2014 ވަނަ އަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހުން ފެށިގެން ލ.ކައްދޫ އެއަރޕޯޓުގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމުގައި މަސައްކަތްކުރަމުން އައި މީހާ، ވަޒީފާއިން ވަކިކޮށްފިއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ވަޒީފާއިން ވަކިކުރުމުގެ އެއް މަސް ދުވަހުގެ ކުރިން ދޭ ޗިޓް ފޮނުވުމަށްފަހު، އެއް މަސް ވުމުގެ ކުރިން، މި މަހުގެ 8 ވަނަ ދުވަހުއެވެ. މީގެ ކުރިން ކައްދޫ އެއަރޕޯޓުގައި 3 ޑެޕިޔުޓީ މެނޭޖަރުން ތިބެއެވެ.

ޑެޕިއުޓީ މެނޭޖަރަކު މަގާމުން ވަކިކުރުމުން ހުސްވެފައިވާ ޖާގައަށް މީހަކު ހަމަޖައްސަން އަދި ވަޒީފާއަށް އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ލ.އޮތޮޅު ދާއިރާއެއްގެ މަޖިލިސް މެމްބަރެއްގެ އާއިލާ ބޭފުޅަކަށް އެ މަގާމު ދޭން އުޅޭކަމަށް މިހާރު ވަނީ އަޑު ފެތުރިފައެވެ.

ލ.އަތޮޅުގެ ސަރުކާރު ވަޒީފާތަކާއި ސަރުކާރު ކުންފުނިތަކުގެ ގިނަ މުވައްޒަފުންތަކެއް މިސަރުކާރު އައިސް ވަނީ ވަކިކޮށްފައެވެ. އަދި ބައެއް މަގާމުތަކަށް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ އައްޔަން ކުރަމުންނެވެ. މިހާތަނަށް ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ކަމަށާއި ފޮނަދޫ ޞިއްޙީ މަރުކަޒުގެ މެނޭޖަރުކަމަށް ވަނީ އެމްޑީޕީގެ އެކްޓިވިސްޓުން އައްޔަން ކޮށްފައެވެ. އަދި ޔޫތު މިނިސްޓްރީގެ މަގާމެއް ފޮނަދޫގައި އުފައްދާ އެމަގާމަށް ވެސް މީހަކު އައްޔަން ކޮށްފައިވެއެވެ.

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ވަޒީފާތައް ގެއްލިގެން އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ވަޒީފާއާއި ސިޔާސީ މަގާމުތަކަކީ ތަފާތު އެއްޗެއް. މިސާލަކަށް މިސަރުކާރު އައިސް ޔާމީނުއާ މުއިއްޒު ވަޒީފާއިން ވަކިކޮށްފިއޭ ބުނީމަ އެހާ ހަމައެއްނުޖެހޭނެ.

    6
    23
  2. ސަޒަން

    ކިހާބޮޑުކަމެއްތަ؟ ބަލަ ޕީޕީެއެމް ސަރުކާރުގައި ތަނެއްދޮރެއްނުބަލާ އެމީހުން ބޭނުންވާއަދަދަކަށް މީހުންއެޅީ ދެންއެމިހުން ކޮންމެހެން ބައިތިއްބައްޖެހޭތަ؟ ފިލްމްސްޓާރުންވެސް އެއްވެސް ބެލުމެއްނެތިއަޅާލީ ނުވިތާކަށް 14 ނުވަތަ 15 މަގާމުގެ ކުރިެރުން އެންމެ 4 މަސްތެރޭ ދިނުން އަހަރެން ގަބޫލްއެއްނުކުރާނަން އަނެއްކާ އެމީހުން އުޅެނީ އުޅޭނޭގޮތަކަށް މިދެން ކިހާބޮޑު ބަލާއެއްތަ؟؟؟

    2
    2
  3. މިގޭ

    ނުދުއްދުނު ވައުދު.