ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ސަމިޓުގައި، އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި އޮތް ކަޝްމީރު މައްސަލަ ހޫނުވެ ބަހުގެ ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ.

ކަޝްމީރު މައްސަލާގައި ޕާކިސްތާންގެ ފަރާތުން، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ މަޖިލިސް ތަޅުމުގައި ތަގުރީރު ކުރައްވަމުން ކަޝްމީރުގެ ވާހަކަދައްކަވަން ފެށުމާއެކު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާގެ ވާހަކަތަކަށް ރައްދު ދޭން ފަށާފައެވެ.

މަޖިލީސްގެ ޖަލްގާއި ކަޝްމީރުގެ މުސްލިމް ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ އަނިޔާގެ ވާހަކައާ ބެހޭ ގޮތުން ގާސިމް ވާހަކަދައްކަވަމުން ދަނިކޮށް އިންޑިއާ އިން ބުނީ ޓެރަރިޒަމްގެ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

އެގޮތަށް އިންޑިއާގެ ފަރާތުން ބުނި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް ވާހަކަ ދެއްކެވުން ހުއްޓާ ނުލައްވާ ވާހަކަދެކެވުން ކުރިއަށް ގެންދެވިއެވެ.

އޭނާގެ ވާހަކަ ދެއްކުން މެދު ކަނޑާލީ ރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގުމުންނެވެ.

އަނެއްކާވެސް އެ މެދުކަނޑާލުމަށްފަހު ޕާކިސްތާާނުން ވާހަކަދައްކަން ފެށުމުން އަނެއްކާވެސް ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދިޔައެވެ. ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރަމުންދިޔައިރު، ދެ ގައުމުގެ ބަހުގެ ހަމަލާތައް ހުއްޓުވުމަށް ރިޔާސަތުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދިޔައެވެ.

ނަމަވެސް ދެ ގައުމުގެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރުން ހުއްޓާލަފައެއް ނުވެއެވެ. އެންމެ މެންދުރުގެ ކެއުމަށް އެ ސެޝަން މެދުކަނޑާލިކަމަށް ރިޔާސަތުން އިއުލާން ކުރީ ދެ ގައުމުގެ މަޖިލީހުގެ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮލި މުލައް

    ރާއްޖެއަށް ނުކެރޭނެ އުއްފުވެސް ބުނެލާކަށް. ނަމުގައި ސައްތައިން ސައްތަ. ކަމުގައި ލާދީދީ

    52
    1
  2. އައިއެސް

    Thihen zuvaabu kolla kolla thihba
    Isis kashmir hifaa faanr...

    2
    6
  3. ސް

    Thihen zuvaabu kolla kolla thihba
    Isis kashmir hifaa faanr...

    2
    5
  4. I think

    Thihen zuvaabu kolla kolla thihba Isis kashmir hifaa faanr.

    1
    5
  5. މާ

    އަނިޔާވެރިންނަކަށް ނަސްރެއް ނުލިބޭނެ. ކަޝްމީރަށް އިންޑިޔާއިން ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން މުޅި ދުނިޔެވެސް އިހުމާލު ވެފަ. އެހެނަސް އަނިޔާ ވެރިންނަށް އެކަމުގެ ހިތި ފެންނާނެ ކޮންމެވެސް ދުވަހަކުން.

    11