ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައިފަހުން އެންމެންވެސް ވަރަށް އެބަ ފަލަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މިހާރު ހުރަވީ ސްކޫލްގައި ކުރިއަށްގެންދާ އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މި ސަރުކާރުގައި އެންމެނަށް އައިސްފައި އޮތް ބަދަލު އެއީ ކޮބާކަން އެނގިލައްވާތޯ؟ އެއީ ފަލަވުން. އަޅުގަނޑުމެން އެންމެން ބަނޑުލަނީ. އަޅުގަނޑުމެން އެކަކަށްވެސް ކަސްރަތެއް ނުކުރެވޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިހާރު އެއްވެސް ބަޔަކަށް ސިއްހަތަށް ނުބެލެހެއްޓޭ ކަމަށެވެ. އެކަމުގެ ސަބަބުން ފަލަވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކުވެސް އަމިއްލަ ހަށްޓަށް ހަމަސް ހަތްމަސް މިވީ. އަޅުގަނޑުގެ ދެފަރާތުގައި މި ތިއްބެވި ވަޒީރުންނާ އެތާ ދުރުގަ ތިއްބެވި ބޭފުޅުންނާ. ހުދު އަޅުގަނޑު ވެސް ހިމެނޭގޮތަށް ތިބޭފުޅުން ބައްލަވައިލައްވާފިއްޔާ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިއްހަތެއް ނުބެލެހެއްޓޭ،" ނަޝީދު ވިދާޅުވިއެވެ.

ހުރިހާ ބޭފުޅުންވެސް ކޮންމެ ދުވަހަކު ހެނދުނުވެސް ދުވަން ގޮސް، ގަޑިއަށް ނިދާ ފަތިހު ތެދުވުމަށް ރައީސް ނަޝީދު ނަސޭހަތްތެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ައަންހެންމަންޖެ

  މީ ﷲ ސުބުހާނަހޫވަތައާލާ މިގައުމައް ފޮނުއްވާފައިވާ ނުބާއިންސާނެއް ގައުމު ބަނޑައްޖެހެމުންދާއިރުވެސް މި ނުލަފާކަލޭގެ މިހިރީމިދައްކާވާހަކަ

  82
  4
 2. ހުސެން

  ފަތިސް ނަމާދަށް ދާށޭ އެވަރުންވެސް ބުނެނުލި ދޯ

  77
  2
 3. ނުކާ

  ކިތަންމެ މަސައްކަތް ބުރަވިއަސް ނުކާނަމަ ފަލަނުވާނެ. ކެވޭލެއް ގިނަވީމަ ހަމަ ފަލަވާނެ. ކެވެނީ ކޮން އެއްޗެއްކަން ދައުލަތުގެ ބަޖެޓުންވެސް އެބަ ދައްކާ. އެތަނުން މަދުވާ އެއްޗެހިން ގިނަގިނައިން ކެއީމަ ހަމަ ބަނޑުލާނެ.

  55
  1
 4. ބިލަމަގު އަސާރަފުޅި

  މަ މިސަރުކާރު އައިފަހުން ހަމަ ހުލިވަނީ ބެއިރުހުއްޔެއްހެން މަގޭ މިއޮއް ލޯބި ޗޮއްބަޑުވެސް ހިދިއްޖެ

  45
  2
 5. ދޮނާ

  ތީހުސް ލާރިބަނޑު. ކޭވަރު ގިނައީ ހަމަ.

  27
  1
 6. ދޮންބެ

  ދެންކޮންމެއަކަސް ރައްޔިތުން ތަރައްޤީވެއްޖެ، އެހެންނޫންތޯ؟

  16
  2
 7. ކެޔޮޅު

  މީހުން ބަނޑުލައި ފަލަވަނީ މާގިނައިން ބަނގުރާބޮވޭތީދޯ؟

  26
  1
 8. ހުސޭނުބޭ

  އަލިފާން ކާތީވެ ވާގޮތް! އެންމެ ބަނޑު ފަލައީ ސަރުކާރުގެ ބޮޑުން!

  27
  2
 9. ބަލިމާނު

  ފަލަވާނެތަ މިސަރުކާރު ައައިފަހުން މިރާއްޖޭގައި. ޗިކަންގުންޔާޖެހި. ދުޅަވާ މީހުން ވަރަށް ގިނަ

  20
 10. ޢައްލާބެ

  މީހުންގެ ބަންޑުހައި ކަމުން ވައި ހެދެނީ،

 11. ހަފްސާ

  ތެދުފުޅެއް. ސިއްހަތަށް ނުބެލެނީހަމަ. އެއްބަޔަކު ފަލަވާނީ އަނެއްބަޔަކު ހިކޭނީ. އެހެންތާވާނީ އެވަރަށް ކައިގެން އެވަރަށް ސޫލާޖީ އާއި ހިކި އެއްޗިއްސާއި ދިޔާއެއްޗެހި ބޮއެގެން ދެން ކޮން ކަސްރަތެއްކުރެވޭނީ. ގޮވޭނީ ހުސް ތިޔާކަހަލަ ކޮސް.

  39
 12. ކަހަނބު ވިތު ކުރީ ސަރުކާރު

  ގައުމުގެ ހަޒާނާ ފޮށްޓާ އެކީ ކާލިީމަ ވަަާގޮތް މަަާތް ކަލަާކޯ ދެންވެސް އޮށްގަލުގަ ހަކުރު ލައިގެން ކައިބަލަ

 13. ސައިމަން

  ހަރާން ލާރިކައިގެން އޫރުމަސް ޖަހާތީ ފަލަވަނީ..

 14. ސައިމާ

  ކުރިން ކޭވަރަށްވުރެ މާ ގިނައިން ކަނީ. ކައިކައި ހުސްކޮށްފި. ސަލާމަތްކުރޭ.

 15. ....

  ޜައްޠިތުންގެ ލާރިގަނޑު ކައިހުސްކުރަމުން އަދި ލަދެއްނެތިގެން މިވެރިންގެ ބަނޑުބޮޑުކުރާ ވާހަކަ އެބަދައްކައެއްނު. ޞައިތުލް މާލު އެއްކޮށް ހުސްކޮށްލާނެ މި ފަސްއަހަރު ހަމަނުޥަނީސް. ޔާމީިން ޔާމީން.އެކަމަކު ކަނީމިބައިގަނޑު.