ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް އެއްޗެހި ކިޔައި ލިޔުނު އެއްޗެހި ބެހީ ހުތުބާތަކަށް އަޅައިގެން ކަމަށް ކުރީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ނަޝީދު ވިދާޅުވީ، މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނަށް އަމާޒުކޮށް އެއްޗެހި ކިޔާފައި ލިޔުނު ލިޔުންތައް ބެހީ ހުތުބާގެ ތެރެއަށް އަޅައި ހީރަސް ޖަހައިގެން ކަމަށެވެ. މިކަން އެތައް ދުވަހެއް ވަންދެން ކުރަމުން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން މިގޮތަށް އަޅަމުން އަޅަމުން ގޮސް، މިކަން ކުރަން ކުރަމުން ގޮސް ދެން ހަދަން ފެށިގޮތަކީ މިސްކިތުގެ ހުތުބާތަކުގެ ތެރެއަށް ލަނީ، ދެން އޭރު ހުތުބާ ބަހަމުން ބަހަމުން ދާނީ.. ދެން ރީތިކޮށް ހުކުރު ނިންމާލާފައި ހުރިހާ އެންމެނަށް ހުތުބާގައި ބަހައި، ދެން އެއްކަލަ ހުތުބާ ނަގައި، ފުރަތަމަ ނަގަނީ ހުތުބާތައް، އެއް ދުވަހަކު، ނަގާ ބަހައްޓާފައި އެ ހީރަސްތައް ނައްޓާފައި އޭގެ ތެރެއަށް ލާފައި އަނެއްކާ ހީރަސް ޖަހާފައި ހުތުބާތައް ރީތިކޮށް ބަހައްޓަނީ، ދެން ހަމަ ރީތިކޮށް ބަހަމުން ބަހަމުން ބަހަމުން ވަރަށް ގިނަ ދުވަސްވީ ފަހުން އަދި މިއެނގުނީ ހުތުބާގެ މައްސަލަ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ގޭގެއަށް މި އެއްޗެހި އަޅަމުން ދިޔަ ގޮތް ވަރަށް ބޮޑަށް ފުލުހުން އެއިރު ބަލަމުން ދިޔަ ކަމަށެވެ.

"ދެން ވާނެ ގޮތަކީ އެ މީހުން ގެންދާނެތާ ގޭގެއަށް ހުތުބާ ދެއްތޯ، އޭތި އެއްލާލާކަށްވެސް ނުކެރޭނެ، މުޅި ހަފްތާ ވަންދެން އަސްލު ގޭގައި ހުތުބާ އުޅޭނެ. ދެން އެހެންވީމާ ދެ ގަނޑު އިންނާނެ އޭގައި ޖެހިފައި، ދެން އޭގެ ތެރޭގައި އެއްކަލަ މައުމޫނަށް އެއްޗެހި ކިޔާފައި އިންނަ ގަނޑު އިންނާނެ" ނަޝީދު ވިދާޅުވިއެވެ.

މައުމޫންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅު ލިޔުންތައް ސިއްރުން އެކި މީސް މީހުންނަށް ފޯރުކޮށްދިނުމަށް ވަރަށް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެފަދަ ލިޔުންތައް ލިޔުނު ބައެއް މީހުންނަށް މައުމޫންގެ ވެރިކަމުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ވެސް އިއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ބޯހަލާކު

    މިކަލޭގެ މީ ޝަރީޢަތަށް ގެންގޮސް ޖައްލާދެއް ލައްވާ އެއްފަހަރުން ޖަހާ ބޯކަނޑާލަން ވެފައި ހުރި މީހެއް. މިކަލޭގެ މުޅި މިގައުމު ފިތުނަވެރިކޮށް ރައްޔިތުން ބައިބައި ކޮށްފި. އަހަރެމެން މީ ކުރީގައި ނުލާހިކު އަޚުވަންތަކަމާއެކު އުޅުނު ބައެއް. މިހާރު ސިޔާސީ ފިކުރުތައް އައި ފަހުން ޓިއުނު ދިމާވާ މީހަކާ ނޫނީ އަނގައިން ބުނެ ނުލެވޭ.

    270
    7
    • ކޯލިޝަނު

      މީނާ މިހާރު އެއުޅެނީ ކޯލިޝަނު ފުނޑާލާ އިބޫ ސަރުކާރު ބަލިކަށިކޮށް މަޖިލީހަށް ހުރިހާ ބާރެއް ޖަމާކޮށްފަ ބޮޑުވަޒީރު ހެދިފަ ހުންނަމް އަދި އޭގެ ފަހުން ބަރުލަމާނީ ގެނެސް ބޮޑުވަޒީރަކަށް ވުގެ ފޮނި އުންމީދުގަ.. އިއްޔެ އުޅުނީ އިމްރާނާ ދިމާކޮށްލައިގެން.. ޖާބިރުމެން ލައްވާ ވަޒީރުން މަޖިލީހަށް ގެނެސް ޖެއްސުންކުރުމުގެ ހުރިހާ ރޯލެއް ކުޅެނީ މީނާ އަޑީގަ ހުރެގެން.. ކޯލިޝަން ފުނޑާނުލާ މީނާ ނިދިވެސް މާންނާނެ

      21
      1
    • ޗައްޚާފް

      ނުބައި ޖައްބާރުން އެމީހުންގެ ފިތުނަ ފަތުރަން މަރާނުލާ ދޫކޮއްލީމަ އޭގެ ސަބަބުން މުޖުތަމައު އާއި ގައުމު ފިތުނައިގައި ޣަރަގުވެ ހަލާކުވެގެންދޭ.. މިއީ ހަގީގަތް.. ޖައްބާރުން އެމީހުންގެ ފިތުނަ ފަތުރަން ދޫކޮއްގެން ތިބެނީ އަހަރެމެން މުސްލިމު ރައްޔިތުން. އޭގެ ސަބަބުން ހަލާކުވެ ނެތިދަނީ މުސްލިމް އުންމަތް. ޚުލަފާއުއް ރާޝިދީންގެ ޒަމާނުގައި އެފަދަ ބަހެއް ބުނުމުން އެމީހެއްގެ ކަނދުރާ ވަކިކޮއްލެވޭ ކިތައް ބަސް ކޮންމެ ދުވަހަކު ވެރީންގެ ދުލުން މި ގައުމުގައި މި އިވެނީ.. ދެން ކޮންކަމަކުންތޯ ހެވެއް ލިބެންވީ އަހަރެމެންނައް.. ހަމަ ފިތުނައިގައި އަމިއްލައައް ބައިވެރިވެ ދެދުނިޔެ ގެެއްލިދިޔުމައް އެދިގެން އަދިވެސް ތިބެންތޯވީ..؟

      20
  2. ލާމު

    ލާދީނީއޭ ކިޔާވަރުވޭ. މީހުންނަށް އެއްޗެހިކިޔާފަ ހުންނަ ލިޔުން ހުކުރު ޅުޠުބާތެރެއަށް ވިއްޔާ ލަނީ.

    243
    2
  3. Juhaa

    މިކަހަލަ ދައްޖާލެއްގެ ފަހަތުގައި މި ގައުމުގެ ގިނަ ބަޔަކު މި އުޅެނީ.

    188
    4
    • ޝާހް، ރ.ވާދޫ

      ހިތުން ވަރަށް ވަރަށް މޮޅުކަމެކޭ ހިތާދޯ މިދައްޖާލު މި ފޮނިކަނޑަނީ. ކަލެޔަށް ހުތުބާޔާ، ދީނުގެ މަގާ އެނގޭބާ.

      31
      1
  4. Anonymous

    މިއީ ފަހުޒަމާނުގެ ދައްޖާލު

    162
    4
  5. ދޯދި

    ކިހާތާހިރު. ހުކުރު ހުތުބާއަކީވެސް ސިޔާސީ ޓޫލްއެއް މިމީހުންނަށް.

    164
    4
  6. ސަލާމުން ސަލާން

    މީ ކޮންފަދަ ޝައިތާނެ.. ހުރި ނުލަފާކަން ދެކިބަލަ.. މައުމޫނޫ ކީކޭ ހިތަންއަރަނީ މިކަލޭގެ ކިބައިން ހިއްވަރު ލިބިގެން ތިހުރީ އެއްބަފާ ލޭ ހަވަރަށްދީގެން.. މައުމޫނުގެ ހުރި ނުވިސްނޭކަމާ މޮޔަކަމާ އަމިއްލަ އެދުމަށް މިވަރުގެ ޝައިތާނަކާ އެއްބައިވެ ގައުމު ސުންނާފަތި ތި ކުރީ.. މައުމޫނަށްވެސް މިކަލޭގައާ ބައިއަތު ހިފި އެކަކަށްވެސް އަހަރެންގެ އާއިލާ މައާފެ ނުކުރާނަން.. ގައުމާ ދީނަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ މިއެއްމެން އުފުލަންޖެހޭނެ..

    155
    3
    • ސައްދާމް

      މައުމޫނަކީ ރާއްޖޭގައި ފުރަތަމަ އަންހެނުންނައް ގާޒީކަން ދިން ނުބައި ކަލޭގެ..

      19
      2
  7. Anonymous

    މީނަޔާ ޓްރަމްޕް ވާހަކަ ދައްކަނީ ދާދި އެއްގޮތަކަށް.

    130
    3
  8. ބުއްފުޅިބޯ

    މިވަރުގެ މީހުން މީހުންގެ ފުރަގަހުންސިއްރުއް ބޮކުސާ ތެރެއަށްވެސް މައުމޫނަން އެއްޗެހި ކިޔާފަ ހުންނަ ލިޔުން ލާފާނެ ވަރަށް ވިސްނައިގެންހުންނަންވާނީ މީނަ ކައިރީ ހުންނައިރު

    124
    1
    • ކިރުތަށި

      ބުއްފުޅިބޯ ތިބުނީ ހަމަތެދެއް، އެވަރުކަމެއް ކުރުމަކަށް ވެސް މިކަލޭގެ ޖެހިލުމެއް ނުވާނެ. ގިނަފަހަރަށް ހުންނާނީ ވެސް ހަމަޔަކުނޫން. ވީމާ ކުރާކަށް ނުކުރާކަށް ވަކިކަމެއް ނޯންނާނެ.

      86
      1
      • ބީނޫ

        ބޮޑު ވަގެއްވިއްޔަ މީއްޗަކީ..އެހެންވީމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ!

    • ކުޑަބަޖަރާ

      މިސޮރެއްނުންތަބުނީ ތިމަންނާ ކޮށްފާ ނުކުރާނެކަމެއް ނޭގޭނޭ. އެވަރުގެ މީހެއެއްމީ. މީނާ ބާއްވަންޖެހެނީ އަނދަގޮނޑީގައި.

      22
  9. ހުސޭނުބޭ

    މި ޚަބަރު ކިޔާފައި މައުމޫނު އެބަ ގަދަޔަށް އަތްޖަހާ! ކެކެކެކެކެކެކެކެ

    109
    3
  10. އައިމަނު

    ހުންނަ ނުބައި ނުލަފާކަން ދެކިބަލަ! 7 ފެބްރުއަރީގަ ފުލުހުން މުގުރުން ޖެހިޖެހީނުން ފުއްކިބަ ދެފަޅިކޮށްލިނަމަ މިއަދު މިހެން ފުއްޕާފަ މަބޮޑޭވާކަށް ނުހުންނާނެ! މީ ހަމަ މި ފަސްގަނޑުން ފޮހެލަން ޖެހޭ ޖަނަވާރެއް! މިހާރު އަނެއްކާ ފުލުހުންނަށް މި ބަވާނަގަނީ ކޯއްޗެއް ބޮއެގެންތަ؟ ދައުލަތުން މުސާރައިގެ ގޮތުގަ މަހަކު 4 ލައްކަ ރުފިޔާ ނަގައިގެން ހުރެ ފުލުހުންނާ ސިފައިންގެ މީހުންގެ އަބުރު ކަތިލާ ރައްޔިތުންގެ ކުރިމަތީ އަގުވައްޓާލަން މިކަލޭގެއަށް ޖާގަ ދެވިގެން ނުވާނެ! ތި ލިބޭ ފައިސާއިން ރޮނޑު ދަތްޕިލާ ހަދާލަން ދާންވީނު؟ 7 ފެބްރުއަރީގަ އިސްތިއުފާދިނީ ބޮއެގެން ވާނުވާގަހުރެ އަމިއްލައަށް!

    118
    1
  11. ރުއްބުޑު ޓޯޓޮ

    ނަސަާރާއިންވެސް ހެދީ ތިގޮތަށެވެ ކަލޯ ދީނުގެ މަގު /ހުތުބާ ބަދަލު ކުރަާ ގޮތައް އީސާގެފަާނު އެމީހުންގެތެރޭނެތިސް އެކަލޭގެފާނުގެ ބަސްފުޅުތައް އޮޅުވާ ބަދަލު ކުރީ ތީ ހަމަ އެބުރޭންޑްގެ މީހެއް ލަނޑަޔާ ވާނީ ހަމަލަނޑަޔަާ މައުމޫނުވެސް ބީތަަާ ވާންވެއްޖެވިއްޔަ ކަލެޔާ ކައިރިނުވަާނެ ސައިތަާނުވެސް

    107
    3
  12. ރާޔާ

    ކޮން ކޮހެއް މީނަ މިގޮވަނީ! އެމްޑީޕީން ހުސް ނުބައި ކަންތަށް ފަތުރަން އުޅެނީ... ރައްޔިތުންނަށް ފައިދާ ހުރި އެއް ކަމެއް ނުކޮށްދޭ. ރަށްގިރުން ހުއްޓުވުން، ރަގަޅު ބަދަރެއް އެޅުން، ރަގަޅު ހޮސްޕިޓަލެއް އެޅުން، މަގުހެދުން މިއިން ކަމެއް ކޮށްދޭ ތަނެއް ނުފެނޭ.... ރަށް ތަރައްގީ ކޮށްދޭނަމޯ ކިޔާފަ ފޭކް ވާހަކަ އިންތިހާބާ ދިމާކޮށް ދައްކާފަ ރަގަޅު ކަމެއް ކޮށްދޭތަނެއް ނިފެނޭ.

    103
    1
  13. ނާޒި

    އަހަންނަށް ވުރެން މިކަލޭދޮށީ އެއްއަހަރު، ދިވެހިރާއްޖޭގައި އޭރުތިބި ޝޭޚުންތައް ޚުޠުބާލިއުއްވި ޒަމާނުގައިވެސް، އަދި ރައީސް މައުމޫނުގެ ޒަމާނުގައި ޚުޠުބާލިއުން ހުއްޓާލިއިރުވެސް، މިކަލޭގެއެކޭ އެއްގޮތަށް އަދިވެސް އަހަރެންވެސް އެބައުޅެން. ދުވަހަކު ވެސް އެބުނާ ލިއުންތަކެއް ފެނިފައެއްނެތް. ދޮގުހަދާހިތުން ކިޔާނެއެއްޗެއް ނޭނގިގެން މޮޔަގޮވަނީ.

    71
    6
  14. މަންތިރި

    މީހުންތައް މެރި ގޮތާ؛ މީހުންތައް ގެއްލިވާލި ގޮތް އަދި ތީނަ ކިޔައިދޭނެ؛ ރައީސް ޔާމީނަށް އެއްޗެހި ގޮވާފަ ކަރުދާސް ލިޔެ އަޅާނީ ޤުރުއާން ޚަތިމު ތެރެއަށް. އެމްޑީޕީ މީހުން ވެސް ބަލަން ތިބޭތި

    86
    1
  15. އެންދެރި

    މީނަ އައިޖީ އެމް އެޗް އަށް ގެން ގޮސް ޑޮކްޓަރަށް ދައްކަން ފެނެއެވެ.

    83
    2
  16. ބަރުގޮނު

    މައުމޫނަށް އެއްޗެހިކިޔާގެން ލިޔެލިޔެފައި ހުކުރު ޚުޠުބާގެ ތެރެއަށް އެޅިބަޔަކަށް އެކަން ވަރަށް ރަގަޅަށް އެގޭނެ. މުސްކުޅިން ކިޔާ " މިސްކިތް ހުޅުޖެހި މީހާ ވާހަކަ " އެއީ ރަގަޅު މިސާލެއް.

    85
    2
  17. ދީބާޖާ

    މީނަ ވެރިކަން ހޯދަން ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ. މިއީ ބޮޑު ޝައިޠާނެއް. ހުކުރު ހުތުބާ ތެރެއަށް އެކަހަލަ އެއްޗެހި އެޅި މީހަކު ހަތިމުތެރެއަށްވެސް އަޅާނެ.

    72
    1
  18. ސަންތިމަރިޔަބު

    ފަހުރުވެރިވެފަ ތިދަށްކަނީވަރަށް މޮޅުވާހަކައެއް ދޯ ފިތުނަ އުފަށްދާ ގައުމުފަސާކުރުމަށްޓަކާއި ﷲ ސުބްހާނަހޫ ވަތައާލާ މާތްކުރަށްވާފާއިވާ ދުވަހު އެމާތް ނަމާދަށް ފަހު މީސްތަކުންގެ ހިތްތަށް ފިތުނަވެރި ކުރުމަށް ޓަކާއި ކުރި މަސައްކަތް ﷲ ވަންހަނާ ކޮށްދެއްވާފާއި ވަނިކޮށް ތިމަން މަނިކުފާނުގެ މޮޅުކަން ދަށްކާއި ތިމަން މަނިކުފާނުގެ ކެރޭކަމާއި ބިރުކުޑަކަން ދައްކާއިފަ ކަމަކާއި ޖެހުމުން އަގުޅިނެތް ކަންނޭލަކަށް ވެދޭ ހަމަ ހިނިއަންނަނީ

    69
    1
  19. މުގު ބޮނޑިބަތް

    އެއީ ބީތާއެއް

    62
    2
  20. ކާފަދ

    މިބުރާންޗަކަށް ނޭންގުނު ޚުތުބާޔާ އެހެން ލިޔުންތަކާ ވަކި ކުރާކަށްވެސް. ބަލަގަ އެއްވެސް އިރެއްގަ މިސްކިތަށްދޭ އެންމެންނަށް ބަހާ އެއްޗެއް ނޫނޭ ޚުތުބާއަކީ. އެތަނުގަ ހީރަސްޖަހައިގެން ބަހަނީ އެހެން އެއްޗެއް. ހަމައިގަތަ ހުރީ

  21. ޢަދުރޭ

    މިކަހަލަ ކަނޑުކޮސް ކަންތައް ކުރުމުގައި ދިވެހިޒުވާނުންގެ ޢުމުރު ދުއްވާލުން ނަޝީދުގެ ހުވަފެނަކީ .. ޚުތުބާޔަށް ލިޔުން އަޅާށާ ސޯސަލްމީޑިޔާގައި ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކޮށްދޭކަށް ޒުވާނުންނަށް ވަގުތެއް ނެތް މިހާރު . މިއަދުގެ ޒުވާނުންގެ ބޮލުގައި ނަޝީދުމެން ކަހަލަ މީހުން ވެރިކަމުގައި ތިބެގެން ހޭވިހަޑިން އެޅެން އޮތް ދަރަނިތަކުން ސަލާމަތްވެ އަމިއްލަ ދިރިއުޅުމެއް ހޯދަން މިހާރު ޒުވާނުން މަސައްކަތް ކުރަމުންދަނީ

  22. ޚުރި

    މައުމޫނު ތީ މިގައުމުގެ ދެވަނަ ދައްޖާލު ނުލަފާ ޔަހޫދީއެއް

    6
    3
  23. ތީތި

    އަމިއްލަ އަނގައިން ހުރިހާ އެއްޗެއް ކިޔާ ދެވޭ އިރުވެސް ބީތާ ގަނޑަކަށް ނޭނގެދޯ.... އެހެންނަމަވެސް ކާފައަށް އެ ދައްޖާލުގެ ވަރުގެ މީހަކު ނެތިގެން އެއުޅެނީނު ... ކަލޯ ނަޝީދު މީހުންނާ ދޭތެރެ ފިތުނަ އުފައްދަމުން ތިދަނީ ހީކުރަނީ އެއީ މާ މޮޅު ކަމެއްތަ ބޮޑު ގަމާރު... ކަލޯ މަރު ކޮންމެ މީހަކާ ބައްދަލު ކުރާނެ ދެންކިހިނެއްބާ ހަދާނި... ކަލެއަށް ހީވަނީތަ މިހާރު ވެސް މަރުވީމަ ހަކުރަށްވީމައޭ ހިސާބު ﷲ ބައްލަވާނި..... ބިގް ގަމރިސްޓް

    11
  24. މާރީ

    ކޮމެންޓްކުރިއެއްމެނައްބެލިޔަސް އެގޭނެކަލޭފަޙުރުވެރިކަމާއެކުތި ދެއްކިވާހަކައިގަމީހީހުންކޮޅުފައިންޖެހިވަރުބޮޑުރައްނަ

    11
  25. ާަާމަ

    އެއިރު ޚުތުބާ ބަހަންބާ ނަޝީދު އުޅުނީ. ނުލަފާމީހުންވެސް އުޅޭ. މިވަރުކަމެއް ނުދެކެން. ހުރިހާ ނުބައިކަމެއް ކޮއްފަ ފޮނިތަޅައެއްނު އަދިއެބަ. ނުލަފާ ރައީސް.

    ?????????

    13
    1
  26. ބުއްދި

    މިހާރު ތިޔަ މޮޅުވާހަކަ ދެއްކެވީ ހަމަހޭގައި ހުންނަވައިގެންތޯ ނޫނީ މޮޅު ކަމެއް ކޮށްލެވިގެންތޯ؟؟ ވިނާލަަބަލަ ހުތުބާ އަށް ލާފައި ތިބަރުގެ ބޮޑު ކަމެއް ކުރެއްވިއިރު ހިތަށް އެއްޗެއް އަރާ ވަޑައިނުގަންނަވާތޯ، މީހުން ވަރަށް އިޙްތިރާމް ކުރާއެއްޗެއް ހުތުބާ އަކީ އަންނި އަށް ލައުނަތްހުރި

    15
  27. ބޮލި މުލައް

    މިހެން ބުނީމަވެސް މައުމޫނު (ގޮޅާބޯ) މިހާރު އަތްޖަހާނެ.

    12
  28. އުފަލުން ނަށަމުން

    މައުމޫނު އަތްޖަހަ ހޮއްހޮއްހޮއް ނަސްރީނަ އަތްޖަހަ ފާރިޝް އަތްޖަހަ، ހައްހައްހައް.. ދުންޔާ އަތްޖަހަ، ޔުމްނާ އަތްޖަހަ.. އެންމެން ފައިޖަހަ..... ހައްހައްހާ

  29. ހޯހޯ

    މިވަރުވާއިރުވެސް މިކަލޭގެ ވާހަކަ އަޑުއަހާ އަތްޖަހާމީހުން މި ޤައުމުގަ އޫޅެނީ މީ ވަގުތުން ރަޖަމްކުރަންޖެހޭ މީހެއް

  30. އަލި

    ދޮގު ހެދުމާއި ސަޅި ބައިސާ ކަޑަން މިވަރެއް ނެތް މީނާ ހަޔެެއްކަ ހުތުބާ ވަގަށް ނަގައިގެން ކެނެރީގޭ ގޯޅި ތެރޭގައި ހިމެނޭ ފިޔާތޮށިގެ ހައްދުންމަތީގެ. ފެމޯރާގެ ހުދުކޮކާ... މިގޭގެއަށް އެޅީކަމަށް ވާނީ ތިޔަ ބުނާ ޚުތުބާ އެއް ދުއްމީހަކު މިގައުމުގާ ނޫލޭ އަޅެފަހެ އެމް ޑީ ޕީގެ ޒުވާނުން ބޯކާން ހާދަ ވަރެކޭ މީނާ މިދައްކަނީ... ކަނޑަ އެޅިގެން ދޮގެއް އެންމެ ދުވަހަކު މިކަން ކުރެވުނަސް ކުރެވެނީ އަދި މަދު އަދަދެއް މިކަން ދެނަ ހުރި މީހަކަށް ދެން ހުންނާނީ ޖުހާ، ބޮނދު ނަސީރު... ހެ ހެ ދޮގެ އައްޕަ.....

  31. ކަލޯ

    ތިޔަވާހަކަ އަހާފަ ރަންތިރީސް ކާފަ މިހާރު ބުނާނީ އެއީ ދޮގެކޭ. އެއީ އެމަނިކްފާނުގެ ޒަޢާމަތު ހިނގާފަވާކަމެއްނޫނޭ. ނަޝީދުއަކީ އެފަދަ ބޭފުޅެއްނޫނޭ. އެފަދަ ދަށުދަރަޖައިގެ ކަމެއް ކުރަން ވިސްނިވަޑައިގެންފާނެވެސް ބޭފުޅެއްނޫނޭ!

  32. މުޙައްމަދު ފިކުރީ

    މައުމޫނުބެއަށް ކަމެއްގެ އިޙްސާސް އެބަވޭތަ؟ އަދިވެސް ތިޔަ ރަންގަނޑު ދޫކޮށް ހިތްހަމަޖެހޭ ދިރިއުޅުމަކަށް އަނބުރާލާކަށް ނުވޭތަ؟ ތިޔަ ހޯއްދެވި ތަޢުލީމުގެ އެއްވެސް މަންފާއެއް ނެތެއްނޫންތަ؟ ޖާހިލެއްގެ އަވާގައި ޖެހިގެން ތިޔައުޅެނީ

  33. ރައްޔިތުމީހާ

    އަމިއްލަ އަނގައިން މީހަކުއެއްޗެއްނޭހިޔަސް ތިހިރަ ފަޟީޙަތްވަނީ ކޮށްފަހުރި ނުބައި ނުލަފާކަންތައްތައްތަކުގެ ވާހަކަ މޮޅުވާން ދައްކައިގެން. މީ މިޤައުމްށް ޖެހިފަ އޮތް ކިހާބޮޑު މުޞީބާތެއްއަޅެ. މި މުޅި ޤައުމަ އެބަ ފިތުނަ ކުރެޔޭ. ދިވެހި ރައްޔިތުން އަޅެ މި މުޞީބާތުން މިންޖުވޭތޯ އުޅޭކަށް ނުވޭތަ؟

  34. ރައްޔިތުމީހާ

    މީ ރައްޔިތުންގެ މަޖީލީހަށް ކުފޫހަމަވާ ފުރޭތައެއްނޫން.