ރާއްޖޭގައި ހިނގާ ބޮޑެތި ވައްކަންތަކާއި އައިއެސް އާ ގުޅުން އޮންނަ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ދެ ޖަމާއަތެއް އޮންނަ ކަމަށާއި، އޭގެ ތެރެއިން އައިއެސް ޖަމާއަތުން ފައިސާ ހޯދަމުން ދަނީ ބޮޑެތި ވައްކަންތައް ކުރަމުން އަންނަ ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވަނީ މާލޭގައި ފަހަކަށް އައިސް ހިނގާފައިވާ ބޮޑެތި ވައްކަންތައް ކޮށްފައިވަނީ ސީދާ މިޖަމާއަތުން ކަން އެނގިފައިވާ ކަމާއި، މީގެ ތެރޭގައި ހިމެނޭ މީހުން އިނގޭ ކަމަށް ވިދާޅުވެފައެވެ.
"އައިއެސްއަށް ނިސްބަތްވާ ފަޅިއަކީ މާލޭގައި ކުރަމުންދާ ވައްކަންތަކުގައި، މިފަހުން ހިނގި ބޮޑެތި ވައްކަންތަކުގައި ޝާމިލްވި ފަރާތެއް. އެގޮތުން ދާދިފަހުން ބީއެޗްއެމް އިން ގެއްލުނު ފައިސާ ފަދަ ވައްކަން ތަކަކީ މި ޖަމާއަތުންކޮށްފައިވާ ކަންކަން ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ". ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އަލްގައެދާއަށް ނިސްބަތްވާ ޖަމާއަތުން ފައިސާ ހޯދަނީ އެކިއެކި ވިޔަފާރި ކޮށްގެން ކަމަށާއި އެއީ ފޮތި ފިހާރަތަކާއި ތަރުކާރީ ވިޔަފާރިތަކާއި ހޮޓާތަކާއި، ކަންނެލި މަސްދޯނި ފަދަ މަސައްކަތް ކޮށްގެން ކަމަށް އެނގިފައިވާ ކަމަށެވެ.
"މިކަމުގެ މުދާ ހިންގުމާއި، މައިގަނޑު އޮޕަރޭޝަން ހިންގާ މީހާއަކީ އައްޑޫ އަތޮޅު ހުރި މީހެއް. އޭނާގެ ނަން ވަނީ ފާހަގަކުރެވިފައި އޭނާއާ ގުޅޭ ހެކިބަސްވެސް ލިބިފައިވޭ". ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، މި ތަންތަނުން ލިބޭ ފައިސާ އެ މީހުން ފަސް ބަޔަކަށް ބަހާ ކަމަށެވެ. އަދި އެ މީހުން އެއަށް ކިޔަނީ ފައި ހިންގައިގެން ލިބޭ މުދާ ކަަމަށް ސުއޫދު ވިދާޅުވިއެެވެ.
"މީގެ ތެރެއިން މެދަށް ބައެއް ނެގޭނެ، އެއީ ﷲގެ ނަމުގައި ނެގޭ ބައިމި ބައި އެ މީހުން ފޮނުވަނީ ރާއްޖެއިން ބޭރަށް، އަދި ވިޔަފާރިކޮށްގެން ލިބޭ ފައިސާއިންވެސް ފަސް ބައި ކުޅަ އެއްބައި އެ މީހުން ފޮނުވަނީ ބޭރަށް". ސުއޫދު ވިދާޅުވިއެވެ.
ސުއޫދު އެވެ. ތިއަކީ ކަނޑަ އެޅިގެން ބޮޑު ދޮގެއް ކަން ވަރަށް ޔަގީން ކަމާއެކު ބުނަން. މި ގައުމުގައި ފޭރެނީ ޑުރަގް ބޯ މީހުން
Dhaulathul islam baaqiyaa
އައިއެސް
dhaulathul islam baaqiyaa
ސޫދު އެއީ ކަލޭމެން ޕާޓީ ކުދިން ކުރާކަމެއް. ތިޔަ އުޅެނީ އެކަން އޮއްބާލާ ކޮންމެވެސް މުންޖެކޭ ކިޔޭތޯ. އެފައިސާގެ އެއްބައި ވެއްދީ ޕާޓީ އޮފީހަށް.
ސޫއުދު ކަލޭ ނޭގޭވާހަކަ ނުދައްކާ.. ވިސްނާތި
މިގައުމުގެ ބޮޑެތި ވައްކަން ކުރަނީ އެމް.ޑީ.ޕީއަށް މަރުދޭ ޒުވާނުން. ޔަގީނުންވެސް ބުނަންކެރޭނެ ތިޔަ ބުނާ ޖަމާއަތްތަކާ ގުޅުންނެތް ކިތައްމެ ކުދިންނެތް ބޮޑެތި ވައްކަން ތަކުގަ ބާވެރިވާކަން. ދެން ކޮންމެވެސް އެއްޗެކޭ ކިޔަނީ... ލާރި ކާން ލިބޭތީވެ.