ގދ. ރަތަފަންދޫ ގެއެއްގެ ފާހަނާތެރޭގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި އޮއްވައި އެރަށުން ފެނުނީ އުމުރުން 83 އަހަރުގެ ފިރހެނެކެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނުނުއިރު އޮތީ ބޯ ފަޅައިގެން ގޮސްފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި މީހާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ފާހަނާ ތެރެއިންނެވެ. އޭނާ ފެނުނުއިރު އޮތީ ފާހަނާ ތެރެއަށް ވެއްޓިފައެވެ. އެމީހާއަކީ އެކަނި އެގޭގައި ދިރިއުޅޭ މީހެއް ކަމަށް ވެއެވެ.

މި މީހާ ނިޔާވެފައި އޮއްވައި ފެނުނުއިރު، އޭނާގެ ބޯ ފަޅައިގެން ގޮސްފައި އޮތީ ފާހަނާ ތެރެއަށް ވެއްޓުމުން ކަމަށް ބެލެވެއެވެ.

މި ކަމާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.