މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދިފާޢުގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ޝައިހް ޒައިދު ވިދާޅުވީ، މަސްތުވާތަކެތި ނައްތާލުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. އަދި އެތަކެތި ނަގާ މީހުންގެ ދިފާޢުގައި އާއި އެފަދަ ބަޔަކަށް އެނުބައި އަމަލު ހިންގުމަށް ހިއްވަރު ދެވޭ ގޮތަށް އެއްވެސް މީހެއްގެ ވާހަކަ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.
"ޑްރަގް ނައްތާލުމަކީ ވާޖިބެއް! ޑްރަގް ނަގާ މީހުންގެ ދިފާޢުގައި، ނޫނީ އެފަދަ ބަޔަކަށް އެނުބައި ޢަމަލު ހިންގަން ހިއްވަރު ދެވޭ ގޮތަށް އެއްވެސް މީހެއްގެ ވާހަކަ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝައިހް ޒައިދުގެ ޓްވީޓުގައި ވެއެވެ.
Drug nahthaalumakee vaajibeh! Drug nagaa meehun ge difaauga, noony efadha bayakah enubai amal hingan hihvaru devey gothah ehves meehehge vaahaka hurumaky balaiganeveyne kameh noon. Ralaa Drug mee Islamy Qaumehgai fenigen vaane ehcheh noon. Drug & Raa boa myhun mikan huttan jehey.
— Ali Zaid (@alizaid1000) August 31, 2019
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަމަށް ހިއްވަރުދެވޭ ގޮތަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝައިހް ޒައިދު ވިދާޅުވިއިރު، ޓްވީޓުގައި ސީދާ ވަކި ބޭފުޅެއްގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ.
ޝައިހް ޒައިދު ވިދާޅުވީ، ރަލާއި ޑްރަގަކީ އިސްލާމީ ޤައުމެއްގައި ފެނިގެންވާނެ އެއްޗެއް ނޫން ކަމަށާއި، އެތަކެތި ބޭނުންކުރާ މީހުން އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ.
ޝައިހް ޒައިދު މިގޮތަށް ވިދާޅުވެފައި ވާއިރު، ޔޫތު މިނިސްޓްރީގެ ޔޫތު އެސޯސިއޭޓެޑްގެ މަގާމަށް ރައީސް ޞާލިހް އައްޔަން ކުރައްވާފައިވާ ގދ.ވާދޫ އަހްމަދު ނަރީޝް ސައީދު، ބަނގުރާފުޅިއަކުން، ތަށިތަކަކަށް ބަނގުރާ އަޅަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދެއެވެ.
ކަލޭ ހުންނަނަންޖެހޭނީ. ތިޔަހެން ފެލިލަފެލިލަ ހުންންނަން.
ކަލޭ ޖެހޭނީ ތިހެން ކޮމެންޓްބޮކްސްގަ ކޮސްގޮވަން.ޒައިދު އެއްޗެއް ބުނީމަ އެވާހަކައެއް މީޑިއާގަވެސް އެބަ އޮވޭ ދޯ.ކަލެ ބުނާއެއްޗެއް ނޯވޭ.
ކީއްކުރާނީ ދޯ ވަރަށް ދެރަ. އޭނަ އަށް އަނގަ ތަޅުވާލަން ފުރުސަތެއް ލިބިއްޖާ ދައްކާނީ ތިކަހަލަ ވާހަކައެއް.
ތިޔަހުރިހާޝޭޚުންވެގެންގެނައި ވެރިކަންމިއީ މިބަލާވެރިކަމާދެކޮޅަށް ވާހަކަދެއްކިމީހުނަށްވިދާޅުވީ ވާހަކަތައްމިހާރުކޮބައިތޯ ދުއާދެއްވިފަދަވެރިންތޯމިއީ ތިޔަބޭފުޅުންކެހި ކަނޑުލުގެހިތި ތިޔަބޭފުޅުންފިލުވާ މިޤައުސަލާމަތްކުރަށްވާ އެންމެފުރަތަމަ ޤައުމު
މިސަރުކާރަކީ ދީނީ އިލްމްވެރިންނޭ ކިޔާމީހުން ނާއި އިންޑިޔާ ސަރުކާރާއި ގުޅިގެން ދިވެހި ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތަކުން، ގެނައި ސަރުކާރެއް. މިސަރުކާރުން ހަމަ ކޮންމެ ކަމެއްކުރިޔަސް އަޅުގަނޑުމެންގެ ފުރިހަމަ ތާއީދުއެބައޮތް. އެވަރިހަމަ ހަމަ ކޮންމެކަމެއްވެސް. ރައީސް ސޯލިހްގެ ވެރިކަން ފަސްއަހަރުވަންދެން ހިފަހައްޓާނަން ތުނބުޅިލީމީހުން ކޮންމެ އެއްޗެކޭ ކިޔަކަސް. ސަލާމް.
ރިސޯރޓުތަކުގައި ރާ ވިއްކާ ކަން ނުދެނަހުރިކަމަށް ހަދައިގެން ރާއްޖޭ ޝައިހުން އުޅޭތީ އެމީހުނަށް އެއްވެސް އިތުބާރެއް އިހުތިރާމެއް ނެތް ، ބޭކާރު ބަޔެއް.
އެ ވިއްކަނީ އައިރު މުސްލިމުންނަށް ދޯ.ކަލެއަށް މިހާވަރު ނޭނގޭތަ ބީތ؟؟؟
ކުޅުދުއްފުށީ ކުއްޖަ ނަމުގަ ކޮމެއްޓުކުރި ފަރާތް ތިބުނީ ސަތޭކާގެ ވާހަކަޔެއް! އިސްލާމީގައުމަކު ބަނގުރާ ވިއްކޭނެ އެވެސް ގޮތެއްނޯންނާނެ! އަޅުގަނޑު ހިތައް އަރާ ބަގުރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަޔޭބުނެ އެކަންއެގިތިބެ، ފައިސާގެ ބޭނުމުގަ ހަމަ އަރެމެންދަ އިންސާނުނައް އެވިއްކާ މީހުނަކީ ވަކި ޑުރަގު ވިއްކާމީހުނައް ވުރެ ރަނގަޅުބަޔެއް ނޫނޭ
ބަލައިގަނުގަނެވޭ ކިތައްވާހަކަތޯ އެވެރިން އެދައްކަނީ.. އެވެރިން ދައްކާ ބަލައިނުގަނެވޭ ވާހަކަތައް ގުނަން ނޫންތޯ ރައްޔިތުން އެތިބެނީ..
ކާލޭގާތު މީހަކު އެބަކިޔާތަ އެކަން ބަލައިގަންނާށޭ؟
ޢަންނިބެއަށް ވާގޮތަކީ ދިޔާއެއްޗެއްސާ ހިކިއެއްޗިހީގެ ވާހަކަ ދައްކާއިރު ނުބައި ތުރުތުރެއްއަޅަނީ ކިޔޭނުކިޔޭ އެއްވެސް ނޭގެ
މީނަ މިވޭތުވެ ދިޔަ ނުވަމަސްތެރޭގައި "ބަލައިގަނެވޭނޭކަމެއްނޫން" މި ލަފުޒު 100 ވަރަކަށްފަހަރު ބުނެފިއެވެ. ހީވަނީ މަވަން ބުނެލާ ބަހެއް ހެންނެވެ.
ޒައިދުކޮއްކޯ ވަރަށް ވިސްނައިގެން ހުންނާތި ދައިތަ ބުނާނެ ވާހަކައެއް ނެއް އަންނިބެ ފުރަގަހުން އައިސް ބޮކްސާ ތެރެއަށް ލިޔުމެއް ލާފާނެ ހުކުރުޚުތުބާ ތެރެއަށް އެއްޗިހި ލީމީހެއް ކޮއްފާނެ ދޯ ކޮންމެ ކަމެއްވެސް
ބަލަގަ! ރައީސް ޔާމީން ސަރުކާރުގައި ތި ބުނާ ޒައެދަކާ، ތިބުނާ އިޔާޒެއް އިސްލާމްދީނުގެ އެއްވެސް ވާހަކައެއް ނުދައްކާ! މިއަދު ކަލޭމެން ދެ މީހުން މަރުފަލިޖަހައިގެން ގެނައި ސަރުކާރުގައި އަބަދު އިސްލާމް ދީނުގައި އޮންނަގޮތް ސަރުކާރަށް ބުނެދެން ޖެހުމަކީ ހުދު މިގައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނީ މިނިވަންކަން މިގައުމުގައި އޮތުމަށް ތި ދެމީހުންވެސް ބޭނުންވީ ގޮތް! މިހެން މިވަނީ ދެންކޮން ވާހަކައެއް ދައްކަން!
ކަލޭ އޮވެބަލަ ސުވަރުގެޔަށް ވަދެ... ނަފްސާނީ ނުވެ...!!! ވީޑޯންޓް ބިލީވް ބުލްސިޓް!!!