މިއަހަރުގެ ބާކީ ހަތަރު މަސް ދުވަސް އޮއްވާ ރައީސް އޮފީހަށް ކަނޑައަޅާފައި އޮތް ބަޖެޓްގެ ބޮޑު ބައި ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ރައީސް އޮފީހަށް ކަނޑައަޅާފައި އޮތް 121 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 101.2 މިލިއަން ރުފިޔާ މިހާރު ވަނީ ހުސްވެފައެވެ. އެހެންކަމުން މިއަހަރު ރައީސް އޮފީހަށް ކަނޑައަޅާފައި އޮތް ބަޖެޓްގެ ގާތްގަނޑަކަށް 84 އިންސައްތަ މިހާރު ވަނީ ބޭނުން ކުރެވިފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރު އަށް މަސް ދުވަހުން ރައީސް އޮފީސް ބަޖެޓުން ޚަރަދު ކޮށްފައި ވަނީ 66.9 މިލިއަން ރުފިޔާއެވެ.

އަށް މަސް ދުވަސް ތެރޭގައި ރައީސް އޮފީހުން ޚަރަދުކޮށްފައިވާ ފައިސާގެ އަދަދަށް ބަލާއިރު ކޮންމެ މަހަކު ވަނީ އެވްރެޖްކޮށް 12.65 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން ބާކީ ބަޖެޓްގައި އޮތް 19.8 މިލިއަން ރުފިޔާ ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ހުސްވެ، ރައީސް އޮފީހަށް ބަޖެޓްގެ ދަތިކަން ދިމާވާނެއެވެ.

ރައީސް އޮފީހަށް މިއަހަރު ކަނޑައެޅި ބަޖެޓްގެ ތެރެއިން ބޮޑު ބައެއް ހުސްވެފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދެއްކި ނަމަވެސް ޚަރަދުތަކުގެ ތަފްސީލްތައް ހާމަކޮށްފައި ނުވާތީ ރައީސް އޮފީހުން ފައިސާ ޚަރަދު ކުރީ ކޮން ކަންތައްތަކަކަށް ކަމެއް ސާފެއް ނުވެއެވެ.

މިއަހަރުގެ މުޅި ބަޖެޓަށް ބަލާއިރު ވެސް މިހާރު ވަނީ ބަޖެޓްގެ 75 އިންސައްތަ ޚަރަދުކޮށްފައެވެ.

ދާދިފަހުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ފާސްކޮށްފައެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ ބަޖެޓް ހުސްވުމުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރީ ބަޖެޓް ހުސްވެގެން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުކިޔަވާބެ

    މިކަލޭގެ އޮފީހަށް މިވަރުވެ ނުބެލުނުއިރު ގައުމުގެ ބަޖެޓަށް ވާނީ ކިހިނެއް. އެތަން މިތަނުން މިއޮތްގެން ދަވާލަނީ ލާރިގަނޑު. ރައްޔިތުން ދެން ބާރަށް އަތްޖަހާ.

    37
  2. ހުސޭނުބޭ

    ބޭބެ! މަ ބުނާނެ އެއްޗެއްނެތް! ބަޖެޓް ކައިލިއަސް މުލިއާގެ ހަތަރުގަނޑު ފާރު ކާނުލާތި! އެހެން ރައީސަކު އަޔަސް ހުންނަންޖެހޭ ތަނަކީ ތިއީ!

    37
  3. ޅޮސް

    މަބުނީ ޚަބަރު ލިޔާ އިރު ރައްދުވާ ފަރާތުގެ ބަހެއްވެސް ހިމަނާލި ނަމަ.. ބަޖެޓަށް އެހާ ބޮޑު އެއްޗެއް އެރީ އެތާ ލިފްޓް ހަލާކުވެގެން އާކުރާތީ.... އަދި މޮޅުކޮށްލާފަ ހަަބަރެއް ޖަހާލިޔަސް ކަމަކު ނުދާނެ..

    10
    • ޅޮސްބީތާ

      ޅޮސް ބީތ ، ލިފްޓްއެއީ 10 މިލިއަނަށް ލިބޭ އެއްޗެއްތަ؟؟

      10
  4. ނަގޫރޯޅި

    ރައްޔިތުންގެ ޓެކްސްލާރިން ރަށަކައް ކަމެއްކޮއްދޭން ބުނީމަ އެއީ ތަރައްގީއެއްނޫނޭ އުފެދުނުރައް އޮތްގޮތައް ބާއްވައިގެންތިބޭށޭ ކިޔާ ރައްޔިތުންނައްބަވާފަ، ތިމާމެން ރައްޔިތުންގެ ލާރިން ކުރާބޭނުމުގެ ތަފްސީލެއް ހާމަނުކޮއްތިބެ ހައްތަހާވެސް މިއުޅެނީ ހަކުރުބޮއެގެން ހައްޔަރުނުކުރާށޭ، ފަތްވެސްބޮވޭނޭ، ދީނަކީ އިޖްތިމާއީ އެއްޗެކޭ ކިޔާލަކިޔާލަ އެހެންގޮތެއް ހޯދޭތޯ ކުރާމަސައްކަތް.

  5. ޢަދުރޭ

    އާ ރަށުގައި އެބަތިބި ހިންނަވަރު 40 މީހުން ވަޒީފާދީފަ އެ އެންމެން އުޅެނީ މާލޭގައި މުސާރަ ދެނީ ރައީސް އޮފީހުން ތޯއްޗެއް . ހާސްކަނޑާލާ ރައްޔިތަކު ބޭނުން ކޮންމެ ގަޑިއެއްގައި ވެސް ސެލްފީ ނެގޭނެ

  6. ކާރިމް

    ނަންވާނީ ރައީސް ޔާމީން... އަދި އަހަރު ނުބެ އިބޫ ޞާލިޙް ތި ދަވާލީ ރައީސް އޮފީހުގެ ބަޖެޓް.. އެހެންތާ ވަނީ އަބިކަނބުލޭގެ ކުކުރާލާ އިރަށް ވާ ނެ ބޭރަށް އުދުއްސާ ގަންނަން...

  7. މިގޭ

    ކައިލާ ކައިލާ ކައިލާ ހުސްކޮށް ކައިލާ .