒެކެޓިވް ކޯޑިނޭޓަރުން ނަށްވެސް އޭރު އެންމެ ބޮޑުވެގެން ދޭ މުސާރައަކީ ވިހިހާސް މިހާރު އެންމެ އާދައިގެ ސިޔާސީ މަޤާމް އަކަށްވެސް 25 ހާސް . ސަރުކާރު މުވައްޒިިފުންނަށް ދޭންޖެހޭ މުސާރައިގެ ސަބަބުންނެއް ނޫން ބަޖެޓް ހުސްވެގެން އުޅެނީކީ . މަނިކުފާނުގެ ވެރިކަމުގައި ރީކޯ މޫސަގެ ދަނބި ދަރީގެ ކުންފުންޔަށް ރިސޯޓް ހަދަން ދިން ރައްތައް ދީފަ ބުނީ އެގްރީމެންޓްގައި ރަށްތައް އަތުލައިފިއްޔާ ބަދަލު ލިބޭގޮތަށް އެގްރިމެންޓް ލިޔާށެ އޭރުން ތިމަންނަ ދުވަސްކޮޅަކުން ތިތަންތަން އަތުލާފަ ބަދަލުގެ ގޮތުގެ ސަތޭކަވަރަކަށް މިލިއަން ސަރުކާރުގެ ބަޖެޓުން ހޯދަދޭނަމޭ . ނަސީބު ދިމާކުރި ގޮތުން އޭގެ މާ ގިނަ ދުވަހެެއް ނުވަނީސް މީނަގެ ވެރިކަން ވެއްޓުނީ ދެން ވަޙީދު ސަރުކާރުން އެރަށްތައް ނެގީ . ވަޙީދުވެސް ޔާމީނުވެސް އެ އަކަށް ބަދަލެއް ނުދިން ސަބަބަކީ ރިސޯޓް ހަދަން ޚަރަދެއް ކުރިނަމަތާ ބަދަލު ދޭންޖެހޭނީ .ރިސޯޓެއް ހަދަން ވިސްނުން އެއީ ބަދަލު ދޭންޖެހޭ ކަމެއް ނޫނެއްނު .ނަމަވެސް މި ސަރުކާރު ހަމަ އައީ އެއްކަލަ ނަޝީދު ރީކޯ މޫސަގެ ދަނބިދަރި ޖާ ޔަށް ދޫކުރި ރަށްތަކަށް ބަދަލުގެ ގޮތުގައި ތިން ސަތޭކަ ސަތާރަ މިލިއަން ބަދަލުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ދީފި . ފުޅިބޯ ޕާޓީގެ ކިތައް މީހުންނަށް މިގޮތަށް ބަޖެޓުން ބަދަލު ދީފިންތޯ މަނިކުފާނު . ޚުދު ތި ޕާޓީގެ މެދުހެންވޭރު މެމްބަރު ޢަލީ ޢާޒިމް މަޖްލިސް ޖަލްސާގައިވެސް އެވާހަކަ ގޮވާލި . އެއީ އިޚްލާސްތެރިއެއް އެހެންވެ އޭނަ ގޮވާލީ އެވާހަކަ. މަނިކުފާނު ހީ ނުކުރަށްވާތި ދިވެހިންނަކީ ބޮލަށްފިތިފަ ތިބި މުގުރާންތަކެކޭ ..

    ( ޔޫ ކެން ފޫލް ސަމް ޕީޕްލް ސަމްޓައިމް ބަޓް ޔޫ ކާންޓް ފޫލް އޯލް ދަ ޕީޕްލް އޯލް ދަ ޓައިމް . )
    ބައެއް މީހުން ބައެއް ފަހަރު މޮޔަހެއްދި ދާނެ . އަބަދަކު އެންމެންނެއް މޮޔައެއް ނެހެއްދޭނެ.

    20
    1
  15. ހުސޭނުބޭ

    ހަމައާއި އިންސާފު ޤާއިމްކުރަން ބުނި މީހާ އެއްޓިވިޓުސްނާމެދުވެސް ނާއިންސާފާއި އަނިޔާ! އަދި އެހެން މީހުންނާމެދު އަރުވާނެ ވަރު ދެން ވިސްނާލާ!

    19
    1
  16. ހުސެން

    އެކްޓިވިސްޓުންނަކީ ފޮޓޯ ކަނޑަން އެއްކުރާ މީހުން،ބޭރަށް މަންޒަރު ފޮނުވަން ފޮޓޯ ކަނޑަން ތިބި ބަޔެއް އެމްޑީޕީ ގްރާސް ރޫޓަކީ ،ގަސް މަތިން އިފަގަނޑުން ކާން ތިބީ މަތީ ފަޑިގައި ނަޟީދުމެން،ކޮބާ ނިކަން ރީއްޗެއް ނުން އެކްޓިވުސްޓުންނަށް ދިން ޖަވާބު .ހެހެހެހެ،އަދިވެސް ގޭގަ އޮތް ހުނިގޮނޑިއެއްވެސް އޮތިއްޔާމު އެމްޑީޕީ މައްކާރު ވެރިން ދިޔައީމާ ދޭތި،
    އެކްޓިވުސްޓުންނޭ މިފަހަރު ނަޟިދުމެންނަށް ކުރުދޮށިން ބާނުވާލާތި ވޯޓު ހޯދަން އައިސްފިއްޔާމު

    22
    1
  17. ޒީރޯ ޓޮލަރެންސް

    ދިވެހިރާއްޖޭގައި މިހާތަނައް ހުށަހެޅި އެންމެބޮޑު ބަޖެޓް 9 މަސްތެރޭ ފެންފޮދަކާނުލާ ޖައްވައް ފަޒާޔައް ދުއްވާލީ ދެއްތޯ މީ ތިވެރިންގެ ވެރިކަމުގައި ވާނެ ގޮތަކީ ރައްޔިތުން ގެ ހައްގު ކޮބާ

    13
  18. ނަސީދު

    އެކަމަކު އެންމެނައް ބޮނޑިބަތް ބެހޭނުން އެފަކީރު ބޮނޑިބަތްކާއިގެން ހުރެވިދާނުން ކަލޯމެން އެމީހުން ހައްދައިގެ މިއޮއްހުރިހާދުވަހު އުޅުނީ ވެރިކަންލިބުނީމާއެއްލާލީ މަނުބުނާނަން އަދިވެސް ތިމީހާ ތިއެމްޑީޕީ ދިދަހިފައިގެންއުޅޭނެ ނަސީދުބުނެފިއްޔާ ހާދަވަރުގަދަ ފަންޑިތައެކޭ މިކަލޭނގެ ހަދައިގެންމިއުޅެނީ

  19. ނުވެސްޖެހޭނެދޭކަށް!

    ނުވެސްޖެހޭނެދޭކަށް!

    2
    2
  20. އައިމަން

    އެކަމަކު އިބޫ ސޯޅިހުގެ މުޅި އައުލާދުގަނޑާ ނަޝީދުގެ މުޅި އައުލާދު ގަނޑަށް ސަރުކާރާ ކުންފުނިތަކުގެ މަގާމުތައް ދެވިއްޖެއެއްނު؟ އެއިން ކޮންމެ މީހަކަށް 15000 ރުފިޔާއިންމަތީ މުސާރައިގެ އިތުރުން ލިވިންގ އެލަވަންސައްވެސް 12000 ވަރު ދެވެއެއްނު؟ އަނެއްކާވެސް މުޒާހަރާއެއް ނޫނީ އިންތިހާބެއް ކައިރިވީމަ އަހަރުން ފެންނާނެ! ހުރިހާ އަނިޔާއަކާ ކުރިމަތިލީ މީހުން ބާކީކޮށް ބިކަކޮށްލާފަ މިކަން ހަދާން ބަހައްޓާތި އިނގޭ! ދެން ކަމަކު ކިޔާފިނަމަ ކުޅިދައްކާލާނަން! ތި މަގާމުތައް ދިން މީހުން ލައިގެން ކުރިއަށް ގެންދޭ! ކައުންސިލް އިންތިހާބުގަ އިދިކޮޅަށް ނުކުންނަ ހުރިހާ ކެންޑިޑޭޓުން ހޮވަން ވަރަށް ބޮޑަށް މަސައްކަތްކޮށްދޭނަން! ކަލޭމެން ތީ ލަދުހަޔާކުޑަ އަމިއްލަ އެދުމުން ފޯވެފަ ތިބި ބައެއް! އެމްޑީޕީން ވަކިވާން މިހާރުވެސް 8000 މީހުންގެ ފޯމު އެބައޮތް! ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނަން!

  21. އެހެނަ

    ކޮބާ އެމްޑީޕީ އެކްޓިވިސްޓުުން ބޮނޑިބޮވިއްޖެދޯ

  22. ަުޔދފ

    މާރާމާރީ ހިންގަނީ ކުރީސަރުކާރާއިހެދި - ހޯމްމިނިސްޓްރީ.
    މާރާމާރީ މައްސަލަތައް ނުބެލެނީ ކުރީސަރުކާރުގެ ސަބަބުން - ފުލުހުން.
    ވެމްކޯ މުވައްޒަފަކަށް ހަމަލާދިނީ ކުރީ ސަރުކާރުގެ އިހުމާލުން - ވެމްކޯ.
    މާރާމާރީ ނުހުއްޓުވުނީ ކުރީސަރުކާރާހެދި - ރައީސް
    މާރާމާރީ ހުއްޓުވަން ޤާނޫނެއް ނުހެދިގެން މިއުޅެނީ ކުރީސަރުކާރާއިހެދި - މަޖުލިސް.
    މާރާމާރީގައި އަނިޔާލިބޭމީހުންނަށް ރަގަޅު ފަރުވާއެއް ނުދެވެނީ ކުރީ ސަރުކާރާހެދި - ހެލްތުމިނިސްޓްރީ.
    މާރާމާރީ ހިންގާމީހުން ހައްޔަރުކުރާނެ ތަނެއްނުހެދިވަނީ ކުރީ ސަރުކާރާހެދި - ފިނޭންސްމިނިސްޓްރީ.
    މާރާމާރީ ހިންގާމީހުން ފިލަނީ ކުރީސަރުކާރާހެދި - ޖެންޑަރ މިނިސްޓްރީ.
    މާރާމާރީ ހިންގަނީ ކުރީސަރުކާރުން މަގުތައްހަދާފައިހުރިގޮތުން - ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ.
    މިހާރު ކަމަކަށް އޮންނަނީ އެޕިކަޕުން މިޕިކަޕަށް ގޮވާހެން ކުރީސަރުކާރު މިސަރުކާރު.

  23. ޝައުޒާން

    ސަރުކާރުގެ ވަޒީފާތަކަކީ މިވެރިން ބޭނުންބަޔަކައް ބަހާއެއްޗެއްކަން އެންގިޖެއެއްނުން. މީނާގެ މިވާހަކަ ތަހުގީގު ކުރަންޖެހޭ. ސިވިލްސާވިސް އާއި އަދި އެނޫންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކައް މީހުން ނެގެން ޖެހޭގޮތުގެ ގަވާއިދުތައް އެކުލަވާލާފައިވަނީ އެކްސެލެންސް ބޭސިސްގަ ކެންޑިޑޭޓުން އިވެލުއޭޓުކޮއް ވަޒީފާއައް ނެގުމައް. އެއީ ހަމަހަމ ކަމާއި އެކު އިއުލާން ކުރެވި އެއްވެސް ވަޒީފާއަކައް ކުރިމަތިލާ ކެންޑިޑޭޓުންނައް ބޭއިންސާފު ނުވާނޭހެން ކުރަން އޮންނަކަމެއް. ދެން މަޖިލީހުގެ ރައީސް ގެ އަނގައިން މިބުނެވޭ ބަހަކުން ސަރުކާރުން ސަރުކާރުގެ ގާވާއިދުތަކާއި އެއްގޮތައް ނޫންކަން މީހުން ވަޒީފާއައް ނެގުމުގެ ކަންކަން ކުރިއައްގެންދަނީ.. މިއަދު މިއޮތީ ފަޅާއަރާފަ.

  24. ކަމާރު

    ފައިސާ ޗާފު ކުރާ މެސިނެއް ގެނެސްގެންވެސް ޖެހޭނީ އަހަރެމެންނައް ވަޒީފާދޭން. ތިހެން ކިޔާފަ އަހަރެމެންގެ ބުރަ މަސައްކަތުގެ ފޮނިބޯކައް ކަލޭމެންނައް ތިބޭކައް ލާހިކެއްނޫން.. ކެޔޮގަނޑެއް ކަނޑާވައްޓާހެން ވައްޓާލާނަން.. އަދި އެބަބުނެއެއްނުން ވަޒީފާއެއް ނެތޭ ދެވޭކައް..

  25. ކާރިމް

    ތި ވެރިކަން ވޯޓް ދެވުނު ދެވުމަކީ މޮޔަ ކޮސް ކަމެއްކަން މިހާރު އިގިއްޖެ

  26. އައްޔަ

    އެކްޓިވިސްތުން އެހަރަކާތްތަކުގަ އުނެނީ ވެރިކަމަށް އާދެވުމުން ދައުލަތުން އެމީހުންނަށް ބައި އަޅާގޮތައް އެދިގެން ކަމަށް ވަންޏާ ތިޕާޓީ ނިޒާމްގެ ސަބަބުން ރައްޔަތު މީހާއަށް އޮތީ ވަރަށްވެސް ގެއްލުން. އަދި ރައްޔަތުންގެ މުދާ އެއްވސް އިންސާފެއްނެތި ބޭނުންހާ މީހަކަށް ދިނުން އެއީ ކޮންކަމެއްތޯ