ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ މޮޔަކަމެއް ކަމަށާއި ރަށްރަށް ތަރައްގީ ކުރަން އެކުލަވާލައި ކުރަހައިގެން ގެންގުޅޭ ތަސައްވުރުތައް ދޫކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހުރަވީ ސްކޫލްގައި ކުރިއަށްދާ އެމްޑީޕީ ޒުވާނުންގެ ކޮންފެރެންސްގައި ނަސޭހަތެއް ދެއްވުމުގެ ނަމުގައި ނަޝީދު ވިދާޅުވީ، މީހުން ގެންގުޅެމުން އަންނަ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ވަރަށް ގިނައިން އެބަފެނޭ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި. މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ރަށު ތަރައްގީގެ ތަސައްވަރު. އަނެއްކާވެސް ދަންނަވާލާނީ އެއީ ތަރައްގީއެއް ނޫނޭ. ތީ ބޮޑު އޮޅުމެއް. ހިފައިގެން ތިއިނީ ނުބައި މަންޒަރެކޭ " ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ނާޝީދު ވިދާޅުވީ، ތަރައްގީ އަކީ އެއީ ތިމާއަށްވާ ގޮތެއް ކަމަށާއި އެކަމަކީ އެއީ ތިމާއަށް އަންނަ ބަދަލެއްކަމަށެވެ. އެއީ ރަށުގެ އެއްކާރީގައި އޮންނަ އެއާޕޯޓެއް ނޫންކަމަށެވެ. އަދި އެއާޕޯޓަކުން ރަަށަށް ވާނެ އެއްވެސް ތަރައްގީއެއް ނޯންނާނެކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ނަޝީދު ނެންގެވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުޅުލޭގައި އަޅުއްވާފައިވާ އެއާޕޯޓެވެ. ނަޝީީދު ވިދާޅުވީ، އޭރު މާލޭގެ ބައެއް އިސް ބޭފުޅުން އެއެއާޕޯޓް މާލޭގައި އަޅަން ނާސިރަށް ލަފާ ދެއްވާފައިވާ ކަމަށާއި މާލޭގައި އޭރު ބިންވެސް އޮތް ކަމަށެވެ. އެފަދަ ގޮތަކަށް އޭރު ނާސިރު އަމަލުކުރެއްވި ނަމަ މިއަދުގެ ހާލަތާ މެދު ވިސްނާލުމަށްވެސް ނަޝީދު އެދިވަޑައިގަތެވެ.

ނަޝީދު ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުން ޒުވާބުކޮށްގެން އަޅާފައިވާ އެއާޕޯޓާއި ހއ. ހޯރަފުށީގައި އަޅަމުން އަންނަ އެއާޕޯޓަކީ މޮޔަކަމެއް ކަމަށާއި އެކަމާއިގެން ނޫޅުއްވާށެވެ. އަދި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯއްދަވަން ކަމަށެވެެ.

ނަޝީދު ވިދާޅުވީ، ކަނޑުއަޑީގައި ހުރި ހުރިހާ ވެއްޔެއް ނަގައި ރަށުތެރެއަށް ޖަމާކުރުމަކުން ރަށަކަށް ތަރައްގީއެއް ނާންނަކަމަށާއި ރާއްޖޭގައި ހުރި ވަސީލަތްތައް މަދެއްނޫންކަމަށާއި މިތަނެއް ކުޑަ ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ގޮނޑުދޮއްތަކުގައި މީހުން އައިސް އަބަދު އަބަދު އަވީގައި އޮންނަންވެގެން އެ އުޅުނީ. ހެސްކިޔާފަ ލާރި ދީގެން. އަޅުގަނޑުމެންނަށް ވުރެ ގުދުރަތީ ވަސީލަތްތަށް ގިނަ، މުޖްތަމައެއް، ގައުމެއް ނެތް. އަޅުގަނޑުގެ އާދޭހަކީ ވެސް އަދި ނަސޭހަތަކީވެސް މިތަން ހަލާކު ނުކުރައްވައްޗޭ. ތަރައްގީ އަކީ ކޮބައިކަން އެނގިގެން ނޫނީ އެކަމާއި ވަކާލާތު ނުކުރަށްވައްޗޭ." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ދެކަފި

  ހަމަ ބުރާންޗެއް!

  128
  2
  • އަބްދުއްލާ

   ހުޅުދުއްފުށީ މީހުންގެ ބުރާންތިކަން މާބޮޑު އެމީހުނަށް ހުރިހާބާރެއް ދީފަ ދޯކާ ވެސް ...

   116
   3
 2. ޢަބްދުއްލާ

  ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ "މޮޔަ ކަމެއް" - ނަޝީދު

  ސާބަހޭ ކޮސްބޮޑޭ

  ބ ދަރަވަންދޫ ތަރައްްގީއެއް ނުވޭތަ؟
  ހދ ހަނިމާދޫ ތަރައްގީއެއް ނުވޭތަ؟

  އައްޑޫމީހުން ނާ
  ކުޅުދުއްފުށީ މީނުނާ
  ހަނިމާމާދޫމީހުން ވޯޓްކާލާފާ ތިދޭއުޅޭ ދޯކާއަށް ސާބަސް "ކޮހުންނަށް ރަނގޅު ވާނީ އަނދަނގޮނޑި ބޮޑުވިވަރެއް

  115
  1
  • ކިޔުންތެރިޔާ

   އެމްޑީޕީ މީހުން އަދިވެސް ދެވަނަ އޮޕްޝަނަކަށް ދާކަށް ނުވޭތަ؟ މާ ބޮޑަށްވެސް ލަސްވެއްޖެ! އާދެ މަނިކުފާނު ކި ދުވަސް މާޒީވެ ގޮއްސި. ގްރޯ އަޕް އެމްޑީޕިއަންސް. ދެޓެ ގައި އިޒް ނޮޓް ކޮމްޕެޓިބަލް އެނީ މޯރ!

   53
   1
 3. ާަާމަ

  ނަޝީދު ޖަލުން ނެރުމަކީ އެކަންކުރިބަޔަކު ކުރި ވަރަށްމޮޔަކަމެއް.

  137
 4. ޢަލީ

  ބަލަ މޮޔައާ! ނިކަންބަލާބަލަ ހަނިމާދުއަށް އައި ތަރައްޤީ، ކުރިން އެސަރަހައްދުއޮތްގޮތް، ފޯއްމުލައް، އަދި މިހާރު ބ.ދަރަވަންދޫ، އެރަށްރަށުމީހުން ކުރެން އަހާބަލަ، އަމިއްލައަށް ގޮތް ނުނިންމާ، އެރަށްރަށް ތަރައްޤިވުމުގައި އެއަރޕޯޓް ވަރަށް މުހިންމުވި، ފޯއްމުލަކަށް ބަލާލިއަސް އެންމެ ކުޑަމިނުން އަހަރަކު ކިތައްމީހުންތޯ ރާޅުގެ ދަށުވެގެން މަރުވެގން ދިޔައީ؟ އަހާބަލަ. އެކަމަކު ކީއްކުރާނީ މީނާ ބުނެފިއްޔާ މި ރީނދޫމީހުން ޤަބޫލުކުރާނެ. އަދި އެއީ އެޖެންޑާގެ ބަޔަކަށްހަދާ ފާސްވެސްކުރާނެ.

  101
  1
 5. ކެނެރީ

  ދެންކަލޯގެ ވެރިކަމުގައި ކީއްވެތަކުޅުދުއްފުށީ ފަޅު އެއްކޮށް ތި ހިއްކާލީ މާކަނޑުން ވެލިނަގައިގެން މީ އަޅެ ބުރާންތި ވިޔަސް ބޮޑުވަރުދޯ ނަސީދައް ތަރައްގީ އަކީ ބުދުފައްލިޔާ ޑިސްކޯ ތަކާ އެއްޖިންސުން ކައވެނިކުރުމާ ރާބުމާ ދީނާ ހިލާފު ހުރިހާ ކަމެއް...

  107
  1
 6. ރަށުމީހާ

  ކޮބާކުޅުދުއްފުށީމީހުން އަދުވެސް މިގަމާރައް ވޯޓުދީ އެވަރު މީހަކުނެތިގެއް އެއީމޮޔަެއްތަ ނީނޯ އެއީގަމާރެއްތަ

  102
  3
 7. ޙާމިދު

  އެހެންވެތޯ ތި ދެބަންދިހާރުގެ ވެރިކަމުގަ ދިއްދޫ އާ ކުޅުދުފުށި ހިއްކާ ކޮތަރުކޮށި ފުލެޓްތަކެއް އަޅާ އަމިއްލަޔަށް ފްލެޓް ދޮންބެ ވެގެންއުޅުނީ

  49
 8. އަދު މި ހާލާތު

  ކޮބާ ހޯރަފުށީ ރައްޔިތުން ކައުންސިލް އިންތިހާބުގެ ވޯޓަށް ތައްޔާރުތަ؟މުޅި އަތޮޅުގެ ވޯޓު ރީދޫކުލައަށް ވިއްކާލައްޗޭ.. ކުޅުދުއްފުއްޓަށް ބުނެލަންއޮތީ ތިޔާއޮތީ ހާލުފޮޅި އެޅިފަޔޭ 12އަހަރުވަނީ މޑޕއަށް މެޖޯރިޓީ ދީގެން ތަރައްގީ މެކުހަށްޖެހީ.. ތިޔަ ކުރަހައިގެން އުޅޭ މަންޒަރު ބާއްވާފަ އަތިރިޔަށް ދާން ނިވަލެ ހޯދަން މަގޫގަސްކޮޅެ ހެއްދޭތޯ އުޅެގަ.. ރޫހާނީ ލީޑަރު ބުނެފިނަމަ މޑޕމީހުން ދެކަމު ނުގޮސްވެސް ތިބެދާނެ.. ތަރައްގީ އެއީ މީހާއަށް ވާއެެއްޗެކޯ.. އެއީ ވާނުވާނޭގި އެބުރުންބާ މީނަގޮތަށް؟

  49
  1
 9. ދޮންބެ

  މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް އެދާއިރާގެ ރައްޔިތުން އިންތިޚާބު ކޮށްފަ އެހެރީ މޮޔައެއް.

  52
 10. ޢަހުރެން

  ޙަމަ އިރުކޮޅަކުން އެބުނި ބަސް އަނބުރާލާނެ.. ތިބޭނެ އަތް ޖަަހަން އެރަށު މެންބަރުވެސް

  58
 11. ޖަރީމާރާއްޖެ

  ސާބަހޭ ނަޝީދޫ. އެއީ މޮޔަކަމެއް. ކުޅުދުއްފުށީގައި އެއަރޕޯޓު އެޅީމަ އެރަށް ތަރައްޤީވެ ގިނަބަޔަކަށް ވަޒީފާލިބި މިހާރު ކަނޑުފަތާފައި ހަނިމާދޫއަށް ދިއުން ހުއްޓިދާނެ. ވީމާ އެއީ މޮޔަކަމެއް. އިހުއުޅުހެން ފަންރިޔަލުގައި ދަތުރުފަތުރުކުރަން ކުޅުދުއްފުށީ މީހުން މާރަގަނގަޅުވާނެ. އަނެއްކާ އެމީހުން ބޭނުމެއްނުވާނެ ކުރީގެ ޖަޒީރާވަންތަކަން ދޫކޮށްލާފަ ތަރައްޤީވާކަށް. އެހެން ގަމާރުކަންމަތީ އަބަދަށް ބޭތިއްބުމަށް އެދޭބައެއްއެއީ. އެކަން ބޭނުންވެގެން ރިޔާސީ އިންތިޚާބުގައާއި މަޖުލިސް އިންތިޚާބުގަ އެމްޑީޕީއަށް ކުޅުދުއްފުށީ ގިނަބަޔަކު ވޯޓުދިނީ. ޔާމީނުގެ ތަރައްޤީ ކުޅުދުއްފުށިން ބޭނުންނުވޭ. ބޭނުންވީ އަންނި ޖާހިލު ޖަޒީރާ ރާއްޖެ.
  ވީމާ އެއަރޕޯޓު އަޅާނެކަމެއްނެތް.
  ދެން ކުޅުދުއްފުށިން ބާރަށް އަތްޖަހާ. ގަދައަށް ދުހައިލާގެން އަނގަވަތަށް ވެއްޓެންދެން އަތްޖަހާ.

  50
 12. ކެޔޮޅު

  ތެދެއް ތަރައްޤީއަކީ ރަށުއޮފީހައް މަސްތައް އަލާލުން ކޯޱުތަކުގައި ހުޅުޖެހުންދޯ؟

  50
 13. ހުސޭނުބޭ

  މި ސަރުކާރު ގެންނަން ކުޅުދުއްފުށިން ވޯޓުދިން މީހުންނަށް ވަރަށް ސަލާމް! ނަޝީދުގެ ހުންނަ ނުލަފާކަން ތިހެރަ ފާޅުވަނީ!

  57
  1
 14. ބިރު

  މާލެއާއި ހުޅުލެއާއި ދެމެދު ރަގަނޅު ފެރީ ނިޒާމެއް ނެތީބާ ބުރިޖުން ތި ދުއްވާ ނަގަނީ ކޮންމެބަޔަކުވެސް ބޭނުންވާނީ ލުއިގޮތް ފަސޭހަ ގޮތް، ވިލިގިލީގައި ބުރިޖުއަޅަން ހިފާފަ ތިތިބީ ތިބުނާ ފެރީނިޒާމް ނެތިގެންތޯ؟

  50
 15. އައްޔު

  ދެން އަތްޖަހާ ދެން އަތްޖަހާ

  43
 16. ސަންތިމަރިޔަބު

  ދުނިޔޭގަ މިހާރު ތިބީ ހޭޖެހޭ އެންމެ 2 މީހުން އެއީ މަނިކުފާނާއި އެމެރިކާގެ މިހާރުގެ ރައީސް ހަމަހިނިއަންނަނީ

  41
 17. ސަންތިމަރިޔަބު

  ދުނިޔޭގަ މިހާރު ތިބީ ހޭޖެހޭ އެންމެ 2 މީހުން އެއީ މަނިކުފާނާއި އެމެރިކާގެ މިހާރުގެ ރައީސް ހަމަހިނިއަންނަނީ ހައްހާ

  31
 18. އާރިފާ

  މީ ހަމަ ފައްކާ ގަމާރެއް

  32
 19. ކެޔޮޅު

  އާން ކަލޭ އެކަނި ވީއައިޕީގަ ދަތުރުކުރަންވީ އެހެންމީހުން ޖަޒީރާވެފަ ދާންވީ ފަލިޖަހާފަދޯ؟

  16
 20. ޖަޒީރާ ރާއްޖެ

  ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ މޮޔަކަމެއް،
  2008 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކަލޭ ކަހަލަ ބުރާންޗެއް ހޮވީ މޮޔަކަމުން،
  ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ތިޔަ ކަހަލަ ބީތާއެއް ހޮވީ މޮޔަކަމުން،

  17
 21. ޥަރަށްސާފު

  ދެން ކުޅުދުއްފުއްޓަށާ ހދ. ޢަށް ވޯޓް ހޯދަން އައުމަކީވެސް މޮޔަކަމެއް.

  17
 22. ކުޅުދުއްފުށީގެ ދަރިއެއް

  ނަޝީދު ހަމައިންނެއްޓިގެން ޒުވާނުން ވާވައްދަން މަސައްކަތް ނުކުރޭ. ޓިޔައީ ކުޅުދުއްފުށިގެ ތަރައްގީއަށް ހުރަސް އަޅާ އަދުއްވެއް.މިދިވެހި ރާއްޖޭގެ ހަލާކު. ދިވެހި ޒުވާނުން މަގުފުރައްދަން ނޫޅޭ. ދެން ކުޅުދުއްފުއްޓަށް ނާރާތި.ޚާއްޞަކޮށް ވައިގެމަގުން އެއީ މޮޔަކަމެއް. މީ ވަރަށް ވާހަކަ.

 23. މިއަދު

  އަންނިގޮވާގޮސް ނޫސްތަކުގައިލިއުން ހުއްޓާލާނީ ކޮންއިރަކުންބާ؟

 24. މޮޔައެނޮނިމަސް

  މި ހުރިހާ ކޮމެންޓް ތަކަށް ބަލާލީމާ އެނގޭ ދިވެހިންގެ ގަމާރުކަން

 25. ހާލަތު

  އެމްޑީޕީއަށް ރިޔާސީ އިންތިޚާބާއި މަޖުލިސް އިންތިޚާބު ހޯދަދިނުމަށް ކުޅުދުއްފުށިން ބުރަކޮށް މަސައްކަތްކޮށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް ސަލާމް.
  ދެންތިބޭ ރަށުގައި ހުޅުޖަހާ އަންދަންދެން އަތްޖަހަން. ތިހާ ގަމާރު ބައެއް ތިނޫނީ ނުދެކެން.
  ގަމާރުންގެ ކުޅުދުއްފުށި ދުހައިގެން ހޮޅުއަށީގައި މޮޅުވާހަކަ ދެއްކުން ކަމަކީ. ބާރަށް ފެލޭމީހާގެ އަޑުއިވި ބާރަށް އަތްޖަހަންތިބޭނީ. ކުރަފިވިސްނުމުގެ ބައިގަނޑެއް.