އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން ފެނުނު "ފްލެގް މޭން" އަށް އެހީވުމުގެ މަސައްކަތް އިދިކޮޅު ޕީއެންސީ ފަށައިފިއެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އެޕާޓީގެ ދިދަ އުފުލި އަހްމަދު އަބްދުއްޞަމަދު (ފްލެގް މޭން) ހާލުގައި ޖެހި މާރުކޭޓް ސަރަހައްދުގައި ސަލާންޖަހަން އިންނަ މަންޒަރު ފެންނަ ފޮޓޯތަކެއް އިއްޔެ މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފްލެގް މޭން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާޢި އޭނާ އަކީ ހިތްވަރުގަދަ ފަހުލަވާނެ ކަމަށެވެ. "ފްލެގް މޭން އަށް އެހޯތެރިވެ ދިނުމަށް އަޅުގަނޑުމެން ތައްޔާރު." ޝުޖާޢުގެ ޓްވީޓްގައި ވެއެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އެމްޑީޕީގެ ދިދަ ހިފައިގެން އެންމެ ކުރީގައި ހަރަކާތްތެރިވި "ފްލެގް މޭން" އަށް އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި އިންނަ ފޮޓޯތަކެއް އާއްމު ވުމުން ޖެންޑާ މިނިސްޓްރީން ވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެމްޑީޕީގެ "ފްލެގް މޭން" ހާލުގައި ޖެހިފައިވާ ފޮޓޯތަކާއި އެކު ޓްވީޓް ކުރި މީހުން ވަނީ ރައީސް ޞާލިހް އާއި ރައީސް ނަޝީދުގެ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވާ އެބޭފުޅުންގެ ސަމާލުކަމަށް މިކަން ގެނައުމަށް ވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިދަ ދަނޑި

    ސާބަހޭ ޕީއެންސީ.. އެކްޓްވިސްޓުންގެ އަގު ވަޒަންކުރަން ނޭގޭބައެ މޑޕއަކީ ޕޕމ ޕނސ ނަމޫނާ ދައްކަދޭތީ އުފާވޭ..

    27
    2
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިނިސްޓްރީއާއި އެހެން ބަޔަކު އޭނަ ހޯދަން އެހާ މަސައްކަތްތަކެއް ކުރަންޖެހޭތަ؟ އޭނަ އުޅެނީ ފިލައިގެންތަ؟ މާރުކޭޓް ކައިރީ ސަލާންޖަހަން އިންނަ ކަމަށް އެވަނީ އެތަނަށް ދިޔައިމަ އޭނަ ފެންނާނެ ނޫންތަ؟

    23
    1
  3. ސޮނިފުހޭއިސްކިން ޓޯޓޯ

    އޭ ގާއްޓޭ އެ ބޭބެ ބަލަހައްޓަ ދޭންވީނު ޕޯޕްގެ ފަހަތުގައި ހުރުމަމަށް ވުރެ މަާ ސަޅިވަާނެ ދަރުމަވެސް ލިބޭނެ

    6
    1
  4. ޢަދުރޭ

    ޔާމީނު ހުރީ ކޮންޕާޓީއެއްގައި ތޯ ދިވެހި ރައްޔިތުން ބަލަންވީ މިހާރު .ބަލާފަ އެ ޕާޓީއަކަށް ވޯޓްދޭންވީ. ސާބިތުކަމާއެކީ ދެއްކެން އޮތީ މިފަހުގެ ތާރީޚްގައި ޔާމީނު ސަރުކާރުން ކޮއްފަ ހުރި ތަރައްޤީ. ޢިބްރާހިމް ނާސިރު ކަހަލަ ވެރިއެއްް ޔާމީނަކީ. ކަނޑުކޮހުން ވެރިންނަށް ލީމާ ޤައުމަށް ވާގޮތް އެބަފެނޭނު . ޖަޒީރާ ރާއްޖެ ކިއާފަ އެންމެން ހޮޅުއަށިތަކުގައި ހެދުނުއްސުރެ އިރުއޮއްސެންދެން ބައިތިއްބާއިގެން ދެކަނޑިއްކާ މުނޑެއް ދީފަ ހައްދާލެވޭ ބަޔަކަށް ހަދާފަ ބޭތިއްބުން އެމްޑީޕީ ގެ ވިސްނުމަކީ . އެ ޖަޒީރާ ރާއްޖެއަކަށް ދިވެހި ރައްޔިތުންނެއް ދެނެއް ނުގެންދެވޭނެ .ބާރު ސްޕީޑްގައި ދިވެހިން ދެން ދާނީ ކުރިއަށް އެ ސްޕީޑް ނެރެވޭނެ މީހަކީ އަދި އެ ޤާބިލް ކަން ހުރި މީހަކީވެސް ރައީސް ޔާމީން.

    15
    1