މާލޭގައި އާއްމުންގެ މީހަކު، ވެމްކޯ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަން ފަށައިފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ މީހަކު ވެމްކޯ މުވައްޒަފެއްގެ ގައިގާ އެސްލޯން ހޮޅިއަކުން ތަޅާ މަންޒަރެެވެ. އަދި އެ މީހާގެ ގައިގާ ތަޅާ މީހާ، ވެމްކޯ މުވައްޒަފާއި ދިމާލަށް ހުތުރު ބަހުން މުއާމަލާތް ކުރާ އަޑުވެސް އެ ވީޑިއޯއިން އިވެއެވެ.

މިއީ ކޮން އިރަކު ހިނގި ހާދިސާއެއްކަން ވަނީ ކަށަވަރު ނުވެފައެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވެމްކޯގެ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގާ ވީޑިއޯ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި އެ މައްސަލާގެ ތަހުގީގު ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދަންސޫރަ

    ކުރީގެ ސަރުކާރުގެ ކަމަކަށް ވާނީ

    36
    27
  2. ާާާޢަލީ

    މޑޕ ވެރިކަމަށް އައީމަ އެމީހުނަށްވެސް އޮތީޖެއްސުންކުރުމާ ފުރަށްސާރަޔާ އުދަގޫކުރުން...ނުލަފާބައެކޭ މޑޕ

    47
    8
  3. އަސްލޭ

    ކޮންމެ މީހަކުވެސް ރުޅި އަންނާނެ ދޯ ދަރިންނާ ދިމާލައް ހަޑި ހުތުރު ބަހުން މުއާމަލާތް ކޮއް އުޅުނީމަ....

    20
    7
  4. އަސްލޭ

    ރާއްޖެތެރޭ މީހުންދިނީމަ ކައިގެން ބޮއެގެން ލައިގެން ދަރަނި އަދާކުރެވެނީ...

    36
    22
  5. އުންކާރަ

    މާރާމާރީ ހިންގަނީ ކުރީސަރުކާރާއިހެދި - ހޯމްމިނިސްޓްރީ.
    މާރާމާރީ މައްސަލަތައް ނުބެލެނީ ކުރީސަރުކާރުގެ ސަބަބުން - ފުލުހުން.
    ވެމްކޯ މުވައްޒަފަކަށް ހަމަލާދިނީ ކުރީ ސަރުކާރުގެ އިހުމާލުން - ވެމްކޯ.
    މާރާމާރީ ނުހުއްޓުވުނީ ކުރީސަރުކާރާހެދި - ރައީސް
    މާރާމާރީ ހުއްޓުވަން ޤާނޫނެއް ނުހެދިގެން މިއުޅެނީ ކުރީސަރުކާރާއިހެދި - މަޖުލިސް.
    މާރާމާރީގައި އަނިޔާލިބޭމީހުންނަށް ރަގަޅު ފަރުވާއެއް ނުދެވެނީ ކުރީ ސަރުކާރާހެދި - ހެލްތުމިނިސްޓްރީ.
    މާރާމާރީ ހިންގާމީހުން ހައްޔަރުކުރާނެ ތަނެއްނުހެދިވަނީ ކުރީ ސަރުކާރާހެދި - ފިނޭންސްމިނިސްޓްރީ.
    މާރާމާރީ ހިންގާމީހުން ފިލަނީ ކުރީސަރުކާރާހެދި - ޖެންޑަރ މިނިސްޓްރީ.
    މާރާމާރީ ހިންގަނީ ކުރީސަރުކާރުން މަގުތައްހަދާފައިހުރިގޮތުން - ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ.
    މިހާރު ކަމަކަށް އޮންނަނީ އެޕިކަޕުން މިޕިކަޕަށް ގޮވާހެން ކުރީސަރުކާރު މިސަރުކާރު.

    22
    3
    • މުހައްމަދު

      ހެހެހޭ އާން މިހާރު މޫސުން ގޯސްވެގެން މިއުޅެނީވެސް ހަމަކުރީ ސަރުކާރުން އަޅާނުލެވިގެން މިހާރު މިގިންގާ ކުއްލި މަރުތަކާ އެކްސިޑެންޓް ތަކަކީވެސް ހަމަ ކުރީސަރުކާރާހެދި މިހާރު އަތުލަމުން މިގެންދާ މަސްތުވާ ތަކެއްޗަކީވެސްކުރީސަރުކާރު ފޮރުވާ ގުދަންކޮށްފަހުރި ތަކެތި މިހާރު ރައްޔިތުން ބިކަވެ ހާލުގަޖެހެމުން މިދަނީ ކުރީސަރުކާރާހެދި ރައްތަކުގައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ކުރިޔަށް އަރަމުން ގޮސް މިހާރު އެމީހުންގެ ހާލަތު ދައްވާން މިފެށީ ހަމަ ކުރީސަރުކާރާ ހެދި މީ ހާދަބާރުގަދަ ކުރީސަރުކާރެކޭއުތަ އަޅެފަހެ މިތިބަ ނުކިޔަވާ ޖާހިލު ބައިގަޑެއްގެ ހުރި ދޮގުހެދުމާ މަކަރުވެރި ކަމަކަށް ހައިރާނެއް ނުވާނެތަ ނުވަންޏާ އިސްތިއުފާދީފަ ކަންކަން ކުރެވޭވަރުގެ މީހުންނާ ހަވާލުކުރީމަ ނިމުނީނު

  6. ބަކުރުބެ ގެ މަންމަ

    މީ ގަ ކޮމެންޓް ކޮއްފަ ތިބި ގިނަމީހުންނަކީ ބޯހަމަނުޖެހޭމީހުން

    1
    1
    • ބޮލޭ

      ކޮމެންޓު ކޮށްފަތިިބި މީހުންގެ ތެރެއިން އެންމެ ހަމަނުޖެހޭ ކޮސް ކޮމެންޓް ކޮށްފަ އިނީ ބަކުރުބެގެ އަމާ

  7. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބިޑާ

    ހާދަ ނުލަފާ ސޮރެކޭ ދޯ؟؟ ރަނގަޅު އަދަބެއް މިސޮރަށް ދޭން ތާއީދުކުރަން.އަތުން ފައިން މަސައްކަތެއްނުކޮށް ހުރެ މީހުންގައިގަ ތަޅާއިރު މީނަގަ ލަދު ކޮބާ؟؟ އަދި މާ ގަދަ ވަގެން ހުތުރު ބަސްތަކުގެ ލިސްޓްވެސް ކިޔާލައެއްނު.ކަލޭ ލަދެއް ނުގަނޭތަ ވެމްކޯ ސްޓާފްގެ ގަޔަށް ބޮލަށް އަރައިގަންނަން.މަހަަށް ދޭބަލަ ބީތ.

  8. ާއައްޑޫ ގުުބައްޑާ

    ފިރިމީހާ ދަށުކޮއްލާއިގެން މޫނުމަތި ޓޮމާޓޯދަނޑެއް ހެން ހުއްޓަސް ބަލާލަންނުކެރޭ .އެވަރު ގުބައްޑާއެއް މަ މާލެޔޯލަ.. އަމިއްލަ ދަރިންގައިގަ އިސްތިރި ޖައްސާ ބަޅެއް ޖެންޑަރ މިނިސްޓްރީ ކީއްކުރާ ތަނެއް

  9. އސްލޭ

    ވާންޗޯ ކަލޭވެސް ތީ ކުޑަކުދިންނާ ބެހޭ މޮޅޯ އެއްތަ