މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ސީރިއާގައި މަރުވެފައިވާކަން ދެއްކުމަށް ކުރީގެ ނައިބް ރައިސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ، ރިޟްވާން ގެއްލުނު ފަހުން އަދީބާއި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަމުންދިޔަ ދެ މީހަކު، ކޮންޓްރޯލް އޮފް އިމިގްރޭޝަން އަރިހަށް ގޮސް ރިޟްވާންގެ ޕާސްޕޯޓް ކޮޕީއެއް ހޯދަން ބޭނުންވިކަމަށާއި، އެކަން ކުރަން ބޭނުންވާ މަގްސަދުވެސް ހާމަކުރި ކަމަށެވެ.
"އެކަން ކުރަން ބޭނުންވާ މަގްސަދަކީ އަޙްމަދު ރިޟްވާން ރާއްޖެއިން ބޭރަށް ސީރިއާއަށް ގޮސް މަރުވެފައިވާކަމަށް ދެއްކުމަށް އަދި ރިޟްވާން އާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަތައް ހުއްޓުވުމަށް ކަމަށް މި އިންޓެލް ދެ އޮފިސަރުން ގޮސް، ކޮންޓްރޯލް އޮފް އިމިގްރޭޝަން ކައިރީގައި ބުނައިފައިވޭ". ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އެ ގޮތަށް އެ ވާހަކަދެއްކި ކަމަށް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުރި ހަސަން އަލީ ބަޔާން ދެއްވާފައިވާކަަމަށެވެ.
އަދި އަދީބު އެމްއެންޑީއެފްގެ ސީނިއާ އޮފިޝަލަަކަށް ގުޅައިގެންވެސް ރިޟްވާންގެ ޕާސްޕޯޓް ހޯދުމަށް މަސައްކަތް ކުރި ކަމަށް ސުއޫދު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން، ރިޟްވާނަށް ފާރަލަމުން ދިޔަ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވަނިކޮށް، އެ މީހުން ދޫކޮށްލުމަށް އެ މައްސަލައިގެ ތުހުމަތު ކުރެވޭ މުނާޒް ކިޔާ މީހަކު އަހުމަދު އަދީބަށް މެެސެޖް ކުރި ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އަހުމަދު އަދީބު ކައިރީ އޭނާ އެދިފައި އޮންނަނީ މިއީ، މިހާރު މުއްދަތަށް އެ ގެންދަނީއޭ އޭނާ ދޫކޮށްލަދެވޭނެ ގޮތް ހަދާ ދިނުމަށް އަހުމަދު އަދީބުއަށް އޭނާ މެސެޖްް ފޮނުވާފައި އޮންނަނީ". ސުއޫދު ވިދާޅިވިއެވެ.
ސުއޫދު ވިދާޅުވީ، އަދީބަށް ލިބުނު އެ މެސެޖް ކުރީގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް އެ ދުވަހު ފޮނުވި ކަމަށެވެ. އަދި އަބްދުﷲ ދީދީ އޭނާ ދޫކޮށްލާފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.
މި ހަގީގަތްތަކަށް ބަލާފައި އަދީބުގެ މައްޗަށް އަދުލު އިންސާފަށް ހުރަސް އެޅިކަމުގެ ދައުވާ ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރިޟްވާނަށް ފާރަލި ދެ މީހުންގެ މައްޗަށްވެސް ތަހުގީގަށް ހުރަސް އެޅިކަމުގެ ދައުވާ ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ހުސްނު ސުއޫދު އޭނަ މަރާލީ
ސުއޫދު އަށް ހުރިހާކަމެއް އެގޭ އިރު ކޮން ތަހުޤީގެއް މިކުރަނީ ރަތްޔަތުން ގެލާރި ބޭކާރު ކޮށްނުލާ ތިމީހުން ގެނަން ތަށް އިއުލާނު ކޮށްނިންމަންވީ ރަތްޔަތުން ގުބޯހައްދާނެކަމެއްނެތް މި 5 އަހަރުނިމޭ އިރުވެސް ތިކަންވާނެބާ؟ ކުރިއަށް އޮތް 5އަހަރު ހޮވާދިނީމަ ތިކަން ނިމޭނީ ވަރަށް ވެދުން
ރިލްވާން ގެ މަންމަ ފަކީރު މަގުމަތީ ރޮއެ އާދޭސް އެކުރަނީ އިންސާފު ހޯދަދޭށޭ.. ހަމަ އެންބުނާ ކޮންމެފަހަރަކު މި ސުއޫދު ކިޔާނެ ޔެސްޓަޑޭ ނައިޓޭ.. އަހަރުމެން މިކިޔަނީ ތިކަން ކުރިބަޔަކު ހާމަކުރާށޭ ތިތަނައް އަރާ ފޮނިކަޑާށެކޭނޫން މިކިޔަނީ ތިމާވަރުގެ މީހަކުނެތިގެން ތިއުޅެނީ
ކީކޭތަ މި ކިޔަނީ... މީގެ މާނައަކީ އަދީބަކީ އައި އެސް ގެ ލީޑަރުތަ ؟
ސުއޫދު އާއި ހާދަ ވަށްތަރޭ މިހާރު އަމިއްލަ އަށް ސޯޓު ބޭލެނީ އަދިބުނެވޭނެ މަށޭ ކިޔާހޭ
ރިލްވާން މަރާލީ ދީނީ ހަރުކަށި މީހުން ކަމަށް ސުއޫދު ބުނާއިރު.. އަދީބު އާ ޔާމީނަކީ ދީނީ ހަރުކަށި ވިސްނުމުގެ މީހުންތޯ ރިލްވާން މަރާލި މީހުންގެ ކަންކަން އޮއްބާލަން އެ ދެމީހުން އުޅެން؟؟
ދެންކޮބާ އައިއެސް އާ ގުޅޭ ހިސާބަކީ....އެހެންވީމާ އަދީބަކީ އައިއެސް ފިކުރުގެ އަދި ރާއްޖެއަށް އައިއެސް އިން ކަނޑައަޅާފަ ހުންނަ ސަފީރޭތަ ތިބުނަނީ....މިހާރު ހީވަނީ ރާއްޖެ ސެކިޔުލަރ ގެ ގައުމަކަށް ހަދަން ކަލޭމެން އެންމެން އަނބުރާ ގޭސްގނޑެއްހެން....ދެން ތިޔަ ހުރިހާ ޢެއްޗެއް އެނގޭއިރު އަވަހަށް ދަޢުވާކުރަންވީނުން..
ދަންނަވަމެވެ. ތި މަޢުލޫމާތަކީ އުމަރު ނަސީރުގެ ހޯމްމިނިސްޓަރު ކަމުގައި ތަޙުގީގުކޮށް ހޯދާފައިވާ ހެކި ތަކެވެ. ތި މައްސަލާގައި އިތުރަށް ކުރެވުނު ކަމެއް ހުސްނު ސުއޫދު ބުނެލުން ރަނގަޅު.. މީގައި އަހަރުމެން ސަޕްރައިޒްވާ ފަދަ މައުލޫމާތެއް ހުސްނު ސޫދަށް ހާމަ ކޮށްދެވިފައި ނުވެއެވެ. ތިވަރުގެ ތަޙުޤީގެއް ހިންގުމަށްފަހު މަރާލި އޭ އެކަނި ބުނެ ނިންމާލުމުން ފުދުނީހެއްޔެވެ.
ކޮބާ ދެން ކުރީގެ ކޮމިޝަނަރ ރިޔާޒު ގެމައްޗަށް ދައުވާއުފުލުން. ތިޔަކަންތައްތައް ރާވާހިންގާދީފައިވަނީ ރިޔާޒު، އެހެންވެ އެކިފަހަރު އަޑަށް ބާރުލައްވާ ހާމަކުރާނަމޭ ހާމަކުރާނަމޭ އޭނާ އެކިޔަނީ.
ފުލުހުންގެ އިންޓަލިޖެންސް ގައި ހުރި މައުލޫމާތުު އަކުރުން އަކުރަށް ފިލިން ފިއްޔަށް ހުސްނުސޫދު ކިޔަމުން މި ގެންދަނީ. ދެން މަރުކޮމިސަނުން ކުރި މަސައްކަތަކީ ކޮބާތޯ؟ މަރުކޮމިސަނުން ހޯދި އިތުރު އެއްވެސް މައުލޫމާތެއް ނެތީތޯ؟ ތި ޕްރެސް ދޭން އެންމެ ރަގަޅީ ފުލުހުން. ހަމަ ތިހެން ފުލުހުންވެސް ކިޔާ ނިންމާލަފާނެ! ކޮންމެހެން ފުލުހުންކޮށްފަ ހުރި މަސައްކަތްތައް ބޭނުންކޮށްގެން ހުސްނުސޫދު ނާޖަޔާޒް ފައިދާ ނަގާނެކަމެއް ނެތް، ދީނީ މިނިވަންކަމުގެ ވާހަކަ ދެއްކޭތޯ ބަލާ!