މަސްތުވާތަކެއްޗާއެކު ފިލްމީ ތަރި، މަލީހާ ވަހީދު (މަލް) ހައްޔަރުކުރި އޮޕަރޭޝަނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން "މާބޮޑު އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށް ވިދާޅުވެ އެ އޮޕަރޭޝަނަށް ނަޝީދު ފާޑުވިދާޅުވީ އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދު ވިދާޅުވީ، މަހިބަދޫ ފުލުހުންނާއި މާމިގިލީ ފުލުސް ސްޓޭޝަނުން އެރަށަށް ދިޔަ ޒުވާން އަންހެން ފިލްމުސްޓާރަކު ހައްޔަރުކުރި ކަމުގެ ޚަބަރު އެހަކަށް ދުވަހު ނޫހަކުން ފެނިވަޑައިގަތް ކަމަށާއި، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓު އޭނާގެ އަތުން އަތުލައިގަނެވުނު ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، މި ދެޕެކެޓަށްވެސް ރާއްޖޭގެ ޓެކްސް ފައިސާއިން ހައެއްކަ ލައްކަ ރުފިޔާ "ދުއްވާލާފައި އޮންނާނެ" ކަން އެމަނިކުފާނަށް ކަށަވަރު ކުރެވޭ ކަމުގައެވެ. އަދި އެ މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަކީ "މަހިބަދޫ ޕޮލިސް ސްޓޭޝަނުންނާއި، އެވަރުން ނުވެގެން ކައިރީގައި އޮތް މާމިގިލީ ޕޮލިސް ސްޓޭޝަނާ ދެތަނުން ހިންގި މާބޮޑު އޮޕަރޭޝަނެއް" ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދާދި އިހައްދުވަހުކު ކީން ނޫހުން، މަހިބަދޫ ފުލުހުންނާ މާމިގިލި ފުލުސް ސްޓޭޝަންގެ ބޮޑު އޮޕަރޭޝަނަކުން ޒުވާނަކު ހައްޔަރުކޮށްފި ކަމަށް. މަހިބަދޫއަށް ދިޔަ ފިލްމުސްޓާރެއް. އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ ދެ ޕެކެޓް އަތުކައިގަނެވުނު ކަމަށް. އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑުމެންގެ ޓެކްސް ފައިސާގެ ރަނގަޅު ހައެއްކަ ލައްކަ ރުފިޔާ މި ޖޫސްޕެޓީ ޕެކެޓަށް ދުއްވާލާފައި އޮންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެކި މައްސަލަތައް ދިމާވެފައި ތިބި ޒުވާނުން ރާއްޖޭގައި ތިބިއިރު، އެ ޒުވާނުންނާއި ދިމާކުރުމުގެ ބަދަލުގައި އެ ޒުވާނުން ކުރާނެ މަސައްކަތްތަކެއް އުފައްދާފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނާއި ވަޒީފާ ނެތް ޒުވާނުން މަގުމަތީގައި ގިނަ ކަމަށާއި މިހާރުގެ ސަރުކާރުން އެ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއެކު މަލް ހައްޔަރުކޮށްފައިވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ. މަލް އާއި އެކު މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީވެސް އަންހެނެކެވެ.

މާމިގިލީ ބަންދަރު ސަރަހައްދުން މި ދެއަންހެނުންހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ދެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ކަލް

  ދެން އެކަހަލަ ތަކެތީގެ ޕެކެޓް އަތުލައިނުގަނެ އަސްލު ޖޫސްޕެޓީ ހަދައިގެން ވިއްކާ ނިކަމެތިންގެ ޖޫސްޕެޓީތަ އަތުލަން ދުވަންވީ؟

  173
  2
 2. ދޮންބެ

  މަނިކުފާނަށް ކަންތައް ބޮޑުވީ މަސްތުވާތަކެތި ހުރި ދެޕެކެޓު އަތުލައިގަންނަން ރައްޔިތުންގެ ޓެކުސް ފައިސާއިން ހަލައްކަ ރުފިޔާ ހަރަދުވީމަތޯއެވެ؟ އެޕެކެޓުތަކުގައި ހުރި މަސްތުވާތަކެތި ބޭނުން ކޮށްގެން ހަލާކުވެދާނެ ދިވެހި ދަރިންނަކާ މެދަކު ނޫންދޯއެވެ. އެންމެ ފަރުދަކަށްޓަކާ މުޅި މުޖުތަމަޢު ޤުރުބާން ކުރާނީ މޮޔައެކެވެ. އެމްޑީޕީގައި ތިބި ހޭޖެހޭ މެމްބަރުން އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ؟

  276
  7
  • މަގޭ ޚިޔާލު

   އަހަރެމެން މާ ކަންތައް ބޮޑުވޭ ރައްޔިތުންގެ ޓެކުސް ފައިސާއިން އަށްޑިހަދެހާސްރުފިޔާ މައްޗަންގޮޅި މެދު ދާއިރާއަށް އިންތިޚާބުވެފައި ހުރި މޮޔައަކަށް ދޭތީ.

   67
   3
   • ޢަހުރެން

    ސަރުކާރުގެ ދަތުރު ހަރަދަށް ޖޫން މަހާ ހިސާބަށް ދުވާލަކަށް 5 ލައްކަ.. އޯކޭ ދޯ؟؟؟

    21
    • އަހަރެން ބުނާނީ....

     ނޫން. އޯކޭ އެއް ނޫން

 3. ށާރު

  devana mIhAge nan nuliyeveny keevebaA.

  54
  2
 4. ާާާޢަލީ

  ކަލޯ ކަމެއްތަ؟ސާބަޖޭ އިގޭ...ދީިނާހިލާފު ހުރިހާކަމަކާ ކަލޭދިފާއުގަ ނުކުނަނާތި...ހަމަތަ

  211
  2
  • ހުސޭނުބޭ

   އެސޮރު ނޫނީ ދެން ކާކު! ތިކަމުން ސަލާމަތްކޮށްދިނީމާ ޖެހޭނެދޯ އިޙްތިރާމްގެ ޒިޔާރަތްކުރަން..... ނުގަޑިޔަކު.... އެއީ ބޭނުންވެގެން އެއުޅެ ކަމަކީ.

   110
   3
  • ާޭެައެވީ ރަނގަޅަށް

   ޢެވީ ރަނގަޅަށޯ

 5. ޢަލީ

  ތިޔަ އަތުލައިގަނެވުނެެ ނަަޝީދު ގެ ކޮޅެއް ކަން ތިހާވަރަކަށް އެނގޭނީ ހެ ހެ ހެ

  106
  3
 6. ޟިޔާމް އަހްމަދު

  ޢަންނި ގެ ސާމާނު ކަން ތިޔަ އޮތީ އެނގިފަ

  122
  3
 7. އުނބު އާދަނު

  މަލް ހާދަހާވާ ރީއްޗޭ! !

  19
  93
  • އުގޫފާރު މީހާ

   ފޮޓޯޔައް ވަރަށް ރީތި. ހަމަލޮލަށް ދެވަނަ މޮޔަ ނާސިރާ. އެހާ މުޑުދާރު. އެއްވެސް ލަދެއްހާޔާތެއްނެތް މައްޖެޔެއް. ބޮޑު ފަކުރެއް.

   35
   5
 8. މަންކީ

  މެންބަރުންނައް ލިބޭ 82000ރ ޔާއޯ އެއީ ރައްޔަތުންގެ ލާރިއެއްނޫންތަ

  131
  2
 9. އައިމަން

  ނަޝީދަށް ވަރަށް އަސަރުކޮށްފި ދޯ؟ މަސްވުތާތަކެތި ޓްރެފިކް ކުރަންޏާ ފުލުހުންގެ ވާޖިބެކޭ އެއީ އެފަދަ މީހުން ހައްޔަރު ކުރުމަކީ! ހަމަ!

  142
  3
 10. ފަތުލިހަކުރު

  ފުކެއްބޮޑުވަރު ނަޝީދޫ ހަމަޖެހޭ އެއްޗެއް ކިޔާބަ މުސްކުޅި ކަބަލުން ނުލާހިކު ލައިކްވޭ ނަޝީދު އާ ނިކަން ރަގަޅު ވާހަކަ ދައްކަބަ

  86
  1
 11. މައްސަލަ

  މައްސަލައަކީ އެކީގައި ބޯ ކުއްޖަކު ހައްޔަރުވިކަންތަ؟

  98
  5
 12. ނިހާދު

  މީނަ ބުނެފިޔާމުން ދިވެހިގުނބޯތަކަށް އެހިސާބުން އެހުއްދަވީ ދެންފެންނާނީ ތިއޮޕަރޭޝްން ހިންގި ފުލުހުން ވަޒީފާއިން ވަކިވާތަން ބާރަށް އަތްޖަހާ

  117
  3
 13. ސޯޅަ ގެވަޅު

  މަސްތުވާތަކެތި ވަގަށް ގަނެ ވިއްކުމުގެ ވިޔަފާރިއަށް ޓެކްސްނެގޭނީ ވިޔަފާރި ރެޖިސްޜަރީކޮށްގެން ކުރާ ވިޔަފާރިއެއްކަމުގައިވާމަނަނޫންތޯ. ޢެފަދަ ވިޔަފާރިތައް މިހާރު ރެޖިސްޓަރީ ކޮށްދޭންފެށީތޯ. ޓެކްސް ނަގަނީ ކިތައް % ތޯ. ޢެންމެން ހަމައިގައި ތިބެންބޭނުންނުވާ ވަގުތު ފެންނަންފެށީތޯ.

  83
  2
 14. ހަމަހަމަ

  މަސްތުވާތަކެތީގެ ށިކާރައަކަށްވެފަ ހުރި ޒުވާނެއްގެ މަންމަ ކައިރީ އަހާލަބަލަ، ތިކަން ހުއްޓުވަން ކުރުވުނު ހަރަދު މާ ބޮޑުތޯ.

  77
  1
 15. އާދަނި

  އަންނި ރަނގަޅުވާނީ ރައްޔިތުން ކުރިމަތީ ވާހަކަ ނުދެއްކީޔާ ދުވަހަކުވެސް ހަމައިގަ ހުރެގެން ވާހަކަ ނުދެއްކޭ

  91
  2
 16. ޙުސައިން

  ދެން އަތް ޖަހާ

  68
  2
 17. ކެނެރީ

  ނަސީދުގެ ވެރިކަންނިމި އެމް ޑީ ޕީ ސަޕޯޓަރުން މުޅިގައުމުގައި ހުޅުޖަހާ ދައުލަތުގެ އެތަށް އިމާރާތެއް އަޅިޔަށްހަދާލި އެއީ ނަސީދުގެ ބަފާގެ ލާރިން ހަދާފައިހުރި ތަންތަންތަ އަދި ފަހުން އެތަންތަން މަރާމާތުކޮށް ހެދީ ނަސީދުގެ ބަފާގެ ޖީބުންތަ ، މިކަންކަމަށް ހަރަދުވީ ޓެކުސްފައިސާއެއްނޫންތަ ކެނެރީ ގަމާރާ....

  82
  2
 18. އަނާޒް

  ކަލެޔައް އެއީ އެންމެ ދެ ޖޫސްޕެޓީ ކޮތަޅު.. ނުވަތަ ހައެއްކަ ލައްކަ ޓެކުސް ރުފިޔާގެ ގެއްލުން. އަހަރެމެންނައް އެއީ މުޅި އާއިލާއެއްގެ ނިމިދިއުން މަސްތުވާތަކެއްޗާހުރެ.. އެންމެ ޕެކެޓެއްވެސް އެއީ އާއިލާއެއްގެ އެއްޖީލު.. އެހާ ލޯބިން ގެންގުޅެ ބޮޑުކޮއްތިބޭ އެތަކެއް ދަރިޔެއްގެ ހަލާކު.. މައިންބައިންތަކެއްގެ އުންމީދު ވެއްޔާއި ހަލާކުވެދިޔުން.. ވީމާ އެއްޕެކެޓު ކީއްކުރަން ޗުއިންގަމް ކިރުގަނޑެއްވިޔަސް އަދި މިލިޔަނެއް ޚަރަދުކޮއްފަ ވިޔަސް މަސްތުވާތަކެތި ހުއްޓުވަންޖެހޭ..

  82
  2
 19. ރަސާނާ

  ކެނެރީގޭ ބުރޭންޑުގެ ޕުރޮޑަކްޓެއްދޯ އަތުލެވިގެން މިއުޅެނީ..؟

  76
  3
 20. ޝާހް، ރ.ވާދޫ

  ކަލޭ އޮވެބަލަ މަސްތުވާ އެއްޗެހީގެ ބައްދައިގެން. ކަލޭ ތީ ރީތިގޮތުގަ އެކަން ހުއްދަކުރަން ކަލެޔަށް ސަޕޯޓުކުރަން ޒުވާނުންގެ ތިތްތަކަށް ނުސީދާކޮށް އެކަން ވައްދަދޭން ހިތްވަރުދޭ މީހެއް.

  51
  2
 21. ހ

  ޕިސް، ޕިސް، ހުރިހާ ނުބައި ކަމެއްގެ ފުލުގަ، މަތީގަ މީނަ.... ރީތިކޮށް ހުންނަވާބަލަ ކުއްކުރާ ކުއްވެރިންނޭ ނުކިޔުއްވާ. ކުއްވެރިންގެ ހައްގޭ އަބަދު ކިޔަނީ. އާންމު ކުއްނުކުރާ ރައްޔިތުންގެ ހައްގު ކޮބާ.

  40
  1
 22. އައްޔު

  ހަކުރާއި މަޖިލިސް ރައީސާއި ވަރަށް ދޯޅުވާނެ ދެން އަތްޖަހާ

  41
  2
 23. ޓަގޭ އޭނަ

  ތިޔަ އޮޕަރޭޝަންއަށް ދަތުރު ތަކަށް 10000ރ ވެސް ހަރަދު ނުވާނެ... ހިސާބު ޖަހަން ނޭންގެންޏާ އައްނި ކަލޭ ދޭބަލަ ވަކަރުގެއަށް

  51
  1
 24. ބުރޯ

  ބަލަގަ އެމަންޖެ އަށް އެދެޕަކެޓް ދިނީ ނަސީދުތަ ؟އެވާހަކަ ބުނެފާނެތީ ކަންބޮޑުވަނީތަ ؟އެ މަންޖެ ބުނީ ނުބުނާނަމޭ .

  35
  1
 25. ހަގީގަތް.....

  ނެތްހާވަރަށް މޭކަޕު ކޮއްފިއްޔާ ކޮންމެ
  މީހަކުވެސްރީތިވާނެ......................ހެހެ...............ނަސީދުތީ އެކަމުގެ މޫލައެއްނު އެހެންނުވާނީ....

  29
  3
 26. Anonymous

  މިބީތާ އަކައް ނޭގޭ ދެއްކޭ ނުދެއްކޭ ވާހަކައެއް

  20
  1
 27. ސަޓޯ

  ކަލޯ ޕޮލިސް އަންނި ބޯން ވެގެން ގަތް އެތިކޮޅު ވިއްޔާ ތިއުފުރާލީ ދެން އެކަލޭގެ ނުނެއްޓިއްޔާމުން ދެރަދޯ

  15
  1
 28. ބާނަބީ

  އިންޑިޔާގެބޖެޓުން ބޑުހަރަދެއް ކޮށްގެން ރާއްޖޭގއި ސިފއިންވެސް އެބަތިބި. އެންމެ މީހަކު ސަލާމަތް ކުރަން ފުލުހުންގެ ލޯންޗުއެތައް ލައްކައެއް ހރަދުކުރޭ. އެންމެ ގެއެއް ރޯވީމާ ސިފައިން އެތައް މިލިޔަނެއް ހަރަދުކުރޭ.

  10
  2
 29. ކކ

  ޓެކްސް ލާރިންތަ ޕީސްކޮޅު ގަންނަނީ،ތީ އަދި ނޭންގޭ ކަމެއް

  11
  1
 30. އަފީ

  އަލްފާޟިލް ކެނެރީގޭ މުހައްމަދު ނަސީދަށް
  ވެދުން ސާލާމަށްފަހު ދަންނަވަމެވެ.
  މަނިކުފާނު ވިދާޅުވެފައިވާ ދެ ޖޫސް ޕެކެޓް އަތުލައި ގަތުމަށް ދިވެހި ފުލުހުން ހިންގި އޮޕްރޭސަނަށް ހަރަދުވިކަމަށް ތި ވިދާޅުވާ ހައެއްކަ ލައްކަ ރުފިޔާ އަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން ވިޔަސް އަޅުގަނޑުމެން ދިވެހި ރައްޔިތުން މިތިބީ މަސްތުވާ ތަކެތީގެ ވަބާ މިގައުމުން ނައްތާލުމަށް ދިވެހި ރައްޔިތުންގެ މުޅި މާލިއްޔާވެސް ހަރަދު ކުރުމަށެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މަސްތުވާ ތަކެތީގެ ވަބާއިން މި ގައުމު ސަލާމްތަކުރާށެވެ. ނަމަވެސް މަނިކުފާނު ތި ވިދާޅުވަނީ ބޯންޖެހޭ" ނުބޮއެވާކަށް ނެތް"
  އިހުތިރާމް

  ހާދިމަކުމް
  ލ.ލ ޖާބިރު

  20
  1
 31. މިގޭ

  މިކަލޭގެ ދެން ނުބެހެން ނެތް މިްައުމުގައި އެއްކަމެއްވެސް. ލަދީނީ ކަލޭގެ މިކަންވެސް އާއމު ނުވަނީސް ނުހުއްޓާނެ. ބަލްތިބޭތި.

  14
  1
 32. ފާއިޒް

  މީ މިހާރު މިޤައުމަށް ޖެހިފައޮތް ބަލާ މުސީބާތެއް....

  14
  2
 33. ދިރާސާ

  މިޒާތުގެ ކަންތަކުގަ ނަޝީދުއިސްކަންދެއްވާ ބަސްފުޅުވިދާޅުވެ ލައްވާކަން ފާހަގަކުރެވޭ މަސްތުވާތަކެއްޗަކީ ގައުމާ ރަށްޔިތުންގެހަލާކު ވީމާ، ކިތަންމެބޮޑުޚަރަދެއްކުރައްވައިގެން އަދި ގިނަޢަދަދެއްގެފުލުންއުޅުއްވައިގެންވެސް އެކަންހުއްޓުވުމަށް މަސައްކަތްކުރުއްވުމަކީ މީހެއްގެ މޫނަށް،ކަނދުރާއަށް ނުބައްލަވާ އޮޕަރޭޝަންހިންގެވުމަކީ ވަަރަށްރަގަޅުކަމެއް އަދި ވަަރަށް ތާއީދުކުރެވޭކަމެއް ތިހެންނަޝީދު ދެކިލައްވާސަބެއްއޮވެދާނެ ނަމަވެސް ފުރަތަމަބެއްލެވުންރަގަޅީ ކުރިންހިގާފައިވާކަންތައް އެއީ ނަޝީދު ވެރިކަމުން އިސްތިއުފާދެއްވިދުވަހު ތިބޭފުޅާއޮޅުންއަރާގޮތަށް(ބަޢާވާތް)ވާހަކަދެއްކެވުމުން އެކަމުގެރުޅީގައި ބަޔަކު ގައުމުގެ އެތަށްތަނެއްގައި ހުޅުޖަހާއަންދާލުމުންވަރަށްބޮޑެތި ގެއްުލުންވެފައިވޭ އެގެއްލުން ކުޑަކުރުމަށް އެފަދަޢަމަލުހިންގި ފަރާތްތަކަށް އެކަހަލަކަންތައްނުުކުރުމަށް އިލްތިމާސްނުކުރައްވާ މިއަދު
  ގައުމާ،ރައްޔިތުންގެ ވަބާއަކަށްވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކަށްހިންގި އޮޕަރޭޝަނެއްގެ
  ވާހަކަވިދާޅުވެލައްވަނީ ކީއްވެތޯ މިކަމުންތިބޭފުޅާ ބުނުއްވާފައިވާ ބޮވޭނޭ،ބޮވެންޖެހޭނޭ 24ގަޑިއިރު
  ހަމައިގައިތިބޭނެކަނަށްނުދެކުމަށް ބުނުއްވިބުއްވުމަށް ބާރުލިބޭ ތިއީ ކުރެއްވިކުށަކަށް13 އަހަރުގެ
  ޖަލުހުކުމެއް އައިސްފައިވާފަރާތެއް އެހުކުމްގެ އެންމެދުވަހެއްވެސް ތަންފީޒްނުވެ މިހާރުތިހުންނަވަނީ ބޮޑުމަގާމެއްގައި ވީމާ، ކުށްވެރިއަކު ކުށްވެރިއެއްގެދިފާއުގައި ވާހަކަދެއްކެވުމަކީ ވެދާނެކަމެއް ނަމަވެސް ހަނދުމަފުޅުބަހައްޓަވަންވީ ﷲ ކަމަކަށްއިރާދަ
  ކުރައްވައިފިނަމަ އެކަމަކަށް ލަހެއްފަހެއްނޯންނާނެކަން ވީމާ، ޤާނޫނުގެ ކުރިމަތީގައި ހަމަަހ

  10
  1
 34. މީމަ

  އެހެންނު ވާނީ މީނާ އަކީވެސް އެކަހަލަ ޕެކަޓް ގިނައިން ގެންގުޅޭ މީހެއް ވިއްޔާ

  13
  1
 35. މުހައްމަދު ފިކުރީ

  މިޤައުމުގެ ފުލުހުންނޭ އިންޓަލިޖެންސު މައުލޫމާތައް ބަރޯސާވެ ޒުވާނުން ހައްޔަރު ނުކުރޭ. މިސްކިތްތަކަށް ވަންނަ މީހުން ހިފާ ހައްޔަރުކުރޭ. ޑްރަގާ މަސްތުވާ ޒާތުގެ ތަކެއްޗާއި ފާޙިޝް އަމަލުތަކަށް އަރައިގަތުމަކީ ކާންބޯން ކުރަންއޮތް އެންމެ ރަގަޅު ކަންތައްކަން ..... ... އެވަނީ ގާތްގަޑަކަށް ހުއްދަ ކުރައްވާފަ. ވަރަށް ސަލާމް.

  3
  1
 36. ފިލި ނަސީދު

  ދިވެހިންނަށް ހެޔޮވިސްނުން ދެއްވާ މި ނަސީދުގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރައްވާށި! އާމީން

  17
  1
 37. ސަޓޯ ތުރާކުނު

  ލަނޑާ ވިއްކައިގެން އެންމެން މުއްސަދިވާނެޔޭ ބުނި ހިސާބު ނޭނގޭ އަންނި އަނެއްކާވެސް ހިސާބެއް ހަދާލާފަ މިއޮތީ

  11
 38. ނަޓީޓު

  ފައްކާ ބޯގޯހެއް!

  10
 39. އަންނާރު

  ސުރުހީ ކިޔާލީމަ ހީވީ ނަޝީދު އެކަމާ ހިތްހަމަނުޖެހުނީކަމަށް.
  ނަޝީދު ބުނިއެތި ރަގަޅަށް ކިޔާލަބަލަ.

  2
  5
 40. ކޮލެޖު ބޯއި

  ޖޫސް ޕެޓީއެއް ވަރު މަސްތުވާ އެތިކޮޅަކަށް ހާދަވަރެކޭ އެވީ. އެކަމަކު ރިލުވާނުގެ ތަހުގީގޯ...

 41. ފަރިހިބެ

  މަލް އަކީ އަންނި ގެ ޖާރިއާ އެއް ، އެހެން ވެގެން ސަލާމަތް ކުރަން ހިފަނީ