މަސްތުވާތަކެތީގެ ނުރައްކާތެރި އަދި ދެވިހިފާ ބާވަތެއް ކަމަށްވާ ހަކުރު ނުވަތަ ހެރޮއިން ރާއްޖޭގައި އާންމުވެ ގިނަވިގޮތް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

މި މޭރުމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވަނީ، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން، ރާއްޖޭގައި ގިނަ އަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މިންވަރާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މަސްތުވުމަށް "ހަކުރު" ބޭނުންކުރަން ފެށީ 1994 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ކުރިން ރާއްޖޭގައި ފަތްބޯ އެންމެން ހިފާ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭރުގައި މާލެތެރޭގައި ތިބި ފަތްބޯ އެންމެންނާއި ފަތް ވިއްކާ މީހުންވެސް ހައްޔަރުކުރި ކަމަށެވެ. ނަޝީދު ވިދާޅުވީ، މާލޭގައި ފަތް ވިއްކާ އެންމެންނާއި ފަތް ބޯ އެންމެން ހައްޔަރުކޮށްގެން ދިއުމުން، އޭގެ އަނެއް ހަފްތާގައި ފެނުނީ މުޅި މާލޭގައި "ހެރޮއިން" އޮއްވައި ކަމަށެވެ.

"ހަކުރު ބޯން ފެށުމުގެ ކުރީގާ ފަތްބޯ އެންމެންވެސް ހިފާ ހައްޔަރުކުރި. އޭރުގާ މާލެތެރޭގައި ފަތްބޯ ހުރިހާ އެންމެން ގެންގޮސް ހިފާ ހައްޔަރުކުރީ. އަދި ފަތް ވިއްކާ އެންމެންވެސް ގެންގޮސް ހިފާ ހައްޔަރުކުރީ. ދެން ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ މާވަރުގަދަ އެއްޗެއް މާލެތެރޭގައި އުޅެން ފެށިތަން. ހަކުރު." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހަކުރު ގެންގުޅެން ފެށުމަކީ ރާވައިގެން ހިންގާ ކަމެއް ކަމަށް އޭރުވެސް އަދި މިހާރުވެސް ދަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކޮށް ބެހުމަކީ އޭރުގައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، އެނޫން ގޮތަކަށް އެމަނިކުފާނު އެކަމުގައި ދެކެވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި "ހެރޮއިން" ބޭނުންކުރަން ފެށިފަހުން މިއަދާއި ހަމައަށް އާދެވުނުއިރުވެސް އެއިން އަރައިނުގަނެވިފައިވާ ކަމަށާއި އެހެން ވިސްނުމެއް ގެންނާކަށްވެސް ނޭނގުނު ކަމަށެވެ.

"އަޅުގަނޑުމެންންނަށް އެހެން ވިސްނުމެއް ގެންނާކަށްވެސް ނޭނގުނު. ކިހިނެތްތޯ އަޅުގަނޑުމެން މިކަމާ އުޅެގަންނާނީ. އެ މަޝްވަރާވެސް އެ ބަހުސްވެސް އިރާދަކުރެއްވިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުޙިންމު ވަޢުދު ފުއްދުމުގެ ތެރޭގައި މި ދެންނެވި މަޝްވަރާތައް، މިއަދު މި ފެށޭ ކޮންގްރެސްއިން ފެށިގެން އަޅުގަނޑުމެންނަށް ފެންނަމުންދާނެ،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ގަންޖާ

    ދެން ފަތް ގިނަވޭ.....

    53
    2
  2. ކޮރަލް

    ހަކުރު ދޫކޮށް ރަލަށް ދާ ވާހަކަ ދައްކާ މީ ހުން އުޅެއެވެ.

    78
    1
  3. ޕުލޭނު

    ކޯލިޝަން ޕާޓުނަރު މައުމޫނު ބޮލަށް ތިޔަ ކަނޑާލީދެއްތޯ؟ އިއްޔެ އުޅުނީ އިމްރާނާ ޖައްސާލައިގެން.. ޖާބިރު ލައްވާ ފާޑުފާޑުގެ ސުވާލުކުރުވަނީ ސީދާ ނަޝީދު.. ބޭނުމަކީ ކޯލިޝަނުފަނިކޮށް ރައީސް އިބޫގެ ވެރިކަމުގެ ބާރު އެއްކޮށްކަނޑުވާލާ މަޖިލީހަށް ބާރުތައް ޖަމާކޮށް ބޮޑުވަޒީރުކަމަށް އައުން..

    89
    2
  4. ވެބްކެމް

    ތީވެސް އޭގެ މީހެއް

    122
  5. ގަންޖާ

    ރައީސް ނަޝީދުމެންނަށް ވ.ރަނގަޅަށް ފަތުގެ ކުޅިކަނޑު އިނގޭނެ، މަނިކުފާނުމެންގެ ޒުވާންދުވަސްވަރަކީ ފަތުގެ ރަންޒަމާން. ހަކުރަށް ރާއްޖެއައީ ފަތަށްވުރެ ފައިދާ ބޮޑުވީމަ. އަބަދުވެސް ފައިދާބޮޑު ޕްރޮޑަކްޓް މާރުކޭޓަށް ގަދަކުރާނެ. އެއީ ވިޔަފާރީގެ އަސާސް. ކޮލަމްބިޔާގަވެސް ފުރަތަމަ ފަތް ހައްދައިގެން އެމެރިކާގެ މާރކެޓަށް ނެރުނީ އެކަމު ފަހުން މެކްސިކޯ އާއި ބޮލީވިޔާއިން ކޮކެއިން މާރކެޓަށްނެރެ ފުލަޑްކޮށްލީ. ދެން ކޮލަމްބިޔާ ކިންގްޕިންގ ތަކަށްވެސް ކޮކެއިން ވިޔަފާރީގެ ފައިދާއިނގި ކޯކްއަށް ބަދަލުކުރީ

    55
    1
  6. މަގޭ ޚިޔާލު

    އަހަރެން ހިތައް އަރާ އިންސާނުން ކެއުން ބުއިމަށް ބޭނުން ކުރާ ބާވަތްތަކުގެ ތެރެއިން ﷲ ތަޢާލާ އަހަރެމެންގެ އިނގިލިން ގުނާލެވޭހާ މަދުތަކެތި ޙަރާމް ކުރެއްވެވީމަވެސް އެ ޙަރާމް ތަކެއްޗާ އިންސާނާއަށް ދުރު ނުވެވިގެން މިއުޅެނީ ކީއްވެބާއޭ؟ ރަލަކީ އޭގައި މީރު ވަހެއް ކީއްކުރަން މީރު ރަހައެއްވެސް ހުންނައެއްޗެއް ނޫންކަމަށް ތަޖުރިބާކާރުން ބުނަނީ، އެކަމަކުވެސް ބަޔަކު މީހުން ހަމަ ހޭބަލިވަނީ އެޔެއް ނުބޮވިގެން. އަޅެ މިކަމާ ދިވެހިން ހާއްސަކޮށް އަދުގެ ޒުވާނުން ވިސްނާކަށް ނުވޭތަ؟

    85
  7. ހުސެން

    މައްސަލަ ބާރުކުޑަ ހަކުރު ބޯތީ ނުވަތަ އެކަން ޕްރޮމޯޓު ކުރަން ލައްކަ މަސައްކަތެއް މި ބޮޑުވަޒީރު އެބަކުރޭ،ހަކުރަކީ މަނިކުފާނުމެން މައުމޫނު ވެރިކަމުން ވައްޓަން ގައުމަށް ގެނުވި ފަނިއެއް ނޫންތޯ؟މަނިކުފާނަކީ ފަނި ހަދާ އެ ފޮނުވާ ޖަގަޑާ ހަދަން ނިކަން މޮޅުމީހެކޭ ބުނީމެނުން އީސާ ކެމްޕެއިނުގަ ދޯ ،މިހާރުވެސް ތި ކިޔަނީ ޒުވާނުން ކައިރީ ބާރުމަޑޫ ހަކުރު ބޭނުންކުރާށޭތޯއްޗެ ނޫނީ ގަންޖާ ބުޔަސް އޯކޭއޭ ބުނާކަހަލަ،ބަލަގަ ސިޔާސީ ރަންޑިންނޭ މިގައުމުގެ ޒުވާނުން ހަލާކުނުކުރޭ .ހުރިހާ މަސްތުވާ އެއްޗަކީ އެއީ ބާރުކުޑަޔަސް ބޮޑަސް އެއީ ހުއްދަ އެއްޗެއްނުން އިނގޭ

    59
  8. ހުސޭނުބޭ

    ޝަރުބަތު ބޯ މީހުން އެކމަަށް މަގޔފަހިކުރަނީ ތި

    47
    1
  9. ބުރޯ

    ނަސީދު ދައްކަން ތިޔަވާހަކަ ރީއްޗެއްނޫން . މަޖީދިއްޔާގެ ގްރޭޑް 8 ކުން ވަކި ކުރުމުން ލަންކާއަށް ގޮސްހުރެ ކުރީ ކޮންމަސައްކަތެއް. ބޭނުންކުރީ ކޯންޗެއް މަނިކުފާނު ވެރިކަމުގާހުރެގެން ވިދާޅުވީ ކީކޭ ހިކިއެއްޗެހި ގިނަވީމަ ހިކިއެއްޗެހިން ދުރުވާން ދިޔައެއްޗެހި އެއީ ކީކޭ ؟މުލީއާގެއިންނެރުނީ ކޮންކަހަލަ ކޭސް ތަކެއް. ކިތައް ހުސްފުޅިހުރިތަ؟ މައުމޫނަށް ޖެއްސުންކުރުމަށް ތިޔަ ވިދާލޫވާ ހުރިހާކަމެއް މާލޭގެ ހިންގީކާކު ؟ މަގުމަތީގަޔާ ގޯޅިގޯޅިތެރޭ ފައިވާން އަތަށް ލައިގެންދުވީ ކާކު؟ މިހުރިހާކަންކަމަކީ މައުމޫނަށް ޖެއްސުންކުރުމަށް ނަސީދު ކުރެއްވި ކަންކަމެކޭ ނުބުނާނަން

    60
  10. ނުދެނެހުރި

    ފަތްބޯ އެންމެން މައުމޫން ހިފާ ހައްޔަރުކުރިތަ ހަމަ؟ ހާދަ ގަދައޭ މައުމޫން އެހެންވީމަ. ކީއްވެތަ ކުރިން އެހާ ދޮގުވާހަކަ ދެއްކީ ދެން މައުމޫނޭ ހުރިހާ އެންމެން މަސްތުވާ ތަކެތިން ހަލާކުކުރީ ކިއައިގެން؟ މަސްތުވާއެއްޗެއްސާ ބެހޭ އެހާ ތަފްސީލު މައުލޫމާތު އެނގޭއިރު އޮޅުންފިލުވާލެދިދާނެތަ 1994 ގަ ހަކުރު އެތެރެކުރަންފެށީ ކާކުކަން؟ އެ މައުލޫމާތުވެސް އެންމެ ފަސޭހައިން ލިބޭނީ ހަމަ ނަޝީދަށް. ޔޫކޭން މާލެ އައި ދުވަހުވެސް އެންމެ ކައިރީގައި ހުރިތަން ފެނުނު 90 ގެ އަހަރުތަކު ތެރޭ އެފަދަ ތަކެތީގެ ވިޔަފާރިކޮށްގެން އެތައް އަހަރަކަށް އަރުވާލި މީހެއް. އެކަހަލަ ވަރަށް ބައިވަރު މީހުން ތިބޭނެ އަދި ތިޔަ ޕާޓީގަ. ހަކުރުގެ މައުލޫމާތުވެސް ދޭނެ ބައިވަރު މީހުން ތިބޭ ޕާޓީއެއް ތިއީ.

    50
    1
  11. ސާފުވެއްޖެ

    މައުމޫނަށް ސެލިއުޓް އަރުވަން. ހަކުރުބޯ އެންމެން ހައްޔަރުކުރީމާވެސް އެ ވިއްކައި ބޯން ދެވިހިފާފައި ތިބި މީހުން އެކަން ހުއްޓާނުލީ. މައުމޫން ތިޔަކަން ތިކުރީ ރަނގަޅަށް. މިއޮތް ހުރިހާ ދުވަހު ގޮވަމުން އައީ މައުމޫނޭ ހަކުރު ބޯންދިނީ. މިއަދު އަސްލު ހަގީގަތް ތިޔަ ހާމަވީ. މީހުން ބުނެ އުޅޭ ބާތިލުގެ މައްޗަށް ހައްގު ފާޅުވާނެޔޭ. ދޮގުހެދި މީހުންގެ ދުލުން ހައްގު ފާޅުވަނީ.

    45
    3
  12. ހެހެހެ

    މީ ބީތާ އަރާފަހުރި ބުރާންޗއ. އަނގައިން ނުދައްކާނެ ސަހަލު ވާހަކައެއް. އަމިއްލައަށް ފައިން އަރާފަ އޮންނާނީ އަބަދުވެސް

    52
  13. ާަާމަ

    ހަކުރެކޭ ފަތެކޭ ކިޔާނެކަމެއްނެތް. މަސްތުވާ ކޮންމެއެއްޗަކީ ﷲ ހަރާމްކުރައްވާފަ ވާއެއްޗެއް. ނަޝީދު ވަރެއް ނޯންނާނެ ރާ ޕުރޮމޯޓް ކުރަން.

    33
    1
  14. ޢަލީ

    އެއީ ބޯންވާމީހާ ބޯންބޭނުންވީމާ ފަސޭހައިން އެ ލިބޭނެގޮތްވުން، ޔަޢުނީ ކުދިކުދި ކެފޭތަކުގައި ރާވިއްކަންހުރުން.

    17
  15. ވަކަރުގެގޮލާ

    ނަޝީދު ވިދާޅުވީ، އެކި މައްސަލަތައް ދިމާވެފައި ތިބި ޒުވާނުން ރާއްޖޭގައި ތިބިއިރު، އެ ޒުވާނުންނާއި ދިމާކުރުމުގެ ބަދަލުގައި އެ ޒުވާނުން ކުރާނެ މަސައްކަތްތަކެއް އުފައްދާފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ. ޢެހެންވީމާތިބުނަނީ އެމީހުންބޯން ދޫކޮއްލާށޭތަ

    15
    2
  16. Anonymous

    "ނަޝީދު ވިދާޅުވީ، ރާއްޖޭގައި "ހެރޮއިން" ބޭނުންކުރަން ފެށިފަހުން މިއަދާއި ހަމައަށް އާދެވުނުއިރުވެސް އެއިން އަރައިނުގަނެވިފައިވާ ކަމަށާއި އެހެން ވިސްނުމެއް ގެންނާކަށްވެސް ނޭނގުނު ކަމަށެވެ."

    އެހެން ވިސްނުމަކީ ކޮބައި ކަން ތަންކޮޅެއް ތިލަކޮށް ވިދާޅުވެދެއްވާ.

    13
  17. ބުރޯ

    ނަސީދުގެ ވާހަކައިން އެގުނީ ދިވެހިގައުމުން ފަތް ހުސްކުރުމުން ހަކުރު އެއީ ނަސީދު ގެ ބައިވެރި ވުމާއެކު މިގައުމަށް އާއްމުވި އެއްޗެއްކަން . މަސްތުވާތަކެއްޗާބެހޭ ގާނޫނެއް ހަދަންޖެހުނީ ނަސީދުގެ ފްރެންޑް ނަސިދުގެ ވެރިކަމުގާ ހުރިއިރު ނަސީދުގެ ތަރުޖަމާނު ކަމުގާހުރި ބޭފުޅާގެ ސަބަބުން. މިހާރު މިއެގުނީ ވަރަށް ބޮޑުއެއްޗެއް. މައުމޫނަށް ޖެއްސުން ކުރުމަށް ހުތުބާތަކަށް ލިއުން އަޅާ މަސްތުވާތަކެތި ބަހާހެދީ ނަސީދު މެނޭ ބުނެލެވޭ ވަރު ގެ އިއުތިރާފް އަތުވެއްޖެ .މިކަލޭގެ މިހުރިހާ ވާހަކަ މިދައްކަނި ހަމަހޭގަ ހުރެގެންބާ ؟

    11
  18. އއއ

    އެހެން ވީމާ ....ޖާބިރު ....ދެއްކިވާހަކަ.....ހަމަ ...ތިދުލުން....ތިކިޔަކީ! ޖާބިރު...އެވާހަކަ..ތިބުނާ...ގޮތަށް...
    .ދެއްކީމާ....ހީވާ...ކަހަލަ...މިމީހާ.
    ..ބުނެގެން...ދެއްކި..ވާހަކައެކޭވެސް!!

  19. ާާާޢަލީ

    ކަލެޔާހެދި...އެންމެނަށްވެސް އެކަންއެގޭ ޖަވާބުލިބިއްޖެއްނު

    10
  20. ސަބާހޫން

    މިގައުމައް ފަތް އެތެރެކޮއް ހަކުރުއެތެރެކޮއް އެބޮއެ އެވިއްކާ ހުރިހާކަމެއް ކުރުވީ ވެރީންނާއި ވެރީންގެ ދަރީން. ދެން އެދަރީން ސަލާމަތްކުރަން ފިޔަވަޅުނާޅާތިބެ އެހެން މީހުންގެ ދަރީންނާއި އާއިލާތައް ޣަރަގުވީ.މިތާ މިތިބަ ވެރީން ވަޅުގަނޑެއް ކޮނެފަ އަލިފާނައްލާ ނައްތާލައިގެން ނޫނީ ކުރިއައްއޮތް ޖީލުތަކައް ސަލާމަތެއް ނެތް.