ވެމްކޯ މުވައްޒަފުންނަށް އަނިޔާ ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯގެ މުވައްޒަފަކަށް މާލޭ މަގުމަތިން މީހަކު ހަމަލާދިން ވީޑިއޯއެއް މިއަދު އާއްމުވެފައި ވަނިކޮށް ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ވެމްކޯގެ މުވައްޒަފުންނަށް ބިރުދެއްކުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށާއި އަދި މިފަދަ އަމަލުތައް ނުހިންގުމަށް ރައްޔިތުންނަށް އިލްތިމާސްވެސް ކުރާކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އާއްމުވެފައިވާ ވީޑިއޯއެއްގައި ވެމްކޯގެ މުވައްޒަފަކަށް މީހަކު ހަމަލާދީ މާރާމާރީ ހިންގާ، ހުތުރުބަހުން އޭނާ އާއި މުހާތަބުކުރާ މަންޒަރު ފެނެއެވެ.

ފުލުހުން ވަނީ ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ތަޙްޤީޤު ކުރަމުންދާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރް

    ދެން ތިބޭ މީހުން ކުރާހަޑި ސާފު ކުރަނީ ތި ހިތްވަރުގަދަ ވެމްކޯގެ މުވައްޒަފުން. ތިއީ މުޅި ގައުމު ސާފުތާހިރު ކަންމަތީ ބަަަަަަަަަަަަަހައްޓާހިިއްވަރުގަދަ ފަހުލަވާނުންތަކެއް ...ކެތްތެރިކަމާއެކު ކޮންމެ ދުވަހަކު ތިކުރާމަސައްކަތަށް ޝުކުރިއްޔާ ! ފުރައްސާރަ ކުރާމީހުނަށް ބުނެލަން އޮތީ ތިއީ އަދި މާ ތާހިރު ބައެއްނޫނޭޭ ފުރައްސާރަކުރަމުން ދުވާއިރު . މިއަދު ކިތަންމެ ބޮޑާވެ ކިބުރުވެރި ކަންމަތީ އުޅެވީދާނެއޭ .. ރަސޫލާޞައްލަﷲ އަލައިހިވަސައްލަމަ ހަދީޘް : ހޫ އެވާ ހޭސް އޭން އެޓަމްސް ވޯތް އޮފް ޕުރައިޑު އިން ހިސްް ހާޓް ވިލް ނޮޓް އެންޓާ ޕެރެޑައިސް

    4
    1
  2. މޯދީ

    ކީއްވެ ހައްޔަރު ނުކުރެވެންވީ. ރޯމާދުވާލު މަގެއްގެ މަތީ ރައްޔިތުންގެ ޚިދުމަތުގައި ހުރި މީހެއްގެ ގައިގައި ތަޅައި ރޯނާ ގަންނުވާލީމަ ހަމަ އޯކޭ ވެގެން ތިބެންވީތަ. ކޮބާ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދިނުމަކީ. ވެމްކޯގެ މުވައްޒަފު ގައިގައި ތަޅައި އަނިޔާކުރި މީހާ އާއި މެދު އެޅުނު ފިޔަވަޅެއް އެނގެން ރައްޔިތުން ބޭނުންވޭ.